ހައިވޭގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
22 ސެޕްޓެމްބަރ 2025 - 11:45
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި 44 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް ހަ އެކްސިޑެންޓަށް ވުރެ ވެސް ގިނަ އަދަދެކެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިމަހުގެ 14 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި ހިނގި 44 އެކްސިޑެންޓުގެ ތެރޭގައި ގިނައީ ސައިކަލާއި ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލާއި ސައިކަލު ޖެހިގެން 15 އެކްސިޑެންޓެއް ހިނގި އެވެ. އަދި ކާރުގައި ސައިކަލު ޖެހިގެން 13 އެކްސިޑެންޓެއްވި ކަމަށް ބުންޏެވެ.
ފުލުހުންގެ ހިސާބުތަކުގައިވާ ގޮތުން އެ ހަފްތާގައި 19 ވަނަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ބްރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތައް ފަސް އެކްސިޑެންޓަށް ވުރެ ގިނަ އެވެ. އެ މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގީ 16 ވަނަ ދުވަހު އެވެ. އެ ދުވަހު ނުވަ އެކްސިޑެންޓެއް ހިނގާފައިވެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. ދުވާލު ވަގުތު 36 އެކްސިޑެންޓު ހިނގާފައި ވާއިރު ރޭގަނޑު ހިނގި އެކްސިޑެންޓުގެ ގޮތުގައި ރިޕޯޓުކުރީ 8 އެކްސިޑެންޓެވެ.
އެ އެކްސިޑެންޓުތަކުގައި ތިން މީހަކަށް ބޮޑެތި އަނިޔާ ވެފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި 43 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކްސިޑެންޓުތަކުގައި 35 ވެހިކަލަކަށް އެކި ކަހަލަ ގެއްލުންތައް ވެސް ވެފައިވެ އެވެ.
މި އެކްސިޑެންޓުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި، އެކްސިޑެންޓުވުމުން ފިލާފައިވާ ހަތަރު މައްސަލައެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
22 September 2025
ތަފާސްހިސާބު ބުނެދީގެން ހާމަކުރަންތިއުޅެނީކޮންކަމެއްތަ؟؟ ބޭޒާރުވާލެތްއަދިވެސްމަދުކަމުން އިތުރަށްބޭޒާރުވާންތަ ފުލުހުންތިއުޅެނީ؟ މިހިސާބުތަކުންއެންމެބޮޑަށްހާމަވާކަމަކީ ފުލުހުންނަށް ނުވަތަ ޓުރެފިކުޕޮލިހަށް ޓުރެފިކުނުބެހެލެއްޓޭކަން، އަގުބޮޑުލައިޓުތަކާ ދުނިޔޭގާލެއްވިހާއަގުބޮޑުކެމެރާތަށް ހަރުކޮށްގެން ކޮންހަޑިއެއްތިހާވަނީ؟ ހިސާބުތަކުންދެވަނައަށްހާމަވާކަމަކީ ގަވައިދާގަނޫނުތަންފީޒުނުކުރެވޭކަން، ޓުރެފިކުނުބެލެހެއްޓިޔަސް އެކުސިޑެންޓުވާނީ ތިހާކަންހާވަރަށްދޯ!
ހުސެން ތައްކާނު
22 September 2025
ސައިކަލާ ސައިކަލް 15 އެކްސިޑެންޓް، ކާރާ ސައިކަލް 8، ބޮޑީ ޓު ބޮޑީ 5
ފުލުސްމީހެއް ނޫން
22 September 2025
ފުލުހުންނަށް ރަނގަޅަށް ޓްރެފިކް ބެލެހެއްޓާތާ އެހެންވީމާ. އަދި އަމިއްލަ އަށް ތަފާސްހިސާބު ހާމަކުރާ އިރު ނޭނގޭ ތިމާމެންނަށް ޒިންމާ އަދާނުކުރެވޭ ކަމެއް. ލަދުވެސް ނުގަންނަ ބައެއް ހުވާ
ކަލޯބެ11
22 September 2025
މިދުވަސްވަރަކީ ޓްރެފިކް ފުލުހުންގެ ރިސެސް ސީޒަން. މިހާރު ސްޕީޑް ކެމެރާގަނޑު ފޮރުވާފަ އޮތީ. ހައިވޭވެސް ސެންޓްރަލް ޕާރކް ސަރަހައްދުވެސް އޮޓޯއަށް ލާފަ. ދެންވެސް ބަޔަކު ހަޅޭއްލަވައި ގަތީމާ ހަފްތާ ނުނީ ގިނަވެގެން 2 ހަފްތާ ނިކުމެލާނެ. މިމީހުން މިކަންތަށް ތަންފީޒު ކުރަންފެށީމާ ހަމަ މަދުވޭ ޗަރުކޭސް ކުދިން
މިއައު
22 September 2025
ތިތާންގަ އަހަންނަށް ހީވަނީ ޓްރެެފިކް ގަވައިދު ނުހިނގާހެން. އަހަރެން ތިތަނަށް އަރާ ކޮންމެ ފަހަރަކު އެތައް ޓްރެފިކް ވަޔޮލޭޝަންއެއް ފެނޭ. އެކަމު ޕޮލިހުން އަޅައެއް ނުލާ. ވެދާނެ ޕޮލިސީ އަކީ ޖެހުނީމަ އެޓެންޑުވުން ކަމަށް.
ދުވެލި
22 September 2025
ބުރިޖް އަދި ހައިވޭއިން ޓޯލް ފީ ނަގަން ޖެހޭ. ބޭކާރު ގޮތުގައި ވައިބުރު ޖަހަން ދަތުރުކުރާ ފަރާތްތައް ހުއްޓުވުމަށް، ކަމާބެހޭ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރެވިއްޖެނަމަ، ހައިވޭގެ ޓްރެފިކް މަދުވެ، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަލުދަނާ ކުރެވިދާނެ.
ސަންލައިޓް
22 September 2025
އޯރެންޖް ލައިޓް ކަޓުވާލަން ސްޕީޑް ބާރު ކުރުމަކީ ނުރައްކަލެއް.
އޮނަރަބްލް އަފީފު ދީދީ
22 September 2025
ކ.މާލެ އާއި އެ އަތޮޅު ހުޅުލެ އަދި ހުޅުމާލެ ގުޅާލަން ދައުލަތް ދަރަނިކޮށް 300 މިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން އަޅާފައިވާ ބުރިޖް އާއި "އެ ބުރިޖާއިގުޅިފައިވާ މަގުތަކުގެ މެއިންޓަނަންސް އަދި މަގުގެ ރައްކާތެރިކަން ބަލަހައްޓާން ހަރުކުރާންޖެހޭ ކެމަރާ އާއި ލައިޓްތަކާއި ސައިންގ ބޯޑް އަދި ރަނގަޅަށް މަގު ކުރަހާ ބަލަހައްޓާން ޖެހޭ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ފައިސާނެތުމުގެ ސަބަބުން" ބުރިޖާއި މަގުގެކަންކަން ރަނގަޅަށް ބަލަހައްޓަން ވަނީ ދަތުކަމަކަށް ވެފައި.
މިއައު
22 September 2025
ފައިސާގެ ވާހަކަ ދައްކަންޏާ ބޮލަކަށް މިވޭތުވެދިތަ 10-15 އަހަރު ތެރޭ އައްޑޫއަށް ކޮށްފަ ހުރި ހަރަދުގެ ވާހަކަ ދައްކާ. ނިސްބަތުން ކިހާ ފައިސާއެއްތޯ އެއީ. މި ހީވަނީ މާލޭގަ އުޅެނީ އިންސާނުން ނޫންހެން. ތިހެން ކިޔާއިރު
އޮނަރަބްލް އަފީފު ދީދީ
22 September 2025
އެތައް ބިލިޔަން ޑޮލަރަށް ދިވެހިދައުލަތް ދަރާވިކިފައި އޮތްއިރު އެފައިސާގެ %90 ހަރަދު ކޮށްފައިވަނީ ކ.އަތޮޅު މާލެއަށާއި އެރަށު ބިންވެރިންގެ މައްޗަށް. ހުޅުމާލޭގައި ހަދާފައިވާ ދައުލަތުގެ ސޯޝަލް ހައުސިންގ ފުލެޓްތަކަށް އެއްބަސްވުމާއި އެއްގޮތަށް އެތަންތަން ލިބިފައިވާ ކ.މާލޭމީހުން ފައިސާނުދައްކާ 2 ބިލިޔަން ރުފިޔާގެ ފައިސާ އެޗްޑިސީއަށް ނުލިބި ހުރިކަމަށްވިޔަސް "އެފައިސާ ދައްކަންޖެހެނީ ކ.މާލޭމީހުން ކަމަށްވާތީ" މާލޭސަރުކާރުން އެ ފައިސާހޯދަން މަސައްކަތްނުކުރޭ.
ރަށަކި ޒާހިރް
22 September 2025
ރޭ 18:40 ހާއިރު ފެނުނު އިމިގްރޭޝަންގެ ބޮޑު ހުދު ވޭނެއް ބާރު ސްޕީޑްގައި ހައިވޭ 2ލޭން ހިސާބުން ،ސިފައިންގެ މަރުކަޒް ހިސާބުން ބަސް އޯވަޓޭކް ކޮށްފައި ދިޔަ މަންޒަރު. މިއީ ހުއްޓުވަން ޖެހޭ ކަމެއް.