އެޗްޑީސީ: ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެޗްޑީސީން އެދޭ-- ފޮޓޯ: މިހާރު
29 ސެޕްޓެމްބަރ 2025 - 10:21
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓުތަކާއި ފެއާތައް ބޭއްވުމަށް އެޗްޑީސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އިވެންޓު ބާއްވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށާއި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެޗްޑީސީން ހުއްދަ ދިނުމުގެ ކުރިން، ހުޅުމާލޭގެ އެކި ތަންތަނުގައި އިވެންޓުތައް ބާއްވަން ނިންމައި އެ ތަންޔަނުން ސްޓޯލް ވިއްކާ ކަމަށެވެ.
އެހެންވެ އެޗްޑީސީން ވަނީ އެއްވެސް ބަޔަކު ހުޅުމާލޭގައި ބާއްވާ އިވެންޓަކުން ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްތޯ ބެލުމަށް އެދިފައިވެ އެވެ. އެޗްޑީސީގެ ބުނީ އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނުގެ ނަމްބަރު 3356112 އަށް ގުޅައި އެކަން ކަށަވަރުކުރެވޭނެ ކަމަށެވެ.
"އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި މިގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް އާންމުކޮށް އަންގައި އިއުލާންކުރަމެވެ."
އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެއާތަކާއި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދުތައް ދޫކުރުން މިދިޔަ މެއި މަހުގެ 14 ފެށިގެން ވަގުތީގޮތުން ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަސޮރު
29 September 2025
ތިއޮތީވާ އެޗް ޑީ ސީ އެއް, އެއްލައްކަ ޔަށް ވުރެ ބޮޑު އާބާދީ އެއް ދިރިއުޅޭ ރަށެއްގެ ރަށު އޮފީހަށް ވެގެން ކުރަމުން ގެންދާ ކޮރަޕްޝަން ބަލާ ސާވޭ އެެއް ކޮށްލާނެ ބަޔަކު މި ގައުމުގަ ނޫޅެނީބާ, އެތަނުގެ ވެރިންނާ ވެރިންގެ އާއިލާ ތަކަށް ދީފަހުރި ބިންތައް ހޯދާ އެކަމުގެ ސަރީޢަތް ހިންގަބަލަ,
ވިނަރެސްގެ އަޑު
29 September 2025
އެޗްޑީސީއިން ވިނަރެސް އެޕާޓްމަންޓް ތަކުގައި ކުރަންޖެހޭ ކަންތަކާއި ހިދުމަތްތައް ނުދެވި 2 އަހަރުވެ ނިމުނީ. މިކަން މިގައުމުގެ މީޑިއިން ބަލާ އެތަކެއް ރައްޔިތުން މިތަކުލީފުން ސަލާމަތްކޮށް ދިނުމަށް ގޮވާލަން. މިހާރު ނޫހުގަ ވަރަށް ބޮޑަށް އެދެން މިކަމުގައި އެހީތެރިވެދިމުނަށް
މިހެންހަދާ
29 September 2025
އެކްޓިވް ޕާމިޓް ދޫކުރި ތަންތަނާއި ވެލިޑިޓީ ޕީރިއަޑް އެނގޭނެހެން ވެބްސައިޓުގަ ބަހައްޓަބަލަ، ގުޅައިގެންތަ އަދިވެސް ހޯދަންވީ؟