ސިނަމާލޭ ބްރިޖު: ބްރިޖުގެ ލައިޓުތައް މިރޭ ނުދިއްލޭތީ ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިފައިވޭ،-- މިހާރު ފައިލް ފޮޓޯ
30 ސެޕްޓެމްބަރ 2025 - 21:02
ސިނަމާލޭ ބްރިޖާ ގުޅިފައިވާ މަގުތަކާއި ސިނަމާލޭ ބްރިޖުގެ ލައިޓްތައް ނުދިއްލޭތީ އެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ބްރިޖުގެ ލައިޓުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޅާ އަނގޮޅީގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އާއި ބައެެއް ވަގުތުތަކުގައި ވިއްސާރަވެހެމުންދާތީ ބްރިޖުން ދަތުރުކުރާއިރު ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ. އަދި ޓްރެފިކް ފްލޯ އޮމާންކަމާ އެކު ކުރިއަށްދާކަން ޔަގީންކުރުމަށް އެތަނުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.
ބްރިޖުން ދަތުރުކުރާއިރު ސަމާލުވުމުގެ އިތުރުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
01 October 2025
މިވާހަކަ ދައްކަން ސަރުކާރުން ލަދުގެ ކަންފުޅެއްވެސް ނެތްދޯ؟ ކޮންތަނެއްތޯ ދިއްލިފައިހުރީ! ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ ހުންނަ މަގުގައި ހޮޅިދަނޑި ޖެހިތާ މިހާރު 3 އަހަރާ ގާތް ކުރަނީ އަދިވެސް ލައިޓެއް ހަރުނުކޮއްލެވޭ! އެޗްޑީސީ އަށް މިމިޔަނުން ފައިސާވަދޭ!މިއީ ހަމައެކަނި ސްޓެލްކޯގެ ކަމެއްނޫން!
އަފްރާސިޔާބު
01 October 2025
ހުޅުމާލޭގައި ތިބި މީހުން މާލެއަރަނީ ކޮންކަމަކުތޯ ފުލުހުން 3 ދުވަސް މަތިން ވަލާދިނުން މުހިންމު. މަސްވެރިން މަހަށް ނުގޮސް މާލޭ ފަޅުގައި ހުކުރު ދުވަހު ތިބެނީ ކީއްވެތޯ ބަލާލުން ރަނގަޅު. އަޑުއިވޭ ގޮތުން އެދުވަހު ދޭސީންނާއި ބިދޭސީންވެސް މުޒާއަށް ނުކުތުމަކީ ވުން ކައިރި ކަމެކޭ. އެހެންވެއްޖެނަމަ ދެބައިމީހުންވެސް ވަގުތުން ފޮނުވާލަންވާނެ.
ބުލްބުލްބުލް
01 October 2025
މުއައްސަސާ ތަކުގެ ޒިންމާ މިކަމުގަ ވެސް ނެތީމަ މީގަ ވެސް މިކިޔާ ފަރުދީ ޒިންމާއަކާ މިހަވާލު ކުރީ.
އިހްސާސް
01 October 2025
މަސައްކަތުގެ ކޮލެޓީނެތީ.
ހހހހހ
30 September 2025
ރާއްޖެ އޮތީ ހާދަ ހާލެއްގައޭ
އޮނަރަބްލް އަފީފު ދީދީ
30 September 2025
ދައުލަތް ދަރަނިކޮށް 300 މިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ހަދާފައިވާ ބުރިޖުން ހިލޭ ދަތުރު ކުރެވޭގޮތް ހެދީމާ ވާނީ ތިހެން. ބްރިޖް އަޅަން ނެގި 300 މިލިޔަން ޑޮލަރުގެ އިތުރަށް ތިޔަ ބުރިޖަށް ދައުލަތުގެ ޙަޒާނާއިން އަހަރަކު އެތައް މިލިޔަން ރުފިޔާ މިހާރުވެސް ދަނީ ޙަރަދު ކުރަމުން. މިއީ ދުނިޔޭގައިވެސް އޮތް މިފަދަ އަގުބޮޑު ލޯނު ބުރިޖް ތަކުގެ ތެރެއިން ހިލޭ ދަތުރު ކުރޭވޭ ހަމަ އެކަނި ބުރިޖް. ތިތަނުގެ މެއިންޓަނަސް ބެލެހެއްޓުމަށް ޓޯލް ހަރުކޮށް އަގު ނަގަން ފައްޓާ.
ރަންނަ
30 September 2025
ތިވާނީި ކުރީސަރުކާރުން ކުރިކަމަކަށް
ކައުންސެލަރު...
30 September 2025
ދެން ކަލެއަށް ކޮންކަމެއްތަ؟
ބަންނަ
01 October 2025
ކުރީ ސަރުކާރުގައި ތި ދިއްލެނީ މަހަކު ދެފަހަރު. އެވާހަކަ ބުނެވޭކަށް ނޯވެ ކުރީ ސަރުކާރޭ ކިޔަނީއޭ ގޮވާ ވަރުން. އެކަމަކު ދަމަންޏާ ކުރީ ސަރުކާރޭ ގޮވޭނެ