ބިން ހިއްކުމުގެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެމްޓީސީސީން އެއްބަސްވުމުގައި ސޮއި ކުރަނީ --- ފޮޓޯ: އެމްޓީސީސީ
06 އޮކްޓޯބަރ 2025 - 11:39
އދ. ދަނގެތީ ބިން ހިއްކުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބެއްވި ބައްދަލުވުމުގައި، ބިން ހިއްމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބައި އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގޮސް ނިންމައިދެއްވާނެ ކަމަށެވެ.
ދަނގެތީ ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު އައިމިނަތު ޝިފާނީ ވިދާޅުވީ ހާހަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 21 އަހަރު ކުރިން ކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާ އެކު އަމިއްލަ ގޯއްޗެއްގެ ހުވަފެން ދެކެމުން އައި އެންމެންގެ އެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިން ހިއްކުމުގެ އެ މަޝްރޫއުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ވެސް ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 27.32 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ރަށުގެ މިހާރު ބޮޑުމިނަކީ ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތަކަށް ބަލާއިރު 24.2 ހެކްޓަރެވެ.
ބިން ހިއްކުމުގެ މަޝްރޫއު 279.92 މިލިއަން ރުފިޔާއަށް ހަވާލުކުރީ 570 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
06 October 2025
ދަނގެއްޗަށް ރަށުގެ ބިމަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފި، ހަމަ އެއްވެސް ޝަރުތަކާ ނުލާތަ!
ހަސީނާާ
06 October 2025
ކީއްކުރަންތޭ ދެމީހުނާ ފަޅި އުޅޭ ތަންތަނަށް މިލިޔަނުން ރުފިޔާ ބުރުއްސަނީ. އެއްފަސް ކުރަން ވަރުގަދަ ކެމްޕެއިނެއް ހިންގަބާލަ.
ކޮރަލް
06 October 2025
ކުޑަޔަސް ބޮޑަސް ހުރިހާ ކަމެއް ސަރުާކަރުންނެވެ. ބޮޑެތި މަހުޖަނުން ކަމެއް ނުކޮށްދޭ އިރު މަޖްލީހަށް ދެވަނަ އަދި ތިންވަނަ އަދި ހަތަރު ވަނަ ދައުރަކަށް ރައްޔިތުން މިހޮވަނީ ކީއްވެތޯ ސާވޭ ކޮށް ބަލަން އެބަ ޖެހެ އެވެ.
އަބްޑޫޅް +
06 October 2025
ޙޫމް. ދަނގެތީ މީހުން އުނބަށް ނުޖަހައިފިއްޔާ ރަނގަޅު ދޯވ؟
އަބްޑޫޅް +
06 October 2025
ޙޫމް. އަހުރެން ގޮވައްޗަކަށް، ނޫނީ ދެތިން ގޮވައްޗަށް އެދި ސިޓީ ވައްޓާލާނަން.
އަބްޑޫޅް +
06 October 2025
ދަނގެއްޗަކީ، ވެރިމީހާގެ ރަށްތަ؟
އޭނަ
06 October 2025
ތިރަށް ހިއްކަން މިލިޔަނުން ޙަރަދުކުރުމަށްވުރެ ރަގަޅުވާނީ ބިންބޮޑު ރަށަކަށް މީހުން ބަދަލުކުރުން. ކުދިކުދި ގިނަ ރަށްތަކެއްގަ މީހުން އާބާދުކޮށްގެން ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ. މިރަށްރަކުގެ ފަޅުގަ މޫދުކޮޓަރި އަޅައިގެން ޓޫރިޒަމް ފުޅާކުރެވިދާނެ.
ރައްިޔުތ
06 October 2025
ފުރަތަމަ ފޭސް 3 ހިއްކަބަލަ. ފޮނި ވާހަކަ ނުދައްކާ.
ޖާގަ
06 October 2025
ކޮބާ އެއްފަސް؟
ރާވެރިބެ
06 October 2025
ރާއްޖޭގެ އެކި ރަށްތަށް ހިއްކާ ބިން ބޮޑުކުރާ އިރު 3 ލައްކަ މީހުންނަށް ވުރެ ގިނަ މީހުންނަށް އުޅެވޭނެވަރު ރަށެއް ރަސްމާލެ ކިޔާފަ ހިއްކުމުގެ ބޭނުމަކީ ކޮބާބާ؟ އަދި ހުޅުމާލެ 3 ކާ، ގުޅިފަޅާ، ގިރާވަރުފަޅާ، އުތުރު ތިލަފަޅާ މިހުރިހާ ތެނެއްވެސް ހަމަ ހިއްކަނީ. މިހާރު ނޭގޭ ހަދަން އުޅޭ އެއްޗެއް. ރާއްޖެ އެންމެން މާލެ ސަރަހައްދަށް ޖަމާ ކުރަންނޫނީ މިވަގުތު ރަސްމާލެ ނުހިއްކާނެ.
އަބްޑޫޅް +
06 October 2025
ޙޫމް. ކަލޭމެން، މައް ބީރަށްޓެހީން އުޅެން ބޭނުމީ މާލޭ ތަރަހައްދުގަ ދޯވ؟