ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޕީއެންސީއާ އަލަށް ގުޅުނު މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ބައިވެރިވަނީ.--
02 އޮކްޓޯބަރ 2025 - 15:26
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅުނު މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި އެވެ.
ވައްޑެ އަށް މި ސަރުކާރުގެ އިސް މަގާމެއް ދެއްވިއިރު، އޭނާ ވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކި ފަހަރު މަތިން ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް މިދިޔަ މަހުގެ އޭނާ ވަނީ ރައީސާއި ފަސްޓް ލޭޑީގެ ކިބައިން މާފަށް އެދުމަށް ފަހު، ޕީއެންސީ އަށް ސޮއި ވެސް ކުރައްވައިފަ އެވެ.
ވައްޑެ އެ ދުވަހު ވިދާޅުވެފައި ވަނީ ރައީސްގެ ދެކަނބަލުންނަށް ބޭއަދަބީ ބަހުން، ވަރަށް ހުތުރުކޮށް އެއްޗެހި ވިދާޅުވެވުނީ ސިޔާސީ ޖޯޝުގައި ކަމަށެވެ.
އަދި އޭރު އެގޮތަށް ވާހަކަ ދެއްކެވީ އޭރު ލިބިވަޑައިގެންނެވި މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށާއި މިހާރު އެއީ ހަގީގަތާއި މުޅިން ހިލާފު މައުލޫމާތުތަކެއް ކަން ކަށަވަރު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
04 October 2025
ސަރުކާރުގެ މަތީމަގާމުގެ ސަރުތު ހަމަވާން ބޭނުންނަމަ މާބޮޑައް ކިޔެވިޔަކަސްނުވާނެ، އެކަމަކު ލަދުކަނޑާލާފަ ހެއްދެވި ނެހެއްދެވިއަށް ގޮވަން ދަސްކުރޭ.
އަބްޑޫޅް +
04 October 2025
ހަރާންކޯރުވުމަކީ، ދިވެހީންގެ ގައުމީ ރުކުނެއް.
ގެދޮރޭ
04 October 2025
ހަގީގަތާ އެއްގޮތަށް ވާހަކަތަކެއް ދައްކަންފެށީމަ އެވެރިން ބޭޒާރުވަމުންދާތީ، އުފުރާލީ. ލާރިކޮޅެއް ލިބޭނެ މަގުފަހިވާ އިރަށް މިހާ އަގެއްނެތް މީހުން ކޮޅުބަދަލުކޮށްލާނެ.
މިއޮތީ
03 October 2025
މިހާ ދަށު ދަރަޖައަށް ވެއްޓުނީ؟؟؟ ކޮންކަހަލަ ރައީސްއެއް މި ހޮވުނީ ރައްޔިތުންނަށް؟؟
ދެރަ
03 October 2025
ނަފްސުގެ އަގެއް ނެތް ސިޔާސީ ބޮޓުން، ކިޔެވުމުގެ ބޭނުމެއް ނެތް ޅަ ސިކުނޑިތަކަށް ވިސްނެނީ މިކަހަލަ ސުރުޚީ ތައް ފެނުމުން، ކިތަންމެ މޮޅު ފާހެއް އޮތަސް، އެކުދިން މިޖެހެނީ ސިވިލް ސާވިސްގެ ދަށް މުސާރައިގަ ސިޔާސީންގެ އުދަގޫ ތަހައްމަލު ކުރަން، ދެން އެންމެ އަވަހަށަ އިވޭނީ އެންސީއައިއޭގެ މަގާމަކަށް ޔޫއްޕެ ލާ އަޑު، ގައުމު ފަގީރޭ ކިޔަނީ ކިހިނެއް ބާއޭ ހީވެ. މިރާއްޖެ މި ހުތުރު ޑިމޮކްރަސީން ސަލާމަތްވާނެ ދުވަހެއް ދައްކަވާށި، އަސާސީ ބޯހިޔާވަހިކަން ވެސް ސިޔާސީވެފަ
ޢަލިއ
02 October 2025
ތިކަމަކީ ނަޝީދުގެ ދައުރުގައި ފެށިގެން ހިނގާކަމެއް، ހުރިހައިކަމެއް ހަލާކުކޮށްލިމީހަކީ އެއީ، މިހާރު މިތިބީ ރައްޔިތުން އެކަން ބަލައިގެންފައި، ޕޯޑިޔަމްގައި އއގރނ ގޮވިވަރަކަށް މީހުންނަށް އެއްޗެހި ގޮވިވަރަކަށް ލިބޭ ވަޒީފާ މަތިވާނެ،
މަންނާނު
02 October 2025
މަނީ މަނީ ޔެސްސާރ މުޅިންމިކަހަލަ ދެފުއްކެހެރިން
ތަމަންނާ
02 October 2025
ކޮބާ...؟ ވަކި ސަހަލު މީހަކު އެބައުޅޭތަ؟
ޢަހު
02 October 2025
ކަލޯ ވައްޑޭ ނިކަން މަށާދިމާލަށް އެގޮތަށް އެއްޗިހި ކިޔާބަލަ މަ ކަލެއަށް ހެއި އަރުވާލާނަން
ކައުންސެލަރު...
02 October 2025
މިއީ ރައްޔިތުންގެ މޫނުމަތީގަ އަތްދަމާބަހައްޓާފަޖެހުން. ޖަހާފަ ބުނާކަހަލަ ބޭނުން އެއްޗެކޭހަދާނީ. ޕާޓީސިސްޓަމަކީމީ.... ކަޑަ؟