މާރާމާރީ ހިންގައި ވީޑިއޯގެ ސްކްރީންޝޮޓެއް.
03 އޮކްޓޯބަރ 2025 - 20:04
ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތައް ކައިރީގައި މިއަދު ހަވީރު މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހަވީރު 5:00 ހާއިރު ހުޅުމާލެ 2 ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އެ ތަނުގައި މާރާމާރީ ހިންގާ މަންޒަރު ފެނިގެން އެ ތަނުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރިއިރު އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރީ އުމުރުން 18 އަހަރުގެ އަންހެނަކާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ހިޔާގެ 7 ވަނަ ޓަވަރު ކައިރީގައި ދެ ފިރިހެނަކު މާރާމާރީ ހިންގާ ތަނެވެ. އެ މީހުން ލައިގެން ތިބި ޓީޝާޓަށް ދަމައި ބާލުވައި ގައިގައި ތަޅާ މަންޒަރު ފެނެ އެވެ. އަދި އެ ތަނުގައި ތިބި ދެ އަންހެނަކު ވެސް އިސްތަށިގަނޑު ހިފައި އެކަކު އަނެކަކަށް އަނިޔާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާލެވ
04 October 2025
ރާއްޖެތެރޭ މީހުން ހިސާބައްވުރެ ހިތް މޮޅީ އަނގަޔާ އަތާ ދިމާ ނުވިޔަސް މާލޭ މީހުން މުއްސަނދި ކުރަން ތިބޭންވަނީ. އުފަލާ އަރާމް ސާފް ރީތި މޫދާ ގޮނޑުދޮއް ދޫކޮއް މާލެ ގޮނޑުކުރަން ތިބެ .. ރަން އިލޮށިން ކަދުރޭ ނުކިޔާ
ކޮރަލް
03 October 2025
މިފަދަ ކަމެއް ހިނގާ އިރު ފުލުހުން ނެތަސް އެކަން ހުއްޓުވަން މަސައްކަތް ނުކޮށް އާއްމުން ކުޅިބަލަން ހުރުމަކީ ގޯސް ކަމެކެވެ .
ކުޅަނދު
03 October 2025
މިހާރުވެސް އައިޑީ ބަލާ ….ހުސް ރާއްޖެތެރޭ…..
ނާނާ
03 October 2025
ރާއްޖެތެރޭ މީހުން ދައްކާ ކުލިން ބަނޑުފުރާނަ މުއްތިކޮށްގެން ތިބޭ މީހުންވެސް ރާއްޖެތެރޭ ވީމަ ކަމަކުނުދޭ، ދެއަތް އުރާލައިގެން ތިބެ ރަންއިލޮށިން ކަދުރު ކެވެނީ ރާއްޖެތެރޭ މީހުން މިތާނގަ ތޮއްޖައްސައިގެންކަން ނުދައްނަ މީހުންއަދިވެސް ތިބީތާ!!