އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ބައެއް މެމްބަރުން: އެމްއެލްއެސްޑީޕީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމް ކުރުމުން އެ ޕާޓީ އަލުން ވަނީ އިއާދަކޮށްފައި --- ފޮޓޯ/މިހާރު
01 ނޮވެމްބަރ 2025 - 20:01
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ޕާޓީ އިއާދަކޮށް، ޕާޓީތަކުގެ ދަފުތަރުގައި އަލުން ހިމަނައިފި އެވެ.
ޖޫން، 2022 ގައި އެމްއެލްއެސްޑީޕީ އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހު ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ އެވެ.
އެހެންވެ، އިލެކްޝަން ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ އަލުން ހިމަނާފައިވާ ކަމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިންއިރު އެ ޕާޓީގައި 2،700 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ. އަދި އެ ނޯޓިހާ ގުޅިގެން އެ ޕާޓީން އިތުރަށް 300 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ފޯމު ފޮނުވާފައިވާއިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، މެމްބަރުން ހަމަކުރަން ނޯޓިސް ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި އިތުރަށް ޕާޓީން ވަކިވާ މެމްބަރުންގެ ބަދަލުގައި އިތުރަށް މެމްބަރުން ހަމަކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވިޔަސް، ޕާޓީން މެމްބަރުން ހަމަކުރަން ޖެހޭނީ ނޯޓިސް ދިންއިރު މަދުވި އަދަދަށް އެކަންޏެވެ. އަދި ކޮމިޝަނުން އެމްއެލްއެސްޑީޕީ އުވާލީ އެ އުސޫލުން މެމްބަރުންގެ އަދަދު ހަމަކޮށްފައި ވަނިކޮށް ކަމަށްވާތީ އެ ޕާޓީ އުވާލަން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އެމްއެލްއެސްޑީޕީ ދެމިއޮންނާނެކަން ނުވަތަ ނޫންކަން އެ ހުކުމުގައި ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަރުބެ
02 November 2025
ކޯޓް އުން ހުކުން ކުރީމަ އިޔާދަ ކުރަނީ ވަކިޒާތުގެ ކަން ކަން ދައުލަތުގެ މަށްޗައް މީހަކަށް ދޭން އޮތް އެއްޗެއް ދޭން ހުކުން ކުރިޔަސް ނުދީ ތިބެނީ ހަދާނެ ގޮތެއް ނޯވޭ
ޒަމްހަރު
02 November 2025
ލާރި މަޗާ. ލާރިކޮޅު ފަހަތުން އެ ދުވަނީ. 300 ވެސް ހަމަ ނުވާނެ. އަސްލު. ޕާޓީ އެއް ވިއްޔާ ލާރިލިބޭނެ
ވަގުޕާޓީ
01 November 2025
ވަގަށް މަ ވައްދާފަ ތިޔަ ޕާޓީއަށް. އުވާލަން ޖެހޭ.
ޕޮލިސް
01 November 2025
ތި ޕާޓީގައި ފުލުހުންނާއި ސިފައިންވެސް ރަޖިސްޓަރކޮށްފައި އެބަހުރި، އުވާލާ
މާނިއުބެ
01 November 2025
ތި ޕާޓީ އަށް އަދި އަޅުގަނޑު ނުވަންނަން . އެކަމަކު ޕީއެންސީގެ ވެރިކަން ނިމުނީމަ އިރާދަކުރެއްވިއްޔާ ވަންނާނަން. އަޅުގަނޑު ވަރަށް މޮޅު ވާނެ ކުލަ ބަދަލުކުރަން..
މަސްގޮނޑި
01 November 2025
މިގައުމަށް އިތުރު ޕާޓީތަކެއް ބޭނުމެއްނުވޭ. ޕާޓީތައް ގިނަވާވަރަށް ގައުމު ވެއްޓެނީ ފިތުނައިގެތެރެއަށް.
ކާނިި
01 November 2025
މީ އިބުރާބޭގެ ޕާޓީތަ؟
ޖެކީޗަން
01 November 2025
3000 އެއްނޫން 10000 ހަމަނުވަންޏާ ޕާޓީގަނޑު އުވާލަންވީ. ނޫނީ ވާގޮތަކީ އިންތިޚާބު ގާތްވީމާ އެންމެ ވަރުގަދަކަމަށް ފެންނަބަޔަކާ ކޯލުޝަން ހަދަނީ. ކޯލިޝަން ހެދީމާ ވާގޮތަކީ ބައިއަޅަންޖެހޭ ބޯތައް ގިނަވަނީ. ބޯތައް ގިނަވާވަރަކަށް ދަރަނީ. ގައުމު ދަރާވިކުނީމާ ދެން ދާނީ އަޅުވެތިކަމާދިމާއަށް.
ސަސި
01 November 2025
ތިޔަ ޕާޓީ އޮތަސް ނެތަސް ކޮންތަފާތެއްއޮތީ. ބޭކާރު ތާކުންތަަކު ނުޖެހޭ ޕާޓީ ތައް ގިނައީ
އ.ނ.ތ
01 November 2025
ޕާޓީ އަކީ އިންވެސްޓްމަންޓެއް، ދައުލަތުން ފައިސާދޭނެ ބަރާބަރަށް
ބަޑިކަލޯ
01 November 2025
ތިޔައީ މުސްތަގްބަލުގަ ރާއްޖެ ހިންގާނެ ޕާޓީ. އަދީބުގެ ޕާޓީ.