ފުލުހުންގެ ތަމްރީންތަކާ ބެހޭ ގޮތުން މިރޭ އާންމުކުރި ފޮޓޯއެއް.
01 އޮކްޓޯބަރ 2025 - 20:53
އިދިކޮޅު އެމްޑީޕީން އަންނަ ހުކުރުދުވަހު މާލޭގައި މުޒާހަރާއެއް ކުރަން ރާވާފައި ވަނިކޮށް، "ފުލުުހުންގެ އޮޕަރޭޝަނަލް ރެޑިނެސް" ބެލުމަށް މިއަދާއި މާދަމާ މާލެ އާއި ހުޅުމާލޭގައި ފަރިތަކުރުންތަކެއް ބާއްވާކަން އިއުލާނުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިއަދާއި މާދަމާ ބާއްވާ ފަރިތަކުރުންތަކަކީ ސިލްސިލާ އެކްސަސައިޒްތަކެއް ކަމަށެވެ.
ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކުގެ ތެރެއިން އެކްސަސައިޒްތަކެއް 2025 އޮކްޓޫބަރު 1 އަދި 2 ވަނަ ދުވަހު މާލެއާއި ހުޅުޅުމާލޭގައި ކުރިއަށްދާނެއެވެ. pic.twitter.com/xtMaSSsjYL
— Maldives Police (@PoliceMv) October 1, 2025
މި އެކްސަސައިޒާ ބެހޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ކްރައުޑް ކޮންޓްރޯލްކުރުމަށް ޝީލްޑްތައް ހިފައިގެން މަގުތަކެއް ބަންދުކޮށްގެން ފުލުހުން ތިބި ފޮޓޯތަކެއް، ވަނީ ޕޯސްޓްކޮށްފަ އެވެ.
އެމްޑީޕީން ހުކުރު ދުވަހު މުޒާހަރާއެއް ބާއްވަން ދުރާލައި އިއުލާނުކޮށް ތައްޔާރުވަމުން ދާއިރު ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މުޒާހަރާއަށް މީހުން އަންނަ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި މި މުޒާހަރާގައި ހަމަނުޖެހުން ހިންގަން ރާވާ ކަމުގެ ތުހުމަތު ފުލުހުން ކޮށްފައި ވާއިރު އެމްޑީޕީން ވަނީ ފުލުހުން ހަދަނީ ދޮގު ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.
މި ދުވަސްވަރާ ދިމާކޮށް ފުލުހުން ތަމްރީންތަކެއް ފެށި އިރު އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވަނީ ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބެލުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެމްއެންޑީއެފުން ބުނީ އެ އޮޕަރޭޝަން ފެށީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަނުކޮށް ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވެ ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
02 October 2025
މި އުޅެނީ ދެން ވަރަށް ހަޑި ވައްތަރަކަށް. މިއޮތްހާ ދުވަހު މި ތަމްރީން ގެންދާ ތަނެއް ނުފެނޭ. ދެން އެހެން ނޫނަސް މިކަމުންވެސް އަނެއްކާވެސް ބަދުނާމު ވާނީ އާދައިގެ ފުލުހުންނާއި ސިފައިން.
ކިރަނަން
02 October 2025
އެއްވެސް ވެރިކަމަކީ ރައްޔިތުން ބޭނުން ނުވާ ހާލަތެއްގައި ފުލުހުންނަށް ހިމާޔަތްކުރެވޭނެ ވެރިކަމެއް ނޫން. އޮޕަރޭޝަން ކިތަންމެ ރަނގަޅުކުރިޔަސް
ހަސަންބެގެ
02 October 2025
ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް ލިބޭނެ، ފުލުހުން ނާއި ސިފައި ކުރީބާއިގައި މުޒާހިރާ ކޮންޓްރޯލް ކުރަން ރާވާ ހިންގަން ގައުމުގެ އެއްމެ އިސްވެރިޔާ އެދޭ އިރު، ބޯހިޔާ ވެހިކަމަށް އެދޭ ނިކަމެތި ރައްޔިތުންގެ ފުލެޓަށް ކަރަންޓް އަދި ފެން ކުރީބައިގާ ތައްޔާރުވެ ކަނެކްޝަން ގުޅާ ނޫޅޭ، 3000 ޔުނިޓް ސަރުކާރާއި ހަވާލުކުރީ މީގެ 4 މަސް ކުރިން، އަދި ކިރިޔާ މި ކުރީބައިގައި ރާވާހިން ވަކި ކަމެއްކުރަން އިގޭ ސަރުކާރުން އެ އުޅެނީ.ފެނާއި ކަރަންޓްވެސް ކުރީން ކުރިނަމަ.