އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ޗީފް އެޑްމިނިސްޓްރޭޓަރަކަށް އިޝާގު އަހުމަދު.
03 އޮކްޓޯބަރ 2025 - 18:38
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ޗީފް އެޑްމިނިސްޓްރޭޓަރަކަށް އިސްހާގު އަހުމަދު ހަމަޖައްސައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އީއާރުއޭގެ ނަމަށް ބަދަލުކޮށްފައިވާ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާގެ އިސްވެރިޔާގެ ގޮތުގައި އަލަށް އުފެއްދި މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ މިދިޔަ އޮގަސްޓް މަހު އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވަނީ އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވާކަން ޔަގީން ކޮށްދެއްވައިފަ އެވެ.
އިސްހާގު އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށެވެ.
އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ އެވެ.
އޭނާ ވަނީ ޓްރާންސްޕޯޓު އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ކުރިން އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި 14 އަހަރު ހުންނެވި އިބްރާހިމް ނައީމް އިއްޔެ ވަނީ މަގާމުން ވަކިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް ކެޔޮޅު
04 October 2025
މި ސަރުކާރަކީ ތިމާވެށީގެ ހަލާކު އެންދަމާ ފަޅުތައް ހަލާކު...މަސްވެރިކަން ހަލާކު
ރުންކުރު
03 October 2025
ކޮންމެ ތަނަކަށް ޕަޕެޓެއް ލައިގެންވެސް ސަރުކާރު ހިންގޭތޯ ބަލާ. އީޕީއޭ މިނިސްޓްރީގެ ދަށަށް ގެންދިޔައީވެސް ކޮންޓްރޯލް ގެއްލިދާނެތީ ބިރުން. މި ހުންނަނީ ރައްޔިތުންނަށް އެނގޭނެ ކަންކަން. ބޭނުންވަނީ ވެރިކަމުގެ ބާރުގެ ބޭނުންކޮށްގެން ސަރުކާރުވެސް ފުށްގަނޑެއްހެން މޮޑެން ވިއްޔަ. ދެރައީ އެކަމުގައިވެސް ތަޖުރިބާ ނެތީމަ.
ވދފވދފވ
04 October 2025
އިސްހާގަކީ ވަކި ސިޔާސީ ޕާޓީއަކާ ހެދި އުޅޭ ބޭފުޅެއް ނޫން.
ޑަރޯގާ
04 October 2025
ޢެއީ ޕީއެންއެފް މީހެއް
ނަން އެނގުން
03 October 2025
އިސްހާގު މިދިޔަ ސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއް ނުފުރާ
އޯޝަން
03 October 2025
އިސްހާގަކީ ހިތްތިރި ހިތްހެޔޮ އަޚްލާގު ރަގަޅު ބޭފުޅެއް. ހިންގުމުގެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނަވާނެ ކަމަށް ބެލެވެނީ. އާންމު ރައްޔިތުންނާ އަޅާލާ އޮފީހަށް ދާ މީސްމީހުންގެ ކަންކަން ކޮށްދެވޭތޯ ބައްލަވާ ބޭފުޅެއް. އަޅުގަނޑާ މާބޮޑު ރައްޓެހިކަމެއް ނެތަސް މިއީ ތަޖުރިބާ. ފަހުންވެސް މިގޮތުގައި ހުންނަވާނެ ކަމަށް އުންމީދު ކުރަން.
ޑަރޯގާ
03 October 2025
ތީ ބުހުތާނު ދޮގު.
އުންމީދޭ
03 October 2025
ހަމަސީދާ ކަނޑައެޅިގެން ތިޔާހިލާފު ހުރިހާކަމެއްގަ.
ކޮރަލް
03 October 2025
އާބާދީގެ ބޮޑު ބަޔަކީ މަތީ ތައުލީމް ހާސިލް ކޮށްފަ ވާ ޒުވާނުންނެވެ. އެމީހުންނަށް ސިޔާސީ ދާއިރާ އިން ލިބޭ ފުރުސަތު ވަރަށް ކުޑަ އެވެ.
ވޒދޗވޒސ
04 October 2025
ސިޔާސީ މަޤާމެއްތަ މިއީ؟