ދުވާފަރު
03 އޮކްޓޯބަރ 2025 - 21:23
ދުވާފަރު ކައުންސިލަށް ތަކެއްޗާއި ހިދުމަތް ދިން ބަޔަކަށް ދޭންޖެހޭ ފައިސާތަކެއް، ލިޔެކިއުންތައް ފޯޖްކޮށްގެން އެހެން ބައެއްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ލިޔެކިއުންތައް ފޯޖްކޮށްގެން، ފައިސާ ލިބެންވާ ފަރާތް ނޫން އެހެން ފަރާތްތަކަށް ފޮނުވި ފައިސާގެ ޖުމްލަ އަކީ 99،338.ރ އެވެ.
އެ ފައިސާ އަކީ ދުވާފަރު ކައުންސިލަށް ތަކެއްޗާއި ހިދުމަތް ދިން ބަޔަކަށް ދޭން ޖެހޭ ފައިސާ ކަަމަށް ވާއިރު، އެ ފައިސާ އެހެން އެކައުންޓްތަކަށް ޖަމާކުރުމުން، ތަކެއްޗާއި ހިދުމަތް ދިން ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ އޮޑިޓް ނިމުނު އިރު ވެސް އޮތީ ނުލިބި އެވެ.
ފައިސާ ލިބެންވާ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް، އޮޅުވާލައިގެން ދޫކުރި ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 35،520.ރ އެވެ. އަދި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޮޑިޓްކޮށް ނިމުނު އިރު ވެސް، 63،818.ރ އޮތީ ނުލިބި އެވެ.
އޭގެ އިތުރުން، މުދަލަށް އޯޑަރުކުރަން ހުއްދަދޭ އޮފިޝަލްގެ ސޮއި ފޯޖުކޮށްގެން 30،265.ރ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓުން އެނގުނެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މައްސަލަ އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ދުވާފަރު ކައުންސިލުން އޮޑިޓަށް މައުލޫމާތު ދީފައިވެ އެވެ.
ދުވާފަރު ކައުންސިލްގެ ބަޖެޓުން 2023 ވަނަ އަހަރު ހަރަދުކޮށްފައިވާ ގޮތް ބަލަން ކުރި އޮޑިޓަށް ފަހު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން އުސޫލާ ހިލާފަށް އެހެން ގިނަ ކަންތައްތަކެއް ވެސް އޮތީ ކޮށްފަ އެވެ. އެއްބަސްވުމެއް ނެތި ބިންތައް ކުއްޔަށް ދިނުން ވެސް އޭގެތެރޭގައި ހިމެނެ އެވެ.
ދުވާފަރު ކައުންސިލުން ހަމަ މިފަދަ ކަންތައްތަކެއް ހިންގިކަން 2022 ވަނަ އަހަރު ވެސް ފަޅާއެރި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭރު އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރަމުންނެވެ.
އެފަހަރު އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވީ އެކަމުގައި ކައުންސިލަރުންނަށް ދައުވާ ނުކޮށް، ނަސޭހަތުގެ އެއްބްސްވުމެއް ހަދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
05 October 2025
ބައްޔެއްތަ ތީކައުންސިލްތަކަށް ކުރިމަތިވެފައި އޮންނަ. ކައުންސިލުތައް އުވާލާކަށް ނުވޭތަ؟ ތިގޮތަށް ކައުންސިލުތައް ބާރުވެރި ނުވިއްޔާ ރަނގަޅީ. މަށަކީ މުއިއްޒުނަމަ ފުރަތަމަ ދުވަހުވެސް ތިކައުންސިލުތައް އުވާލާނީ. އަދި ކައުންސެލަރުންގެ ގޮތުގައި މަސައްކަތްކުރި އެއްވެސް މީހަކަށް ވަޒީފާއެއްވެސް ނުދޭނަން.
ކޮރަލް
04 October 2025
ކުޑަޔަސް ބޮޑަސް ހިޔާނާތް ވާނީ ހިޔާނާތަށެވެ. މިލިބެނީ ބިދޭސީންނާއި ދިވެހީންނަށް ވެސް ދެވަނަ ފުރުސަތެވެ.
އެކޮއި
04 October 2025
މީ ކިހާވަރެއްގެ ޚިޔާނާތެއްތޯ ފުރަތަމަވެސް ސުވާލު އުފެދުނީ. ދެން ހިތަށްއެރީ ފަންސާހަކަށް މިލިޔަނުންމަތީގައޭ އުޅޭނީ. އެކަމަކު ޚަބަރު ކިޔާލުމުން މިއެނގުނީ މިހާރުގެ ސަރުކާރުގެ ސިޔާސީ މަޤާމެއްގެ ބޭފުޅަކު އެއްފަހަރު ދުފާލަން ގަންނަ ސުޕާރީ ޕެކެޓުވެސް އެބުނާ 99ހާހުން ނުގަނެވޭނެއޭ. ވަކިބަޔަކު ކުރީމާ އެކަން އިންތިހާއަށް ބޮޑުކަމަކަށްވާއިރު އަނެއްބަޔަކު މުޅި ދައުލަތުން ފެންވަރަމުންދާއިރު އެއީ އެއްވެސް ކަމަކަށްނުވޭ. މިވެސް އިންސާފެއްބާ؟
ޑރ ވާންޗޯ
04 October 2025
ކުރިންވެސް ހެދިގޮތައް 50. 50. ހަދާލާފަ ދޫކޮއްލާ.
ވަޗަ×ަކޖ
04 October 2025
މިހާރު ޚިޔަނާތަކީ އާދައިކަމަކަަށް ހަދައިފި.އަދަބު ނުދީ ބައިތިއްބާ ކައުންސިލްތައް. އޭރަށް ތިހެން އޮޑިޓު ރިޕޯޓު ނެރެލަ ނެރެލަތިބީމަވީ
އަފުން
04 October 2025
ދުވާފަރު ހިޔާނާތުގެ އެންމެން ދޫކޮށްލީ އިބޫ ސޯލިހުގެ ވެރިކަމުގައި، އެއީވެސް ޒީރޯ ޓޮލަރެންސްގެދަށުން.
ވަގު ޕޮއިންޓް
04 October 2025
ދުވާފަރު މީހުން ފްލެޓްވެސް ހޯދަނީ ދޮގު ހަދައިގެން، އެކަމަކު ޔުމްނާގެ އެކްޓިން ކިހާ މޮޅު، އެއީ އެކްޓިވިސްޓެއް
އަބްޑޫޅް +
04 October 2025
މިހާރު އެއްކަލަ ދުވާފަރު ދަންޑެހެލު ކޮބައިތަ؟
ޑައްތް
04 October 2025
އެސޮރު ވަރަށް ޒަމާންވެއްޖެ ޚަބަރެއް ނުވާތާ. ފޭސްބުކްގަވެސް މިހާރު އެކްޓިވް ނޫންތާ ދުވަސްތަކެއް ވެއްޖެ.
ޙހހހހ
04 October 2025
ދުވާފަރަކީ 2004 ގެ ކުރިން މީހުން ދިރިއުޅޭ ރަށެއްވެސްނޫން. ސުނާމީއަޡް ފަހު ގެދޮރު ނެތް ބަޔަކަށް ހިލޭ ދީފަ އޮތް ދައުލަތުގެ ބިމެއް. ދުވާފަރު ކައުންދިލުން އަތުލާ
ޙައިރާންވޭ ހަމަ
04 October 2025
“ ސުނާމީއަޡް ފަހު ގެދޮރު ނެތް ބަޔަކަށް ހިލޭ ދީފަ އޮތް ދައުލަތުގެ ބިމެއް” ޕަބްލިކް ޕްލެޓްފޯމްތަކުގަ ތިހެން ކޮމެންޓްކުރާއިރު ތިމާއަށް ކަމުގެ ހަގީގަތް އިނގެނީ ކިހާވަރަކަށް މީ އަމިއްލަ ނަޕްސާ ކޮށްލުން ވަރަށް ރަނގަޅު ސުވާލެއް.
ކޮރަލް
03 October 2025
މުސާރަ ނަގައިގެން އެލްޖީއޭ އޮތުމުގެ ބޭނުމެއް ނެތެވެ. . ކުޑަ މިނުން އަނގައިން ނުބުނެ އެވެ .