ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހެރި ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ.-- ފޮޓޯ: ޕޮލިސް
28 ސެޕްޓެމްބަރ 2025 - 10:38
ހުޅުމާލެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރެވެ.
ފުލުހުން ބުނީ އެ މައްސަލާގައި، ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ސީސީޓީވީ ފޫޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު ތަހުގީގުން އެ މީހާ ހުރި ތަން ހޯދައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ޒަހަމްވެގެން ގެނައި މީހާ "ސްޓޭބްލް" ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިލުނޫ
28 September 2025
ޖަހަންގިރު ކިޔާތީ ޖަހާ ހިތްވަނީ. އަވަހަށް އެމީހާގެ ނަން ބަދަލުކުރަން ހިނގާ
ޑރ ވާންޗޯ
28 September 2025
ބޭނުންއިރަކު ބޭނުންވަރަކަށް ޓޫރިސްޓުވިސާގަ އެތެރެވެފަ ފިލަންވީ، މެޑިކަލްއެއް ޕޮލިސްރެކޯޑެއް ބޭނުމެއްނުވޭ. ދުވަސްކޮޅަކުން އިމިގްރޭސަނުން ނުކުންނާނެ އުޅޭތަނަކުން ހޯދާފަ ޑީޕޯޓުކުރުމުގެ ބަދަލުގަ އަނެއްކާވެސް ގަވާއިދައްފައްތަން. މީހަމަ ލިބޭ ކަޓެއްގެ ބޮޑުކަމުން މިކަންހިނގާގޮތްބާ؟.
ކުރިން
28 September 2025
ކުރިން އެހެން ހިނގިޔަސް މިހާރު ނުހިގާނެ. ކުރިން މީހުންގެ މައުލޫމާތު އެއްކުރަނިއްޔޭ ކިޔާފަ ގަލޮޅު ދަނޑައް އެއްފަހަރު އެއްކޮއްލާފަ ދޫކޮއްލީ
ކުރިނވެސްފަހުންވެސް
28 September 2025
ކުރިންވެސް މިހާރުވެސް ތިކަމަށް ހައްލެއްނެތް! މިހާރުވެސްހަމަބަރާބަރަށް އެތެރެވެވޭ. އެޖެންޓުފަތިގޮސް ގުޅިފައިންނަނީ އެކްސްޕެޓް ސިސްޓަމުގެވަލުދޮރާއްޓާ. އިމިގްރޭޝަން އަދިއިކޮނޮމިކް މިނިސްޓްރީގެ ކަމާބެހޭ މީހުންގެ ޖީބަށްވަންނަހާހިނދަކު މިކަމެއް ނުހުއްޓޭން.
އަޅި އަލީ
28 September 2025
ހަމަ ރަނގަޅަށްވެސް މިގައުމަށް ބަންގާޅު މީހުން މަދު ކުރަންޖެހޭ! މިމީހުން ބޭރު ކުރަންވީ!
ގުރުކާ
28 September 2025
ހުސް ނޭޕާލް ލަކުދިން ގެންނަންވީ