އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން، ޝީލްޑް ހިފައިގެން ތިބި ފުލުހުންނާ ވާހަކަ ދައްކަނީ: ފުލުހުން ބުނީ މުޒާހަރާ ހުއްޓުވަން ހުރިހާ ބާރެއް ބޭނުންކުރީ ގަވާއިދުގެ ތެރެއިން ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
04 އޮކްޓޯބަރ 2025 - 18:58
އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކުރީ ގަވާއިދުތަކުން ފުލުހުންނަށް ހުއްދަ ބާރުތައް ބޭނުންކޮށްގެން ކަމަށް ބުނެ، ތުހުމަތުތަކަށް ފުލުހުން ރައްދު ދީފި އެވެ.
ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައި ވާއިރު އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ. އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.
"... އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަންޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެފައިވާތީ ކަމަށެވެ. މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަސޭހަތްދީ އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލީ ކަމަށް ބަޔާނުގައިވެ އެވެ.
"... ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލައިލުމާއި ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުން ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވެ އެވެ،" ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ހުއްޓުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި ސިފަ ގެއްލިފައިވުމާއި ހުއްދަ ނޫން ތަނަކަށް އެއްވާން މަސައްކަތްކުރުމުންނެވެ.
ފުލުހުން ބުނީ "... ގާނޫނު ނެގެހެއްޓުމުގެ ގޮތުން މި ހިދުމަތުގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށް ފަހު އެއް އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކު ކޮށްފައިވާނެ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިންތިކި ރާޖާ
05 October 2025
ފުލުހުން ބޭނުްންކުރާ ހަތިޔާރުތަކަށް އެ ބޭނުންކުރާނެ ގޮތާއި ހާލަތްތައް އެނގޭ ގޮތައް ކޮންމެ ހަތިޔާރަަކަށް ވަކިން އުސޫލެއް ހެދިފައި އޮންނާނެ. ފުލުހުންކުރެ އައްސަވައި ތި ހަތިޔާރު ބޭނުންކުރަން އުސޫލެއް ހަދާފައި އެބައޮތްތޯ. ނެތްކަމުގައި ވާނަމަ އެއީ ކުށެއް.
އާފް
05 October 2025
އެމްޑީޕީ އަކީ ވަބާއެއް
ޔޯރޯސިޓީ
05 October 2025
ޢޯކޭ މައްސަލައެއް ނެތް.ދެން އަހަރެންގެ ސުވާލަކީ ކީއްވެޙޭ މިގޮތަށް މި ވެޕަން ރާއްޖޭގެ ވެރިކަންކުރި އެހެން ރައީސުން ބޭނުން ނުކުރީ. ކޮންމެ ގޮތެއް ވިޔަސް ގައުމުގެ މިސްރާބު މިހާރު މިހުރީ1980ގެ ކުރިއަށް.ކޮންމެބަޔަކުވެސް ވެރިކަމަށް އައިސް މިކުރަނީ ވެރިކަން ދިފާއުކުރުމުގެ މަސައްކަތް.ޢެކަމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަން ޢާއްމުވަނީ. ޢެއްބަޔަކަށްވުރެ ގިނައިން އަނެއްބަޔަކު މިކުރަނީ ވެރިކަން ލިބުނީމާ.ޥެރިންގެ ވިސްނުން ބަދަލުކޮށް ހެޔޮވެރިކަމެއް ކުރަންވެއްޖެ
އެހެން
05 October 2025
އެމްޑީޕީ ގައި ހަމައިންނައްޓާފައި ތިބޭ އެކްޓިވިސްޓުންނަށް ހީވާކަހަލަ ފުލުހުންނަކީ ދުޝްމަނުންނޭ، އެވެސް ދިވެއްސެއްގެ ދަރިއެއް. ފުލުހުންގެ މަޤްސަދަކީ އަމަންއަމާންކަން ރައްކާތެރި ކުރުން، އެކަން ވިޔަނުދީ ހަލަބޮލިކޮށް އަނިޔާވެރިކަން އިސްކުރީމާ އެކަން ހުއްޓުވާނެ. އެވަރު ނުދަންނަ ބުއްދިއެއް ފިކުރެއް ނުކުރާ ބަޔެއްގެ ފަހަތުންތޯ ޤައުމު ދާންވީ؟
އެނަލިސްޓްް
05 October 2025
އެރޭ އެމްޑީޕީ މުޒާހަރާ ކުރީ އާންމުން ކައްކުވަން، ހަމައިންނައްޓުވާ ރުޅިވެރިކަން އިތުރު ކުރަން. ކަން ނިމިގެން ދިޔަގޮތް އެއޮތީ ފެންނަން. ޕޮލިހުންނެއް އެފަދަ ހާލަތަކާއި ކުރިމަތި ނުލާނެ ޖޫސްޕެޓީ ހިފައިގެނެއް. މުޒާހަރާ ކުރުމާއި ސުލްހަވެރިކަމާއި އެކު ޝުޢޫރުފާޅުކުރުމަކީ ދެކަމެއް.
ސީޒަންޖެކުހަން
05 October 2025
ފުލުހުން ލައްވާ ރައްޔިތުންނަށް އަނިޔާކުރުވީ މިސަރުކާރުގެ ވައްކަން ފޮރުވާ މިދިޔަ ދެއަހަރުގައި ފާސްކުރި ބަޖެޓުންވެސް ވައްކަން ކުރިއިރު ރައްޔތުންނަަށްވީ އެއްވެސް ފައިދައެއް ނެތްތާގައި ދައުލަތް ބަނގުރޫޓް ކުރުމުން އެވާހަކަ ދައްކާތީވެ، ވެރިކަން ވެެއްޓި ވައްކަން ކުރުމުގެ ފުރުސަތު ގެއްލިދާނެތީ އެކަމާ ބިރުންނެވެ. މިސަރުކާރު އައިފަހުން ވައްކަން 10 ގުނަވެ ޑޮލަރު އަގު 20 ގައި ހުންނަތާ 8 މަސްވީއެވެ. އަދިވެސް ކިޔާ ކުރީސަރުކާރޭ!!!
ނުބައްދަލީ
05 October 2025
ގާނޫނު ގާނޫނު މިހެން ކިތަންމެ ފަހަރަކުވެސް ލިޔެވިދާނެ. އެކަމު ކުރަންޖެހޭ ކަމެއް ނުކޮށް، ނުކުރާކަމެއް ކުރި ކަމަކަށް ނުހެދޭނޭ ދޯ.
އޯކޭ.
05 October 2025
އިޒްރޭލުންވެސް ބުނަނީ ހަމަ ތިހެން!
އަފްރާސިޔާބު
05 October 2025
ޢިސްރާއީލުން ބޭނުންކުރާ މިސައިލަކީވެސް އެމީހުންގެ ދުޝްމަނުންނާ ދެކޮޅަށް އެމީހުންގެ ގާނޫނުގައި ހުއްދަ ކޮށްފައިވާ ހަތިޔާރަކަށްވާތީ އެމީހުން އެހަތިޔާރު ބޭނުންކުރަނީ. އެމީހުންގެ ގާނޫނުގައި ވަކިހާލަތެއް މެދުވެރިނުވަނީސް ނިއުކްލިއަރ ބޭނުން ކިރުމަކީ މަނާކަމަކަށްވާތީ އެމީހުން އެބޭނުމެއް ނުކުރޭ. އެމީހުން ވަރަށް އާދައިގެ ހަތިޔާރު އެމީހުންނާ އިދިކޮޅަށް އެގާނޫނުގައި ބުނާ ޓެރަރިސްޓް ހަރަކާތްތައް ހިންގާމީހުންނާ ދެކޮޅަށް ބޭނުންކުރަނީ.
ޒަމްބެ
05 October 2025
އަހަންނަކީވެސް އެމް.ޑީ.ޕީ ގެ އާންމު މެންބަރެއް. މަޖީދީ މަގަށް ދިމާކުރަން ފަހުވަގުތު ޕްލޭން ބަދަލުވީ ކީއްވެކަމެއް ނޭނގޭ، އެކަމަކު ހީވަނީ ޕްރެޝަރު ބޮޑު ކޮށްލަންހެން. ޙުއްދަ އޮތް ރޫޓުން ދިޔަނަމަ ފަހަރެއްގައި މިހެން ނުވީސް.
ދޮގުބެ
05 October 2025
ޔަގީނާ ގާތަށް ބުނަން ކެރޭ ތީ ޕީއެންސީގެ މެމްބަރެއްކަން. އެއްވެސް އިރެއްގަ މުޒާހަރާ ތަކަކީ ސަރުކާރުން ބޭނުންވާ ގޮތަށް ކުރާ އެއްޗެއް ނޫން. ހުއްދަ އޮތް ރޫޓޭ ބުނާއިރު، އެ ރޫޓަކީ ކޮބައިކަމެއް ވެސް އެއްވެސް ބަޔަކަށް ސާފެއް ނުވި. މުޒާހަރާ ކުރާކަށް ސަރުކާރުން ބޭނުމެއް ވެސް ނުވާނެ. އަމުދުން މި ސަރުކާރަކަށް ހަޖަމެއް ވެސް ނުވާނެ. ހިޔާލު ފާޅު ކުރުމާ، އިދިކޮޅު ފިކުރު ގެންގުޅުމާ ސަރުކާރަށް ފާޑުކިޔުން މީ ޕީއެންސީ ފިކުރުގެ މީހުން ދަންނަ ކަމެއް ނޫން.
އ އަހްމަދު
04 October 2025
ފުލުހުންރޭ ބޭނުންކުރަމުންދިޔަ އެލާމްގެއަޑުގެސަބަބުން ގިނަބައެއްގެކަންފަތައް އަނިޔާލިބުނުކަމަށް ގިނަބަޔަކު ބުނޭ
.ޢަލީ ބުނީ
05 October 2025
ސަރުކާރުން ހިލޭ ބޭސްފަރުވާ ކޮއްދޭ. ޢެހެންވީމާ އެއީ މައްސަލައެއްކަމަކައް ބަލައެއް ނުގަނެވޭ.
ދޮގު ޕޮލިސް
04 October 2025
ކަނޑައެޅިގެން ދޮގެއް