މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ދަރިވަރަކު ހަނދާނީ ފިލާ އަރުވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
05 އޮކްޓޯބަރ 2025 - 08:44
ހުރިހާ ޓީޗަރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ވިދާޅުވީ، "ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން އަރުވާ" ކަމަށެވެ.
"މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެ އާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް،" ދުވަހުގެ ތަހުނިޔާ ޓީޗަރުންނަށް ދަންނަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ގައުމީ ދިދަ މާދަމާ އުފުލާނެ އަޒުމް ވަރުގަދަ އަދި ހިތްވަރު ހުރި މޮޅެތި ކުދިން މިއަދު ތިބީ ސްކޫލްތަކުގަ އެވެ. ދިވެހިން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ވާނީ ޓީޗަރުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރި ކަމަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް މިއަދު ހިންގަން ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
05 October 2025
ހަމަ މައުމޫނު ޒައާމަތުގައިވެސް ތިހެންވާހަކަ ދެއްކީ
ބޮޑުބެގެ ބެއްޔާ
05 October 2025
ކުރަން ބޭނުންވާ ކަންތައް ލަހެއްފަހެއްނުވެ ކުރަމުން ގެންދެއެވެ. ކުރަން ބޭނުންނުވާ ކަންކަމުގައި ސުރުހީ އަޅަމުން ގެންދެއެވެ. އަލިފުހާ.
އަބުދުލް ޤާދިރު
05 October 2025
ޕޭ ފުރޭމްގެ ދަށުން ޓީޗަރުންނަށް މުސާރަ ބޮޑުވި، ކަމަށް ވިޔަސް ، އެ ބޮޑުވި މުސާރަ އަހަރަކު ލިބެނީ އެންމެ 3 މަހު. މިކަން އިސްލާހް ވާން ޖެހޭކަމަށް ދެކެން. މިޑްޓާމް ބުރޭކު ފަދަ ބަންދުތަކަކީ ޓީޗަރުން ބޭނުންވެގެން ނަގާ ބަންދެއްނޫން. ޓީޗަރުން ބޭނުން ނުވާ ބަންދެއްގަ ހާޒިރު ނުވިޔޭ ބުނެ ލިބޭ މުސާރައިން ބައެއް އުނިކުރުމަކީ އިންސާފެއް ނޫން. ޓީޗަރުންނަށް ދޭން ސަރުކާރުން ކަނޑައަޅާފައިވާ ހައްޤުން ބައެއް އުނިކޮށްލަނީ.
ރާޑޯބޭ
05 October 2025
ނުވިތާކަށް ޓީޗަރުންގެ އަހަރީ ޗުއްޓީ އޮންނަނި ބޭނުންވިޔަސް ނުވިޔަސް މިމީހުން ބޭނުން ދުވަހަކު ނަގަންޖެހޭ ގޮތަށް މަޖުބޫރުކޮށްފަ. މިދިޔަ މިޑްޓާރމް ބްރޭކަކީވެސް އަހަރީ ޗުއްޓީން ބަޔެކޭ ކިޔާއަޑުއެހިން. މިކަންކަން ހުންނަނި ސިއްރުވެސް ކޮށްފަ. ޓީޗަރުން ވާނުވާއަށްލައިފަ. މިފަދަ ކަންކަން އިސްލާހްކުރަން ގޮވާލަން.
ރިފާއުު
05 October 2025
އަބަދުވެސް ފެށުނީއްސުރެ ޓީޗަރުންނަށްޓަކާ ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވަނީ ރައީސް. ވަރަށް ބޮޑަށް ޝުކުރިއްޔާާ
އުލްފާާ
05 October 2025
ޝުކުރިއްޔާ. މިހާ ޓީޗަރުންނަށް ބައްލަވާ ރައީސެއް އަދި ނާދޭ.
އަންސޯރު
05 October 2025
ފުލުހުންނާއި ސިފައިންނަށް ދޭގޮތަށް ހެލްތް އިންޝުއަރެންސް އެވެސް 50% ކަވަރުވާ ގޮތަށް ދޭން ސްޓޭޓް މިނިސްޓަރަކު ހުށަހެޅީމަ އެކަމަށް މިހާރު އެޑިއުކޭޝަން މިނިސްޓާރު އިންކާރުކުރީ! ޓީޗަރުންނަަށް ލިބޭ މުސާރައިން އެކަންވާނެ ކަމަށް ބުނެފަ! ފުރަތަމަވެސް މި ރުންކުރު މިނިސްޓަރު މަގާމުން ވަކިކޮށްދޭންވި ޓީޗަރުންނަށް ރަނގަޅުގޮތެއް ހޯދަދޭން ބޭނުންކަމުގަވަނީ ނަމަ! މީނަ ހުރެގެން ޓީޗަރުންނަށް ރަނގަޅުގޮތެއް ވާނެކަމަށް ގަބޫލެއް ނުކުރެވޭ!
ށިޔުނާ
05 October 2025
ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްދިނީ އިބޫ ވެރިކަމުގަ. އެއްވެސް ބަޔަކަށް ކުރަން ނުކެރުނު ކަމެއް.
ވަންޗޫ
05 October 2025
ފާޑު ފާޑު ވާހަކަ ނުދައްކާ!! ފުރަތަމަ މުދައްރިސުންގެ މުސާރައިގެ ކުރިއެރުން ނުދީ ހިފަހައްޓައިގެން ތިތިބެނި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ގަންނަންތަ؟ އެތައްމަހެއްގެ މުސާރައިގެ ކުރިއެރުމުގެ ފައިސާ ހިފަހަށްޓައިގެން ހުރެގެން ކޮން ކުރިއެރުމެއް ހޯދަދޭވާހަކައެއްތޯ މަނިކުފާނު ތިވިދާޅުވަނީ؟ ޓީޗަރުންގެ ދުވަހު މަނިކުފާނު ކުރެން އާދޭހާއެކު މިދަންނަވަނީ ހިފަހައްޓައިފަވާ ޓީޗަރުންގެ މުސާރައިގެ ކުރިއެރުން ދޭން. އަދި، ނުދީހުރިފައިސާ އެއްކޮށްދޭން!
ޢިއްޒަތްތެރި ރައީސަށް
05 October 2025
އަޅުގަނޑުމެން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެއްވެސް އެލަވަންސެއްނޯވޭ. ރަށު މީހަކު ރަށުގައި ހުރެގެން ޕްރިންސިޕަލްކަން ކުރުމެކޭ ރަށުން ބޭރުން އެރަށަށް އައިސް ތަނެއް ކުއްޔަށް ހިފައިގެން ހުންނަ މީހެކޭ ހަމަ އެއްވަރު. މިއީ އެމްޑީޕީއިން މުސާރަ ބޮޑުކުރިއިރު ގެނެއްސާއޮތް ބަދަލެއް. މިއީ އެއްގޮތަކަށްވެސް އިންސާފެއްނޫން. މިހާރުގެ މިިސްޓަރަށްވެސް ދެންނެވިން ވިދާޅުވީ އިހަށްދުވަހުއޭ ޕޭފްރޭމްވޯކް ބަދަލުކުރީ. އެއަކުނެތޭ. ޕްލީސް ކޮންސިޑަރ ސަރ.
ވަންޗޫ
05 October 2025
ތިޔަބުނާ ޕްރިންސިޕަލުންނަށް މިހާރުވެސް މުސާރައިގެ ގޮތުގަ ލިބޭ 35000ރ ކުޑައީތަ؟ ސުކޫލަށް އިތުރުގަޑިގަ ނިކުތަސް ނުނިކުތަސް އިތުރުގަޑީގެ ގޮތުގަ ބޮޑު އަދަދެއްގެ ފައިސާ ކަނޑައަޅައިފަ އޮވޭ! ޙާޒިރުވާ ކޮންމެ ދުވަހަކަށް ލިބޭ 250ރ. މިވަރު ކުޑައީތަ؟
ޢޭންޖަލް
05 October 2025
ކުރިއަރުވަން ހޯއްދޭން ބޭނުންވަންޏާ ޕޭ ކޮމިޝަންގެ އުސޫލުގަ އޮތް ހާޒިރީ އެލަވަންސް ސްކޫލް ބަންދު ދުވަސްތަކުގައިވެސް ދޭނެ ގޮތެއް ހަމަޖައްސަދީ. ޗުއްޓީމަހު ވަރަށް ދަތި