ޔާމީން: އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ދައުވާކުރާ މައްސަލާގައި އާ ހެކިތަކުގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލާފައި --- ފޮޓޯ/މިހާރު
29 ސެޕްޓެމްބަރ 2025 - 13:23
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެވެ. ނަމަވެސް އަލުން މައްސަލަ ބެލުމުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ދަށު ކޯޓަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ހައި ކޯޓުން ބާތިލްކުރި އެވެ. އޭނާގެ ވެސް މައްސަލަ އަލުން ބަލަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރީ އާ ހެކިތައް އެއް ފަރާތްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ބައި އެކަންޏެވެ. މީގެ ކުރިން އެ މައްސަލާގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން މިއަދުގެ އަޑުއެހުން ބޭއްވީ އިޖުރައާތު ފުރިހަމަ ކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލާގައި ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލަ އަލުން ބަލާއިރު، އެ ހެކިތަކާ މެދު ދެ ފަރާތުން ބަހުސް ކުރުމަށް ފަހު، އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން ގޮތެއް ނިންމޭނެ ކަމަށް ކަނޑައަޅަން ދައުލަތުން އެދުނެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުން ނިމިގެން ދިޔައީ ދަށު ކޯޓުން މައްސަލަ އަލުން ބަލަންޖެހޭ ގޮތަށް ކަމަށެވެ. އަދި މިހާރު އާ ވާހަކަތަކެއް ހިފައިގެން ދައުލަތުން ސުޕްރީމް ކޯޓަށް ދިއުމުން މައްސަލަ ލަސްވެ، އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ދައުވާ ލިބޭ ފަރާތްތަކަށް ކަމަށް ޖަމީލް ވިދާޅުވި އެވެ. އާ ވާހަކަތަކެއް ދައުލަތަށް މި މަރުހަލާގައި ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
ޔާމީނާއި ޔޫސުފްގެ ނައީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުން ދަށު ކޯޓަށް އާ ހެކިތަކެއް ހުށަހެޅީ ވެސް އިޖުރައާތުތަކާ ހިލާފަށް އަދި ކަމާ ނުގުޅޭ މާއްދާއަކާ ހަވާލާދިނުމަށް ފަހު ކަމަށާއި އެކަމަށް ދިފާއީ ވަކީލުން ފުރަތަމަ މަރުހަލާގައި ވެސް އިއުތިރާޒުކުރި ކަމަށެވެ. ނަމަވެސް އެކަން ހައި ކޯޓުގައި ވެސް ދައުލަތުން ދިފާއު ކުރުމަށް ފަހު، މިހާރު ސުޕްރީމް ކޯޓުގައި ދައްކަނީ މުޅިން އާ ބަހުސެއްގެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވި ގޮތުގައި އާ ބަހުސެއް ހިފައިގެން އިސްތިއުނާފު މަރުހަލާގައި ބަހުސެއް ނުކުރެވޭނެ އެވެ. އެއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހެކިތައް އުފަންވީ ކޮން އިރަކުންތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެ ހެކިތައް މައްސަލަ ފެށުނުއިރު ވެސް ހުރި ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި ހުކުމް އިއްވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްސަދު ޝަރީފް
30 September 2025
ޔާމިންއަށްވެސް އިންސާފްވެރި ޝަރީއަތެއް ލިބިގެން ދާތީ އުފާކުރަން. ސަރުކާރުން ކޯޓްތަކަށް އަތް ނުބާނާކަން މި އިނގެނީ.
އަފީފާާ
30 September 2025
މިއީ އުމުރަށް ޖަލަށްލާންޖެހޭ ބޮޑު މާ ،،،. ކަޅު ... ފެންވަރައިގެންހުރެ ހުދު ކާފޫރަކަށް ހެދެން އުޅުނަސް އަހަރުމެން ރައްޔިތުންނެއް ނުހެއްލޭނެ.
އަމީން އަހްމަދު.
30 September 2025
މިކަހަލަ ،، ރައީސް މުއިއްޒް އިންސާފުން މިދަނީ ޝަރީއަތް ގެންދަމުން.
ގެދޮރޭ
29 September 2025
ނިމިދިޔަ ސަރުކާރުން އެކި އެކި ނަންނަމުގަ ކުރި ވައްކަންތައްވެސް ބަލަން ވާނެ. އަދި މި ސަރުކާރު ނި.މުމުން މިހާރު ވައްކަންކުރަމުންދާ ހުރިހާ އެންމެންނަށްވެސް ދަޢުވާކުރަންވާނެ.
ރަދީފްއޮފިޝަލް /
29 September 2025
އެއްކަމެއް ވެސް ނުކުރެވޭނެ.
ސޯބުއެތި
30 September 2025
ޔާމީން ގޯހެއް ހަދައިފިނަމަ އެކަން ބަލަންޖެހޭނެ. ޔާމީނަކީ މމމ މާހިރެއް. އެންމރ ކުޑަކުއްޖާއަށްވެސް އެކަން އެނގޭ.
ޢިބްރިސަމާ
29 September 2025
ޢަސްލު ޔާމިން ރުޅިގަދަވެގެން ޖޯލި ފެންޑާގައި އަޑުގަދަ ކުރަނީ މިހެންވެ ހުރިހާ ކޮޅަކުން ބުޅިއެޅުނީމާ ޖަމީލުއަށްވެސް ބަހެއް ބުނެލަން ނުކުރި ނަގޫ ތާށިވެފަ އެހެންވެ ކޮންމެ ރެއަކު ފޮތިކަހާލަނީ
ހިތަދޫކޮއްޔާ
29 September 2025
އަދިވެސް ހިތަދޫ އުތުރު ދާއިރާ މެންބަރުގެ ގޮނޑި މައްސަލައިގެ ހުކުމް ވީހިސާބެއް ނޭނގޭ ދޯ؟ ހާދަ ދިގު ހުކުމެކޭ ދޯ އެ ލިޔަނީ.
ޒުމް
29 September 2025
ރާވައިން ދެމީހުންވެގެން ގައުމު ލޫޓްވާލީ. އަދި ކޮންމެ ހުކުރު ވިލޭރެއަކު އެންމީހުނަށް ވަގައް އެބަގޮވައެއްނު.
ކޮރަލް
29 September 2025
ކޯޓުން ދޫކޮށްލާއިރަށް ކޯޓް އަށް ގެންދަނީ އެވެ. ބްރޯ ސިންގަޕޯރުގަ އެވެ. ޔާމީން އަށް ހުކުމް އެއް ނުކުރެވިގެން އެތައް އަހަރެއް ވެގެން ދަނީ އެވެ. އަދިވެސް އެހެން މީހެއްގެ ހަބަރެއް ނުވެ އެވެ. ހަމަ އެކަނި ޔާމީން އެވެ.
9999909
29 September 2025
ފުރަތަމަ ޖެހޭނީ މުޅި ސިސްޓަމް ފަސާދަކޮށްލި މީހާ ފަހަތުންދާންދޯ!!!! ޔާމީނަށް ހީވާ ކަހަލަ ޔާމީނު ގޮވައިގެން އެއުޅޭ މީހުން ކޮޅު ޔާމީނުގެ "މައުސޫމް" ކަން ގަބޫލު ކުރެއޭ!!!! ޔާމީނު ފަހަތުގައި މިވަގުތު ތިބި އަދި ކުރީގައި ތިބި އެންމެނަށް ވެސް ޔާމީނަކީ ކިހާވަރެއްގެ ހިޔާނާތްތެރިއެއްކަން އެނގޭ!!!!! ތިމަންނަ މައުސޫމޭ ކިތަންމެ ވަރަކަށް ކިޔަސް ޔާމީނަކީ ދިވެހި ގައުމު ދުށް ބޮޑެތި ހިޔާނާތްތެރިންގެ ތެރޭގައި ހިމެނޭ ބޭކަލެއް!!!!
ދޫލަ
29 September 2025
ފެންޑާގައި އިނދެގެން މި ސަރުކާރާއި ކުރީ ސަރުކާރުގެ ވައްކަމާއި އަނިޔާގެ ވާހަކަ ދައްކަން ޔާމީން ލަދުގަންނަން ޖެހޭނެ. އެކަން އޭނަގެ ވެރިކަމުގެ 5 އަހަރުގެ ތާރީޚު ހެކިދޭނެ. އަދި ޖަމީލުއާއި މަލީހުވެސް ހެކިވާނެ.