ގއ.އަތޮޅު ކައުންސިލުން އެއަތޮޅު ނިލަންދޫ ކައުންސިލްގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއް. ފޮޓޯ:ގއ. އަތޮޅު ކައުންސިލް
30 ސެޕްޓެމްބަރ 2025 - 19:33
ތަޖުރިބާ ހޯދުމަށް ޓަކައި ގއ.އަތޮޅު ކައުންސިލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ މަރުކަޒީ ރަށް ދުބާއީ އަށް ކުރި އެންމެ ދަތުރަކަށް 500،000.ރ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ގއ.އަތޮޅު ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް 2023 ގައިވާ ގޮތުން އެ ކައުންސިލުން 2023 ވަނަ އަހަރު ދުބާއީ އަށް ކުރި ދަތުރުގައި 10 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދަތުރަށް، 564،917.ރ ހަރަދުކުރި އިރު އޭގެ ބޮޑު ބަޔަކީ ދުބާއީގައި ހުރުމާއި ކެއުމަށް ކުރި ހަރަދެވެ. އެކަމަށް 443،633.ރ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
ދަތުރުގައި ޓިކެޓް ފިޔަވައި ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ ޕޮކެޓް މަނީ އަށެވެ. އެއީ ޖުމްލަ 43،947.ރ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ދަތުރުގައި އެއާ ޓިކެޓަށް ހަރަދުކޮށްފައި ވަނީ 66،306.ރ އެވެ.
ދަތުރުގައި ބިލުތަކާ އެކު ހިސާބުތައް ބެލެހެއްްޓި ހަރަދުގެ އިތުރުން ބިލުތައް ނެތި އިންސިޑެންޝަލްގެ ގޮތުގައި ވެސް 11،043.ރ ހަރަދުކޮށްފައި ވެ އެވެ.
ގއ.އަތޮޅު ކައުންސިލުން އޮޑިޓަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ދަތުރުގެ ބޭނުމަކީ ޔޫއޭއީގައި ލޯކަލް ކައުންސިލްތައް ހިނގަމުންދާ ގޮތް ބަލައި ތަޖުރިބާ ހޯދުމެވެ. ދުބާއީގެ މުނިސިޕަލް ކައުންސިލްތަކަށް ޒިޔާރަތްކޮށް އަލަށް އާބާދުކުރާ ސަރަހައްދުތަކަށް ޒިޔާރަތްކުރި ކަމަށް ވެސް ބުނެފައި ވެ އެވެ.
އޮޑިޓަށް ފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކައުންސިލަށް ލަދާ ދީފައި އޮތީ އެފަދަ ދުތުރުތަކަށް ސްޕޮންސާ ހޯދައިގެން ހަރަދުކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
01 October 2025
އޮޑިޓަރ ޖެނެރަލް އެންމެ ރަނގަޅުނޫންތޯ ގައުމުގައި މަޑުން ހުންނަން. އޮޑިޓަރ ޖެނެރަލަކީ ޖުއްލާބެއްހެން ތަޖުރިބާ ދަތުރު ކުރަންޖެހޭ ބޭފުޅެއްވެސް ނޫނިއްޔާ. އަމިއްލައަށް ކުރި ޚަރަދު ސަރުކާރުގެ ފައިސާއިން ކޮށްފާ ސަރުކާރުގެ އެހެން މީހުން ދަތުރުކުރަންވީމާ ސްޕޮންސަރު ހޯދައިގެން ލިބުނިއްޔާ ދަތުރުކުރުމަށް ތިޔަ ލަފާދެނީ ނުލަފާ ނޫންތޯ؟
ސަލްމާ އަޙްމަދު ޙަލީމް
01 October 2025
ބޮޑު އުނދަގުލެއް ތިޔަ ކައުންސިލްތަކަކީ. މައުމޫން ހިންގޮތް އެންމެ ރަނގަޅީ. މޮޅުކޮށްލަންވެގެން ކައުންސިލްތައް ހެދީމަ ރައްިޔުތުންގެ ފައިސާއިން ކައުންސިލްތަކުގެ މުވައްޒަފުން އުފާކުރުމަށް ރާއްޖެއާ ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ގޮސް އަގުބޮޑު ހޮޓާތަކުގައ މަޖާނަގާފަ އަންނަނީ ވާކަމެއް ހަމަ ޙަރާން. ކިހާބޮޑު މުސީބާތެއްމީ. ރަށަކަށް ކަމެއްކޮށްދިނިއްޔާ މާރަނގަޅުވާނެ. ތި 500000ރ އިން ރަށުގަ އިޖްތިމާޢީ މަރުކްަޒެއ އަޅާ މުސްކުޅިން ކޮންމެ ދުވަހަކު އެއްވެބަލަ.
އޮނަރަބްލް އަފީފު ދީދީ
01 October 2025
އޮޑިޓް އޮފީސް ވިޔަސް އޭސީސީ އަދި ދައުލަތުގެ މިފަދަ އެހެން މުއައްސަސާ ތަކުންވެސް އަދިވެސް ޤަބޫލުކުރަނީ ކ.އަތޮޅު މާލޭގައިހުންނަ އޮފީހަކުންނޫނީ ރާއްޖެއިން ބޭރަށް ދަތުރެއްވެސް އަދި ބޭރުބަޔަކާއި ވާހަކަދައްކައިގެންވެސް ނުވާނެކަމަށް. ޤަބީލާފިކުރާއި ރަސްކަމުގެ އުސޫލުދޫކޮށް ލާމަރުކަޒީ ނިޒާމް ފުރިހަމަގޮތުގައި ހިންގުމަށް މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބޭ އެރަށު ބިންވެރިން ނުފުހިގެން އުޅެނީވެސް އެމީހުނާއި ނުލާ އެހެންބަޔަކު ކަމެއް ކޮށްފާނެތީ.
ރަސިމާ
01 October 2025
ކ.އަތޮޅު މާލެއެއް އޮވޭތަ މިހާރު؟
ހިތަދޫ ހުސެން
01 October 2025
ބޭރު މީހުންނާ ބައްދަލް ކުރަން ވެގެން ކާން އެކަނި 443،000ރ؟؟ މަޑުން ހުރޭ ކަލޭވެސް.
މައްކު އޮޑިޓަރ
01 October 2025
އޯޑިޓް އޮފީހުން ސަރުކާރުގެ އޮފީސްތަކުގެ އޯޑިޓް ރިޕޯރޓް ނެރުނު ޢަދަދަށްވުރެ ރާއްޖެއިން ބޭރަށް ވެރިން ކުރި ދަތުރު ތަކުގެ ޢަދަދު ބޮޑުވެދާނެ. ދެން ކީކޭތޯ ބުނާނީ؟؟ އޯޑިޓަރުންގެ އިންޓެގްރިޓީ އެއް ނެތް. އޯޑިޓަރުން އެހެން އޮފީސްތަކަށް މިސާލަކަށްވާފަދަ އިންޓެގްރިޓީ ހުރި ބަޔަކަށް ވާން ނުޖެހޭތޯ؟
ކުޑަސޮރު 01
01 October 2025
މިހާރު ދެނ
އެކޮއި
01 October 2025
ރައީސްކުރާދަތުރުތަކުގެ ވާހަކަ އޮޑިޓު އޮފީހުންބަލާނީ ކޮންދުވަހަކުންބާ؟ ގައިމު ކޮންމެ ދަތުރަކަށް އެތައްމީހުން ހިމެނޭ ވަފުދެއް ގެންދޭ. ރާއްޖެއާ ރާއްޖޭންބޭރަށް ހުއްޓުމެއްނެތި އެތައް ދަތުރުތަކެއްކުރަމުން އެދަނީ. މީގެއިތުރުން މަޖުލީހުގެ މެމްބަރުންނަށްކުރާ ބޭކާރު ޚަރަދުތަކުގެވާހަކަ ކޮބައިތޯ؟ ކައުންސިލަރުން ނިކަމެތިވީމާ އެމީހުންކުރާ ބޭކާރު ޚަރަދުތަކުގެވާހަކަ ނިކަންބާރަށް އޮޑިޓުއޮފީހުން އެބަދައްކާ. މުޅިޤައުމުގައި ހުސް ކޮރަޕްޝަން. ސަހަލު އެއްތަނެއްވެސްނެތް
އެޑްމުންޑޯ
01 October 2025
ދުބާއީ އަށްގޮސް ލޯކަލްކައުންސިލް ތަޖްރިބާ ހޯދަން ގޮސް ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ، ތިޔައީ މަޖަލާއި ފިޔަފާރި ދަތުރެއް ، ތައިލެންޑަށް ދިޔަނަމ ރަގަޅުވީސް ، ތައިލެންޑްގެ ބޭބްކޮކް ފިޔެފައި އެހެނިހެން ސިޓީޓަކުގައި ވަރަށް ފުޅާކޮށް ލޯކަލް ކައުނސިލްތަށް ހިންގަމުންދޭ ، ޕްރައިމެރީ ހެލްތްކެއަރ ވެސް މިގޮތަށް ވަރަށް ފުރިހަމައަށް ހިންގަމުންދާ ގައުމެއް އެއީ
ބދހދހހދ
01 October 2025
ރަގަޅެއް ނުން. މިއަންނަ އަހަރު ދައުރު ނިމޭނެ. ނިމޭއިރު ކޮންމެވެސް ތަޖުރިބާއެއް ހޯދާލަން ވާނެނުން. ސޮޕިން ކޮށްލެވުމަކިވެސް ވަރަށް ބޮޑުވަރު. އަންނަ އަހަރު ބަޖެޓްގައި ހިމަނަންވެސް ވާނެ ކައުންސިލަރުންގެ ދުބާއީ ދަތުރުގެ ނަމުގަ. ފެނަކަ ސައީދުކަހަލަ މީހުން އާއިލީ ކުންފުންޏަށް ބަޖެޓް ބަހާ ހުސްކުރުމަށްވުދެ ރަގަޅެއް ނުން
ތީތި ކަޑަ
01 October 2025
ގއ. ކީމަ ދަތުރުތައް ހަރާމްވާންވީގޮތެއް ނޭނގެ. މާލޭގެ އޮފީސްތަކުން ހެސްކިޔާފަ ދަނީ. އެމީހުން ދިޔައްޔާ ވަކި ކޮން އައުކަމެއް ދިމާވަނީ. މިކަހަލަ ދަތުރުތަކުން ފައިދާ ހޯދައިގެން ރަށްރަށުގަ ބޮޑެތި މަސްރޫއުތައް ހިންގާތީ އެކަން އެ މަނާކުރަނީ. ދޫކޮށްލަބަލަ ފްރީކޮށް އަމިއްލަ މިނިވަންކަމާއެކީ މަސައްކަތްކުރަން. މާލޭ ހުންނަ ވަކި އޮފީހަކުން ވަކި މީހަކު ހުއްދަ ނުދިނިއްޔާ ނުވެފަ ތިބޭކަށް ނުޖެހޭނެ. އެއީ އައްޔަންކުރާ މީހެއް ރައްޔަތުން ހޮވަނީކީވެސްނޫން. ރާއްޖެތެރެ..
އަފްރާސިޔާބު
01 October 2025
އެކަން އެހެން އެވީ ރާއްޖެތެރެ ކިޔާތީ. ރާއްޖެތެރޭގެ މީހުންނަކީ މާލެ ނޫން އެހެންތަނަކަށް ދިއުން ހުއްދަ އޮންނަ ބައެއްނޫން. މާލޭ ބޭފުޅުން ހެޔޮ ކިތަންމެ ޚަރަދެއް ރާއްޖޭން ބޭރަށް ކުރިޔަސް. އެއީ އުސޫލު
އިހްސާސް
01 October 2025
ތިޔަ ތަޖުރިބާ އަމަލުން ފެންނާނީ ކޮން ދުވަހަކުބާ؟