ވިސާގެ ބޭރުން ރާއްޖޭގައި އެކި މަސައްކަތްތައް ކޮށްގެން ބިދޭސީން ބޮޑެތި މަންފާތަކެއް ހޯދާ ކަމަށް އިމިގްރޭޝަނުން ބުނި.
އިމިގްރޭޝަން މުވައްޒަފުން ބިދޭސީއަކާ ސުވާލުކުރަނީ
29 ސެޕްޓެމްބަރ 2025 - 19:40
ރާއްޖެ އެތެރެވާން ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން އާމްދަނީ ހޯދަން އެހެން މަސައްކަތްތަކުގައި އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލައި، އެ މީހުން ލައްވައި އެ މަސައްކަތެއް ކުރުވި މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.
އެ އިދާރާ އިން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، "އޯޕަން ވިސާ" ގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެ މީހުން ޑީޕޯޓް ކުރާނެ ކަމަށެވެ. އަދި އެ މީހުން ލައްވައި ވިސާގެ ބޭރުން ވަޒީފާ ދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ގަވާއިދުތަކުގައިވާ ގޮތުން، ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ ވިސާ ދޫކުރި ތަންތަނުގައި ހުއްދަ ކޮށްފައިވާ މަސައްކަތްތައް ކުރަން އެކަންޏެވެ.
ވިސާގެ ބޭރުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ކުރުމަކީ ގާނޫނީ ކުށަކަށް ވިޔަސް އެ މީހުންނަށް ވިސާ ދޫކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި މަސައްކަތާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާ ހޯދަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ އެ ވިޔަފާރިތައް ހުއްޓުވަން މިދިޔަ ހަފުތާގައި ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަމެވެ.
ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
30 September 2025
ފުތަމަ ބުރުގެ ކާމިޔާބަށް ބަލައި ރަގަޅުކަމެއް ކުރަން. ރަސްމީކޮށް 83000 މީހުން ގެނެވުނު. ނުރަސްމީކޮށް ގެނައި އަދަދާއެކު ޖުމުލަ 150000 ގެނެވުނު. އެމީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށްޓަކައި ހުޅުވާލުމަށްފަހު އޭގެ ކުރިންތިބި މީހުން ފޮނުވާލާ. ދެން ފޮނުވާ ވާހަކަ އިޢުލާން ކުރުމާއެކު ދިވެހިއަންހެންކުދިންނާ ދިމާއަށް ކުރިންތިބިމީހުން އެނބުރި ގާނޫނުގެ ތެރެއަށް ވަދެފިލާތިބޭނީ.
އަލީ ސައީދު2
30 September 2025
ރިސޯޓް ތަކަށް ވެއިޓަރުންގެ ނަމުގައި ގެނެސް ތިބި ފައިނޭންސް މީހުންނާއި އައިޓީ މީހުން ހިމެނޭތޯ ތިކަމުގަ! އޯފަން ވިސާގައި ޑީޖޭ ކުޅޭ މީހުން ނާއި މިއުޒިކް ކުލޭމީހުން ހިމެނޭތޯ!
ބޭރުމީހާ (ހުއްދައޮތް)
30 September 2025
ހުއްދަ އޮތަސް މަސައްކަތް ނުކުރާ ދިވެހިންވެސް ފޮނުވާލުން މުހިންމު
ޝަނީފް
30 September 2025
ހެހެހެހެހެ! ހަނދާން ނައްތާލަން ޖެހޭނީ. ނުވާނެ ތިކަމެއް. މިގައުމުގަ، އަދި ކުރިއަށް މި އޮތް ވިއްސަކަށް އަހަރަކު ތިޔަކަމެއް ނުވާނެ. އާންމުންގެ އިތުބާރެއް އެއްވެސް ސަރުކާރަކަށް ނެތް.
އަފްރާސިޔާބު
30 September 2025
އެއީ ކުރަންޖެހިއްޖެއްޔާ އެއްވެސް ކަމެއްނޫން. ބޭނުންވަނީ ފައިސާ. ފައިސާ ހޯދާން އެމީހުން ދަންނާނެ.
ސޯޅަ
30 September 2025
ޓިއުޝަން ދެމުން މުޅިދުވަހުދާ ޓީޗަރުން ހިމެނޭތަ؟ މަހަކު މަދުވެގެން -/100000ރ ރާއްޖެއިން ބޭރު ނުކުރާ ޓީޗަރަކު މަދުވާނެ.
ޓިއުޝަން
01 October 2025
މިއީ ހުއްޓުވަން ޖެހޭ ކަމެއް. މި ރާއްޖޭގައި އެބަތިބި މިކަން ކުރެވޭނެ ތަޖުރިބާހުރި، ހުނަރުވެރި ކުރިން. މިއީ އޭ ލެވެލްގައި އުޅެމުންވެސް އިންކަމް އެއް ހޯދުމަށް ދިވެހި ކުރިދިންނަށް އޮތް މަގެއް.
އިންތިޒާރު
30 September 2025
ތިޔަ ކިޔާ އެއްޗެއް އެވެރީންނަށް ދޭހަވާނޭތަ؟
ފޫހި
30 September 2025
ދެ އަހަރުން 8،609 ޑީޕޯޓް 1 އަހަރުން އަލަށް 83000 ބިދޭސީން އެތެރެކޮށްފި. މިވަނީކީއްވެ؟ މަދުތަ ގިނަތަ
ޝަމްވީލް
30 September 2025
ރިސޯޓްތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހަމަ އުޅެނީ މިނިވަންކަމާއެކީ. ރިސޯޓްތަކުގައި ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބިދޭސީން ކުރަަނީ. ބިދޭސީންނަށް މަނާކޮށްފައިހުންނަ ވިޔަފާރިތައްވެސް ކުރަނީ..ފުލުހުންނެއްވެސް އިމިގްރޭޝަނުންނެއްވެސް ނުދޭ.
ނަސީމާ
30 September 2025
މިތިބީ ކަންމަތީ ކޮފީ ކޯނަރުތައް ޗެކްކުރޭތޯ ބަލަން. ކޭްޝިއަރުންނަށް ހުސް ނޭޕާލު އަންހެން ކުދިން.
އައްބާސް
30 September 2025
ތިކަހަލަ އޮޕަރޭޝަންތައް ހަމަ ހިންގާ އިރަށް އެމީހުންގެ ވިޔަފާރިތައް ބަންދުކޮށް ތިބެނީ ފިލާ. ހަމަ ދުވަސް ކޮޅެއް ވާއިރަށް ނިކުމެ އަނެއްކާ ފަށައިގަނޭ. ހުރިހާ ވިސާނެތް މީހުން ފޮނުވާލަންވީ. ރައްޔިތުންނާ ވެސް ޙަވާލު ކުރަންވީ ރިޕޯޓްކޮށް މިމީހުން އަތުލަން.
މުއްބާރު
30 September 2025
ބަލަ މިހާރުވެސް ރައްޔިތުންނާ ހަވާލުކޮށްފަވީ ތިޔަކަންތައް ކުރަން، މިހާރުވެސް އިމިގްރޭޝަނަށް ޝަކުވާ ހުށަހަޅަންވީ https://imuga.immigration.gov.mv/report-offence