އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: އެމްއެލްއެސްޑީޕީ އުވާލަން އެ ކޮމިޝަނުން ނިންމި ނިންމުން ގާނޫނާ ހިލާފް ކަމަށް ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2025 - 16:22
ގާނޫނީ ވަކީލް އަބްދުﷲ ހަސީން 2018 ގައި އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖޫން 2022 ގައި އެމްއެލްއެސްޑީޕީ އިލެކްޝަންސް ކޮމިޝަން (އީސީ) އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އެވެ. އެ ނިންމުން ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރު އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިންއިރު އެ ޕާޓީގައި 2،700 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ. އެ ނޯޓިހާ ގުޅިގެން އެ ޕާޓީން އިތުރަށް 300 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ފޯމު ފޮނުވާފައިވާއިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، މެމްބަރުން ހަމަކުރަން ނޯޓިސް ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި އިތުރަށް ޕާޓީން ވަކިވާ މެމްބަރުންގެ ބަދަލުގައި ވެސް އިތުރަށް މެމްބަރުން ހަމަކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވިޔަސް، ޕާޓީން މެމްބަރުން ހަމަކުރަން ޖެހޭނީ ނޯޓިސް ދިން އިރު މަދުވި އަދަދަށް އެކަންޏެވެ. އަދި ކޮމިޝަނުން އެމްއެލްއެސްޑީޕީ އުވާލީ އެ އުސޫލުން މެމްބަރުންގެ އަދަދު ހަމަކޮށްފައި ވަނިކޮށް ކަމަށްވާތީ އެ ޕާޓީ އުވާލަން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އެމްއެލްއެސްޑީޕީ ދެމިއޮންނާނެކަން ނުވަތަ ނޫންކަން ހުކުމުގައި ބުނެފައެއް ނުވެ އެވެ.
އެމްއެލްއެސްޑީޕީ 2018 ވަނަ އަހަރު އުފެއްދީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭޗާރުސް
02 October 2025
އަނެއްކާ ތި ޝަރީއަތް ތިބުނާދުވަހު ތާވަލް ކޮށް ކުރިބާ؟ މިހެން އަހާލަން ޖެހުނީ ސަން ކުންފުނިތަކުގެ ޝަރީއަތެއް ތާވަލް ކުރިކަންނޭގި ހުކުމެއް ނުފެނި ކޮށްފިކަމަށް ނޫހަކުން ލިޔެފައޮއްވާ ފެނުނީމާ.
މެންގްރޫވް
02 October 2025
ގެއްލުމުގެ ބަދަލުދޭން ޖެހުނީ ދޯ؟ ޕާޓީ އުވާލީމާ ހަސީނަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ނުލިބުމުން ލިބުނު އިއާދަނުކުރެވޭ ގެއްލުން މިހާރުގެ ސަރުކާރުން ޖެހޭނެ ފޫބައްދަން. އެގޮތުން ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ހަސީން ހަމަޖައްސާ. މިނިސްޓަރު ފެންވަރަކު ނޫން، ރައީސްޖުމްހޫރިއްޔާގެ މަގާމާ އެއްފެންވަރުގެ މަގާގެއްގެ ގޮތުގަ. ނައިބު ރައީސްވެސް ލާންވާނީ ހަސީނުގެ ދަށަށް.
ކަމްއެންގޯ
01 October 2025
ހަސީނު ކަމް އެން ހަސީނު ގޯ.
ނުބައި
01 October 2025
ކޮންމެވެސް ނުބައެއް މީ. މީން ދުވަހަކު ވީކަމެއްނޫން.
އިއްކެ
01 October 2025
ދެން ކޮންމެސް ބަޔަކާ ކޯލިޝަން ހަދާ.
ޤައުމީ މަސްލަޙަތު
01 October 2025
ހަވާލު ކުރެވިފައި އޮތް ޒިންމާއަށް އިންތިހާއަށް ފަރުވާ ކުޑަކުރުން ނުވަތަ "ގްރޮސް ނެގްލިޖެންސް" އާއި ނަހަމަ ގޮތުގަ މަޤާމުގެ ނުފޫޒު ބޭނުން ކުރުމުގެ ކުށް އޭރު ތިބި އީސީ ވެރިންގެ މައްޗަށް ހިންގަން ޖެހޭ. ވެރިން ޒިންމާ ކުރުވިގެންނޫނީ އިސްލާޙެއް ނުވާނެ.
މަގުސަދު
01 October 2025
ތިވާނީ ބަޖެޓުން ލާރިދޭންވެގެން ކުރާ ކަމަކަށް.
އިބުރާ2
01 October 2025
ޢެއްފަހަރު ޕާޓިން ވަކިވާނެ. އަނެއްކާ ކޯޓަށް މައްސަލަ ލާނެ. އަނެއްކާ ޕާޓީއާ ހަވާލުވާނެ.
ހަސީނު
01 October 2025
މިހާރު ހަސީނުވެސް ތިކަން ހަނދާންނެތޭހާދުވަސް ވެއްޖެ.
އ އަހްމަދު
01 October 2025
ކީއްވެތަ ތިހައިއަވަހައް ހުކުމެއްތިނެރުނީ