އިހުމާލުވާ މުވައްޒަފުންގެ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަކީ އިސްލާހީ އެއް ބަދަލު ކަމަށް ފެނަކައިން ބުނި.
ފެނަކައިގެ އެމްޑީ ނަޖާހު
30 ސެޕްޓެމްބަރ 2025 - 21:08
މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން މިހާރު ވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
އޮޑިޓަ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓު ބިނާކޮށްފައި އޮތީ 2021 އިން 2023 އަށް ފެނަކަ ހިންގި ގޮތުގެ މައްޗަށެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ ޖަރީމާތައް އެ ރިޕޯޓުގައި ވެ އެވެ. ހާއްސަކޮށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާ ގުޅޭ ބޮޑެތި މައްސަލަތަކެއް ހމެނެ އެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ލަސްކުރުމެއް ނެތި މިހާރު ވެސް އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ފެނަކަ އިން ބުނި ގޮތުގައި، އެ ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައި، އެއީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއަށް ފައްތާފައިވާ ކަންކަން ތޯ ކަށަވަރު ކުރަން މޮނިޓަރިން ނިޒާމެއް ގާއިމް ކުރުމެވެ. ދެން ހިމެނެނީ ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި ރިޕޯޓު ކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމެވެ.
- އެންމެ އަސާސީ އެއް ފިޔަވަޅަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުން. އެއީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާ ކަންކަން ތަކުރާރުވިޔަ ނުދޭން އަޅާ ފިޔަވަޅެއް ކަމަށް ފެނަކަ އިން ބުނޭ.
- ފެނަކަ އިން ބުނީ އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން އެ ތަން ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ފެނަކައިގެ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދޭ ކަމަށް. އެ އުސޫލުތަކުގެ ބޭރުން އެއްވެސް އަމަލެއް ނުހިންގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދޭ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓިނު
01 October 2025
އެހެންވެތަ ހިތުހުރިވަރަކަށް ރަށްރަށަށް މުއައްޒަފުން ނަގަމުންތިދަނީ
ސަރުސަނާ
01 October 2025
މިހާރުގެ އެމްޑީ ގެ މައްސަލަބަލާ ދުވަހަކުން މީނާ ނުފެތޭނެ އެއްމެ ގޮޅިޔަށް ވެސް ނޯންނެއެވެ.
ނަރުދަމާ ނިޒާމް
01 October 2025
އެންމެ ފަށޭހައިން މިވަގުތު އަތުވާން ހުންނާނީ މި ސަރުކާރުގެ ފުރަތަމަ އެމްޑީ މުއާޒު. އޭނައަށް ފިޔަވަޅުއެޅުމަށް ގޮވާލަން. ޗައިނާއިން އަގުހެޔޮކޮއް ގެނާއި ފެން ހޮޅި އަބަދުވެސް ފަޅައިގެން ގޮސްގެން މި އުޅެން ޖެހެނީ. ކުރިން ގެނައި ހޮޅިތަަކުގެ ދެގުނަ އަގު ބޮޑު. ފެން ހޮޅިތަށް މިހާރު ހުރީ ހުސް ޖޮއިންޓުން ގުޅާފައޭ ބުންޏަސް ދޮގަކަށް ނުވާނެ،
ހައިކަލްގީ
01 October 2025
އިސްލާހީ ފިޔަވަޅު ތިއަޅަނީ ގަވާއިދުގެ ޔެރެއިން މަސައްކަތް ކޮށް ހައްގުވާ ފައިސާކޮޅުވެސް ހޯދަން ޖެހެނީ މަސްއޫލިއްޔަތު އަދާކުރާ މުސާރަވެރިޔާއަށް ލިނބޭ އތިކޮޚުގެ ދެބައިކުޅަ އެއްބައި ދީގެން އެހެން ނޫނިއްޔާ ނުލިނބޭ. މޫނުމަތި ރީތިކުރާނަމޭ ހިތާ ރައްޔިތުން ވާވައްދަން ނޫޅޭ ހުސް ގަރަޑަމާ
އެޑްމުންޑޯ
01 October 2025
އިސްލާހީ ފިޔަވަޅުގެ ތެރޭ ނުހިމެނޭތޯ މިއަންނަ ލޯކަލް އިންތިޚާބާ ދިމާކޮށް ކޮންމެ ރަށަކުން ވިއްސަކަށް މުއައްޒަފުން ނަގަން
މުއްލާބެ
01 October 2025
ސައީދާއި އެކީ އޭނާގެ ހުރިހާ ޖަރީމާއެއްގެ އެއް ބައިވެރިއެއް ކަމަށްވާ އަތުހަރުގެ މައްސަލަތައް އޭސީސީގައި ހުއްޓާ، މިހާރު އޭނާ މުވައްޒަފުންގެ ޗީފަކަށް ހަދައިގެން، އޭނަ ވަރެއް ނެތިގެން އުޅޭ އުޅުމުން ތިޔަ ހަރުދަނާ ކުރުން ހުރީ ދިމާ އިދިކޮޅަށްކަން އެންމެންނަށް އެނގޭ. މިހާރުގެ ހާލަތު ފެންނަ ފެނުމުގައި މާގޯސް.
ފެނަކަ1234
01 October 2025
ސައިދުވެސް އަދިވެސް ބުނަނީ ހިންގީ ރަނގަޅަށޭ. ނިޔާޒީގެ ލޮލަށް ގޮވަނީ.
ކާމަރާނި
01 October 2025
ތިޔައީ މިހާރުވެސް ހިންގާ ގޮތެވެ. އަދި މިހާރު އިހުނަށް ވުރެން ގޯހެވެ.
ރަދީފްއޮފިޝަލް /
30 September 2025
އަދި ތަންކޮޅެއް އަވަސް.
ކައުންސެލަރު...
30 September 2025
ނަޒާހަތްތެރިކަން، ހަލާލުމަސައްކަތް، ތާހިރު ދިރިއުޅުން---- ވަރަށް ތާހިރެއްނު
އަރުމާޒު
30 September 2025
އެކަމަކު ކަން ހިނގާތަން ފެންނަނީ ތިޔަބުނާ ގޮތަކަށް ނޫނެވެ.