ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!

ަމަސީހް ވަކިކުރަން ރޯލްކޯލް ވޯޓެއް ނަގަން އުޅުމުން، އިދިކޮޅު މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަގާމުން ވަކިކުރަން ވޯޓަށް އަހަންވިއިރު އިލެކްޓްރޯނިކް ސިސްޓަމްތަކުގައި މައްސަލަ ޖެހުނީ އެވެ. މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންނަށް ފެނިވަޑައިގަތް ހައްލަކީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން އެ ގޮތަށް ވޯޓަށް އެހޭނީީ ވެސް ފާސްކޮށްގެންނެވެ. އެކަމަކު، އެގޮތަށް ކުރިއަށް ގެންދަން ފެނޭތޯ ބަލަން ވޯޓު މި ނެގީ "ހަލާކުވެފައި" ހުރި ސިސްޓަމް މެދުވެރިކޮށެވެ؛ މިއީ، އެއް ބަޔަކު ބުނާ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ "ބޮޑު ޖޯކެކެ"ވެ.

މި ވޯޓުގައި ގިނަ ބަޔަކު އަޖައިބުވެ އަންތަރީސްވީ ވޯޓުގެ ނަތީޖާއަކުން ނޫނެވެ؛ އެއް ބަޔަކު ބުނާ ގޮތުގައި، އެއަށް ވުރެ ބޮޑަށް، ބާރުގެ ބޭނުންކޮށްގެން ކޮންމެ ފަދަ ކަމެއް ވެސް ސަރުކާރުން ކޮށްފާނެ ކަން ދައްކުވައި ދިނީ އެވެ. ޕީޕީއެމްގެ މެމްބަރުން "ކަސްތަޅު އަޅުވާފައިވާ" މިންވަރު ވެސް ސާފުވެއްޖެ އެވެ. އެއާ އެކު ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް ގާނޫނުތަކާއި ގަވާއިދުތައް މުގުރައި ހިތުހުރި ގޮތަކަށް އަމަލުކުރަމުންދާ މަންޒަރު ވެސް ފެނިއްޖެ ކަމަށް އެއް ބަޔަކު ބުނެ އެވެ.

ސަރުކާރުން ބޭނުންވި ގޮތަށް މަސީހްގެ ވޯޓު ކާމިޔާބުކުރީ، މަޖިލިސް ހަލަބޮލިކޮށްލި މައްސަލާގައި ސަލާމަތީ ބާރުތަކުގެ އެހީއާ އެކު އިދިކޮޅު ގިނަ މެމްބަރުން ޗެމްބަރުން ބޭރަށް ނެރުމަށް ފަހު އެވެ. މަސީހްގެ މަގާމް ދިފާއުކުރީ، 48 ވޯޓުންނެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި 54 ވޯޓު ހޯދި އެވެ. އެހެންކަމުން، މަސީހުގެ ވޯޓު ކާމިޔާބުކުރި ނަމަވެސް، ވޯޓުގައި ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ މިއޮތީ ގެއްލިފަ އެވެ.

ސުވާލަކީ މިއެވެ؛ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހަގީގަތުގައި ކާމިޔާބުވީ ކޮން ބަޔަކަށް ހެއްޔެވެ؟ ސަރުކާރަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ހެއްޔެވެ؟ މަޖިލީހުގެ ޖަލްސާ ބެލި އާއްމުންނަށް ޖަވާބު ދޫކޮށްލީ އެވެ.

މެމްބަރުންނަށް އިތުބާރެއް ނެތް، މިނިވަންކަމަށް އަރައިގަތީ!

ރައްޔިތުންގެ މަޖިލީހުން މިހާތަނަށް، ބޮޑެތި ހުރިހާ ވޯޓުތަކެއް ވެސް ނެގީ މިހާރު ބޭނުންކުރާ އިލެކްޓްރޯނިކް ސިސްޓަމް މެދުވެރިކޮށެވެ. އެ ސިސްޓަމުން ވޯޓު ނަގާއިރު މެމްބަރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވަން 30 ސިކުންތު ލިބެ އެވެ. ފުރަތަމަ ވޯޓު ދެއްވި ގޮތް ބަދަލުކުރެއްވުމުގެ ފުރުސަތު ވެސް ލިބެ އެވެ.

މަސީހްގެ ވޯޓާ ހިސާބުން ސިސްޓަމްގައި މައްސަލަ ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ވޯޓު އިދިކޮޅު ފަރާތްތަކުން ކަށަވަރުކޮށްފައިވާތީ، ވޯޓުލަމުން ދާއިރު ނަތީޖާ ފެންނަ ގޮތަކުން މަސީހާ ދެކޮޅަށް ޕީޕީއެމްގެ އިތުރު މެމްބަރުންތަކެއް ވޯޓު ދެއްވަފާނެ ކަމުގެ ބިރު އޮތީ ހެއްޔެވެ؟

އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ވޯޓިން ސިސްޓަމްތައް "ހަލާކުކޮށްލީ" ވޯޓު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން ނެތުމުންނެވެ. މި ވޯޓުގައި ސަރުކާރަށް އޮތް ހަމައެކަނި ގޮތަކީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ކަށަވަރުކުރުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. އެގޮތަށް ހެދުމުން، މެމްބަރުން ބިރުގަނެ ޖެހިލުންވެ މިނިވަންކަމާ އެކު ސަރުކާރާ ދެކޮޅަށް ވޯޓު ނުދޭނެ ކަން އެނގޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅުކަން ޕީޕީއެމްގެ މެމްބަރުންތަކެއް ހާމަކުރައްވަނީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ "ވޯޓުގައި ފެނިގެން ދިޔައީ ޕީޕީއެމްގެ މެމްބަރުންނާ މެދު ސަރުކާރަށް އެއްވެސް އިތުބާރު ނެތް ކަން" ކަމަށެވެ. މެޖޯރިޓީ އޮވެ، ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ، އާއްމުކޮށް ވޯޓު ނަގާ އުސޫލުން ކުރިއަށް ގެންދަން ބޭނުންނުވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު، އަދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ އިސްކޮށް ހުންނެވި ފާރިސް މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި ނަގާ ވޯޓެއްގައި ދެން ސަރުކާރަށް އަޣުލަބިއްޔަތެއް ނުލިބޭނެ ކަން ވަރަށް ރަނގަަޅަށް ސާފުވެއްޖެ އެވެ.

"ވަކިވަކި މެމްބަރުން ތެދުވެ ތިމަންނަ އަށް ފެންނަ ގޮތަކީ މިއޭ ހާމަކުރުމަކީ ވޯޓުގެ މިނިވަންކަމަށް އަރައިގަތުން. އަޅުގަނޑު ނުދަންނަވާނަން މިނިވަން ވޯޓެއް ކަމަކަށް ވެސް މި ނެގުނީ. އަޅުގަނޑު ނުދަންނަވާނަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ނެގުނު ވޯޓެއް ކަމަކަށް ވެސް މިއީ،" ފާރިސް ވިދާޅުވި އެވެ.

ސައްހަ ކަމެއް ނެތް، ބާތިލް ވޯޓެއް؟

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި މެމްބަރުންނަށް ބިރުދައްކައި، ބާރުގެ ބޭނުން ކުރި ވޯޓަކީ "ކަނޑައެޅިގެން ގާނޫނާ ހިލާފު، ބާތިލް ވޯޓެކެ"ވެ. އެއް ސަބަބަކީ، ވޯޓު ކުރިއަށް ގެންދަން ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި އޮއްވައި އެ އުސޫލާ މުޅިން ހިލާފަށް އެކަން ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯލް ކޯލް ވޯޓެއް ނަގަން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުށަހެޅުއްވުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ވޯޓު ދެއްވީ އެ ގޮތަށް ފާސް ކުރަން ފެންނަ ކަމަށެވެ. އަދި ދެ މެމްބަރަކު ވޯޓު ދެއްވީ ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

މަޖިލިހުގެ އިލެކްޓްރޯނިކް ސިސްޓަމުން ނެގި ވޯޓުގައި، އޭރު ރިޔާސަތުގައި އިންނެވި ނައިބު ރައީސް މޫސާ މަނިކާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބައިވެރިވި ކަމަށް ނަތީޖާ އިން ދައްކަ އެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓެއްގައި ބައިވެރިވެވަޑައިގެންނެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި އެކަންޏެވެ.

"އަޅުގަނޑުމެން އަމީން އާއްމާ ސުވާލުކުރީމަ ވިދާޅުވީ އެގޮތަށޭ [މަހްލޫފާއި މޫސަ ވޯޓު ދެއްވި ކަމަށޭ] މި އޮތީ ރެކޯޑުގައި. އަޅުގަނޑު ދެންނެވިން އެހެންވީމަ މިއީ މުޅިން ބާތިލް ވޯޓެއް ނޫންހޭ؟ މީގެ ނަތީޖާ ބަލައިގަނެވޭނެ އެއްވެސް އުސޫލެއް ނޯންނާނެ ނޫންހޭ؟ ދެން ވިދާޅުވީ ތިމަންނަމެން އެ ދެ ވޯޓު އުނިކޮށްފައޭ ގުނަނީ،" ފާރިސް ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކުން ވިދާޅުވަނީ މަސީހް ވަކިކުރަން އިއްޔެ ނެގި ވޯޓު ސައްހަ ނޫން ކަމަށް.

ގޮނޑިތަކާ ދުރުގައި ތިއްބެވި ބައެއް މެމްބަރުންގެ ނަމުގައި ވެސް ވޯޓު ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަން ޖެހުނީ ވެސް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރަމުންދާތީ ކަމަށެވެ. ކުރިން ރައްޔިތުންނަށް އެކަން ސާފުނުވެ އޮތް ނަމަވެސް އިއްޔެގެ ވޯޓުގައި، މަޖިލީހުން ކަންކަން ކުރަނީ އެ އުސޫލުން ކަން ހާމަވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ޖުމްލަކޮށް ރައްޔިތުންނަށް ސާފުވެއްޖެ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ގުޅިވަޑައިގެން މި ކުރައްވަނީ ކީއްކަން،" ފާރިސް ވިދާޅުވި އެވެ.

ނިހާން ވިދާޅުވަނީ ވޯޓު މިނިވަންކަމަށް

މަސީހްގެ ވޯޓު މިނިވަން ނޫން ކަމަށާއި ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގީ ކާމިޔާބުވާނެ ކަމުގެ ޔަގީން ކަން ނެތުމުން ކަމަށް ދައްކާ ވާހަކަތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ދޮގުކުރައްވަ އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަދަ ހައްސާސީ ވޯޓުތަކުގައި މެމްބަރުން ކައިރީގައި ވަކިވަކިން އަހައިގެން ވޯޓު ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ، ރޯލް ކޯލް ވޯޓުގައި ބައިވެރިވެވަޑައިނުގަތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މަސީހުގެ އިތުބާރުގެ މައްސަލާގައި އަޅުގަނޑުމެން ނޫނެކޭ ބުނި ގޮތަށް ހަމަ އިދިކޮޅު ފަރާތްތަކުން ވެސް އާއެނކޭ ވިދާޅުވީމަ ނިމުނީ ނޫންތޯ،" ނިހާން ވިދާޅުވި އެވެ.

މެމްބަރުން ކައިރިން ވަކިވަކިން އަހައިގެން ވޯޓު ނަގަން ހުށަހެޅުއްވީ މަޖިލިހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާ މެދު ބަޔަކު ސުވާލުތަކެއް އުފައްދާތީ އެވެ. އެއީ މެމްބަރުންނަށް ބިރު ދެއްކުމެއް ނޫން ކަމަށާއި އެއްވެސް މެމްބަރަކަށް ބިރުވެރި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ތާރީޚުގެ ތެރެއަށް މި ވޯޓު ވަދެގެން އެ ދިޔައީ އެތައް ސުވާލުތަކަކާ އެކުގަ އެވެ. މިއީ ފަހުން ނަމަވެސް ގާނޫނީ އެހެން މައްސަލަތަކެއް ނުނިކުންނާނެ އަމަލެކޭ ބުނެވޭކަށް ނެތެވެ.

109 ކޮމެންޓް, 282 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 3%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރުކާނު

29 March 2017

ސިސްތަމްގގެ މައްސަލަ އުޅޭކަން އެގޭތީ އެމީހަކު ބޭނުންގޮތަކަސް އަގައިން ބުނެ އަތްހިއްލައިގެން ވޯޓް ނެގީ. އެއީ އެންމެ އިންސާފުވެރިގޮތް. ސިސްޓަމުން ނެގިނަމަ ވާނެގޮތް އެއޮތީ ފެންނަން. މަޖިލީހަށް މިވަގުތު މަރުވެފަ ތިބިމީހުންވެސް ލީ. ހެހެހެހ ޕަކާސް. 42ކޭ 42ކޭ ކަށަވަރޭ ގޮވިގޮތް އެގިއްޖެނު. އަނެއްކާ ޔަޤީނުންވެސް ވޯތްނުލާން ތައްޔާރަށްތިބި އެމްޑީޕީ މީހުންވެސް ބުނި ނަސީބެކޭ އެގޮތް ވިކަން.

The name is already taken The name is available. Register?

އާރޓިކަލް ބައަސް

29 March 2017

ވޯޓުލާ ސިސްޓަމުގައި މައްސަލަ އުޅޭކަން ދެފަރާތުންވެސް އެއްބަސްވޭ. ދެން ހެދެން އޮންނަ ގޮތަކީ ވަކިން އަހައިގެން ވޯޓުނެގުން. މިފަދަ ހާލަތެއްގައި ސިސްޓަމް ބޭނުންކޮއްގެން ނުވާނެ. ސިސްޓަމް ބޭނުން ކުރުމުން ވެސް އެގުނީ ސިސްޓަމްގެ ނަތީޖާގައި މައްސަލަ އުޅޭކަން.

The name is already taken The name is available. Register?

އިބުރާހިމް

28 March 2017

އެހެންވީމާ ސިސްޓަމްމެދުވެރިކޮށް މިއޮއްހުރިހާ ދުވަހު އެކިކަންކަމުގައި ނެގިވޯޓްގެ ސައްހަކަމެއްނެތެއްނުންތޯ، ތި ބުނާ 54 މެންބަރުންގެ ސްޕަރ މެޖޯރިޓީ ކުރިން ލިބެނީ ސިސްޓަމުން އޮޅުވާލައިގެން ކަމަށް ފެންނަނީ. މެންބަރުން ގައުމަށާއި ރައީތުންނަށް ގައްދާރުވެފައި އަމިއްލަ ޖީބަށް ބޮޑުކުރަން ވޯޓްދިނީ ޔާމިން އެންގިގޮތަށް، މެންބަރުންގެ އެއްވެސް މިނިވަންކަމެއްނެތި

The name is already taken The name is available. Register?

އަބްދުއްލާ އަލީ

28 March 2017

ހަގީގަތުގާ ވޯޓް ކާމިޔާބު ވެއްޖެ ،މަސީހު ވަކިކުރަން ކާމިޔާބު ވެއްޖެ . ސަބަބކީ 48 ވޯޓް އަކީ މަސީހު ވަކިކުރަން ލިބޭނެ ވޯޓް ގެ އަދަދު ނަތީޖާ އެކޮޅުކޮޅުން ބަދަލުވީ އިލެކްޓްރޯނިކް ސިސްޓަމް ފެއިލް ކޮށްލުމުގެ ސަބަބުން ، އަދި ވޯޓް ނަގަން ހަމަޖެއްސި ގޮތުން ، ކަރުދާހުގާ ފާހަގަ ޖަހާގޮތަށް ވޯޓް ބަދަލުކުރިނަމަ މަސީހާ އިދިކޮޅަށް ނުވަތަ މަސީހު ވަކިކުރަން 48 ވޯޓް ލިބޭނެ. މިނެގި ވޯޓަކީ ސަރުކާރަށް ސިޔާސީ ނާކާމިޔާބެއް ލިބުނު ވޯޓެއް .އެޑީޕީ ން ބުނަމުންދާ ހުދު މުހްތާރުކަމާ ވަކިކުރެވިފައިވާ ހުރިހާ ބާރެއް އެއްކޮށް ނުފޫޒުން ކަންކަން ނިންމާކަން ބޭރު ގައުމުތަކަށް ސާބިތުކޮށް ދެވުނު ވޯޓެއް. ސަރުކާރު ބިރުން އުޅެންޖެހިފައިވާކަށް ރައްޔިތުންނަށް ހާމަކޮށްދެވުނު ވޯޓެއް .ވެރިަކމުންވަކިވެއްޖެނަމަ ޖަލަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް ތުހުމަތު ކުރެވުނު ވޯޓެއް.؟ޕީޕީއެމް އަށް ވެރިވެގެންފައިވާ މައްސަލާގަ ސަރުއީ ހުކުމެއް ކޮންމެވެސް ފަރާތްތަކަކުން އުފުއްލަވަންޖެހިދާނެކަން ސާބިތުވެގެން ދިޔަ ވޯޓެއް ؟ އަޅުގަނޑުމެން މިތިބީ ބަލަން . ޟާތް ﷲ ގެ ނަސްރު އާހިރުގައި ލިބޭނީ އަނިޔާ ލިބެމުންދާފަރާތްތަކަށް.

The name is already taken The name is available. Register?

ޔޫސުބު

28 March 2017

އަޅުގަނޑުމެން ތާއީދު ކުރާނީ މައުމޫނަށް

The name is already taken The name is available. Register?

ސާލިހް / ސ.ހުޅުދޫ (ހާޑް ވެއަރ)

28 March 2017

މަވެސް ތައީދުކުރާނީ މައުމޫނަށް. ވަޒީފާގެ ބޭނުމުގަ ދެންހަަމަ މިހެން އިންނަނީ.

The name is already taken The name is available. Register?

ކަމަނަ

28 March 2017

އަޅުގަނޑުވެސް

The name is already taken The name is available. Register?

ގެދާނޯމޮސް

28 March 2017

އަދިލިޔަސް ވާނީ ފެއިލްއެވެ. މީ 2018 އިގެ ވޯޓަށް ކުރާނެ ޖެއްސުމުގެ އަލާމާތެކެވެ.

The name is already taken The name is available. Register?

ނުފުރޮޅޭ ގާބުރި

28 March 2017

ނުފޫޒުގެ ބޭނުން މިއަދު ކުރެވިދާނެ. ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އަންނާނެ. އެހެންމީހުންގެ ހައްުގު ތަކަށް އެރީކީއްވެތޯ އެހީމާ އެދުވަހުން ފިލަން ވަންނާނެ ތަނެއް ނޯންނާނެ. އެދުވަހުން ސުވާލައް ޖަވާބުނުދީ ފަރުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ. ބިރުވެތިވޭ އެދުވަހައް. އަހަރުމެން ތިބޭނީ ސާބިތުކަމާއި އެކު.

The name is already taken The name is available. Register?

ފުނޯސް

28 March 2017

2018 ގައި ވޯޓު ލާނީ ވަކިވަކި ރަށްޔިތުންގެ ކައިރީގަ އަހައިގެންބާ؟ މިއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނަމަ، އެންމެ ރަގަޅު އިންސާފު ވެރިގޮތަކީ މަޖްލިސް މެމްބަރުން ވޯޓު ލާގޮތަށް ހެދުންކަމަށް ނިންމާ، މަޖްލިސްތެރެއިން ވޯޓުލީމަ އޯކޭވާގޮތް ހަދާފާނެބާ؟ ޚަރަދުވެސް ކުޑަވާނެ. މިމީހުން ކޮށްފަ ނުކުރާނެ ކަމެއް އޮންނާނެބާ؟

The name is already taken The name is available. Register?

ކެކެކެކެ

28 March 2017

ތިޔަ ގަދަ ބާރުގެ ބޮޑާކަމާއި ކިބުރުވެރި ކަމަށްވުރެ ﷲގެ ގަދަ ކީރިތިވަންތަކަން މާބޮޑު! އެއީ ރައްޔިތުންގެ މެމްބަރުންނެއް ނޫން! ގަދަ ބާރުގެ އަޅުން!

The name is already taken The name is available. Register?

ލޯޔަރު

28 March 2017

ކާމިޔާބު ވިޔަސް ނުވިޔަސްވެސް ތިޔަ މައްސަލަ، އިލެކްޓްރޯނިކް ވޯޓިންސިސްޓަމުގައި މައްސަލަ އުޅޭތީ ރޯލްކޯލް ވޯޓަށް އަހަން ފެނޭތޯ ބެލުމަށް، މައްސަަލަ އުޅޭ އިލެކްޓްރޯނިކް ސިސްޓަމް ބޭނުންކޮށް ރިޔާސަތުން މަޖީލީހުގެ ޤަވާޢިދާ ޚިލާފަށް ވޯޓަށް އެހި މައްސަލަ، ސުޕްރީމް ކޯޓަށް ވެއްދުމަށް ތައްޔާރު މިވަނީ. ސައްޙ ކަމެއް ކުރުމަށް ޝުބުހާއެއް އުފެދިފައި އޮތް ބާޠިލް ނިޒާމެއް ބޭނުން ކޮށްފިނަމަ އޭގެ ނަތީއްޖާއަކީ ބާޠިލް އެއްޗެއް.

The name is already taken The name is available. Register?

ފާއިޒާ

28 March 2017

މަޖިލިސް ފެނިފައި ނިހާނުމެން ޕާޓީއަށް ރެސްޕެކްޓް ގެއްލިއްޖެ.... ކޮންމެ ފަދަ ގޮތަކަށްވެސް ބޭނުންވާކަން ކޮށްފާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454