ސިނަމާލެ ބްރިޖްމަތީ މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު ބޮނެޓް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
މާލެއިން ހުޅުމާލެއަށް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ލޭނުގައި ހިނގި އެ އެކްސިޑެންޓާ ގުޅިގެން ބްރިޖްމަތީ ޓްރެފިކް ޖޭމްވެ، މާލޭގެ ލޮނުޒިޔާރަތްކޮޅާ ހިސާބަށް ވެހިކަލްތަކުގެ ޓްރެފިކް ތޮއްޖެހުނެވެ.
އެ އެކްސިޑެންޓް ހިނގި ގޮތާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.