ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
07 އޮކްޓޯބަރ 2025 - 11:03
ރާއްޖޭގައި އާބާދީ އިތުރުވާ މިންވަރު ދަށްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އިނާޔަތެއް ދީގެން ނަމަވެސް އާބާދީ އިތުުރުކުރުމަކީ ސަރުކާރުން ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން 65 އަަހަރުވުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭން މަގުފަހިކުރަން ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ހަމީދު ވިދާޅުވީ އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށް ވުރެ އިތުރަށް ދަރިން ނުހޯދުމަކީ މިހާރު "ފެޝަނަކަށް ވެފައިވާ" ކަމަށެވެ. އެކަން ބަދަލުކުރަން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އިސްނަގައިގެން ވެސް ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދެ ކުދިންނަށް ވުރެ ގިނައިން ނޫނީ ތި ންކުދިންނަށް ވުރެ ގިނައިން ކުދިން ހޯދާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއް ދީގެން ނަމަވެސް، [އާބާދީ އިތުރުކުރަން ބާރު އެޅުމަކީ] މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި އަޅުގނޑު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.
މީގެ 40 ނުވަތަ 50 އަހަރު ފަހުން ރާއްޖޭގެ އާބާދީ އިތުރުވުން މައިނަސް ފިގާއަކަށް އަންނާނެ ކަމަށް ސާވޭތަކުން ދައްކާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ފިޔަވަޅު އަޅަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
ރާއްޖޭގައި ވިހާ ރޭޓް މަތި ނުވެއްޖެ ނަމަ މީގެ ގާތްގަނޑަކަށް 50 އަހަރު ފަހުން އޮންނާނީ މުސްކުޅި އާބާދީއެއް ކަމަށް ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ތަފާސްހިސާބުގައި ވެ އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގަ އެވެ. މާނައަކީ، ދަރިމައިވާ އުމުރުގައި އެވްރެޖުކޮށް ހަތް ކުދިންނަށް ވުރެ ގިނައިން ހޯދަ އެވެ. އޭގެ ތިރީހަކަށް އަހަރު ފަހުން 2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓަކީ 1.7 ކަމަށެވެ. މާނައަކީ ރާއްޖޭގައި މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ.
ވަހީދު ވިދާޅުވީ ރިއެމްޕްލޯއިމެންޓް ބިލަށް ވާހަކަ ދައްކާ އިރު ރާއްޖޭގެ އާބާދީގެ މައްސަލަ ސަމާލުކަމަށް ގެނައުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ދިވެހި ސަރުކާރަށާއި ދިވެހިރާއްޖޭގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަން ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އަދި އެހީތަކާ އިންސެންޓިވްތަކެއް ދީގެން ނަމަވެސް މިކަން ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް،" ހަމީދު ވިދާޅުވި އެވެ.
އުމުރުން 65 އަހަރުވުމުން ރިޓަޔާ ކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި މިހާރު އޮތް ބައި، ބަދަލުކޮށް، ރިޓަޔާ ކުރުން މީހުންގެ އިހްތިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި 2058 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް 28 ޕަސެންޓުން 18 ޕަސެންޓަށް ދަށްވާނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދިީ ފަސް ޕަސެންޓުން 40 ޕަސެންޓަށް އިތުރުވާނެ އެވެ. އެ ބަދަލު އަންނާނީ ދަރިމައިވުމުގެ ރޭޓް ދަށްވުމާ އެކު ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެގެން ކަމަށް ވެސް އެ ސާވޭއިން ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުވާނެ
25 October 2025
މިއުޅެނީ އެއްޗިހީގެ ހަރަދު ބޮޑުކަމުން، ކުލި ބޮޑުކަމުން އަމިއްލަ ހާލައިގެން ނޫޅެވިގެން ދެންކިހިނެތް ދަރިން ހޯދާނީ. މުސާރަ އެހާކުޑަ، ނުވާނެ މިކަމެއް.
އައްޔޫބޭ
09 October 2025
މަދުވެގެން 4 ދަރިން ހޯދާ ފަރާތްތަކަށް ވަގުތުން އެޕާރޓްމަންޓް ގެރެންޓީ ކުރުން މުހިިއްމު.
ވޯލް
08 October 2025
އިނާޔަތް ދީގެން ކިރާ ކަންކަމެއް ނޫން މީކީ. ރައްޔިތިންގެ ދިރިއުޅުން ޖުމްލަ ގޮތެއްގައި ކުރިއެރުވުއްޖެނަމަ އަމިއްލައަށް ދަރިން ހޯދާވަރު ގިނަ ވާނެ.
1828
07 October 2025
75 މެމްބަރުން، 04 އަނބިންނާއި ކައިވެނިކޮށްގެން 05 އަހަރުން، އަހަރަކަށް ދަރިއެއްގެ ރޭޓުން 05 އަހަރުން 1500ދަރިން އިތުރުކޮށްލެވޭނެ. ހުސައިން އެކަމާ އުޅެލަބަލަ.
1828
07 October 2025
ހުސައިން ހަމީދުމެންނަަށް ދިމްޔާތުން 50000ރގެ އެލަވަންސްއެއް ދޭކަމަށް ރަށުތެރޭގައި ކިޔާ. އެހެން ކަމަށްވާނަމަ 05 އަހަރުގެ ޓާމެއްގައި އިތުރު ފަސްދަރިން ހޯދަން އެންމެ އައުލާކަންބޮޑީ ޕީ.އެންސީގެ މަޖިލިސް މެމްބަރުންނެއް ނޫން ތޯ؟ ނުވަތަ 04 އަނބިންނާއި ކައިވެނިކޮށްގެން އަންބަކަށް ފަސް އަހަރުން 05 ދަރިން ހޯދަންވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނެއް ނޫން ތޯ؟ އޭރުން 05 އަހަރުން 20 ދަރިން އިތުރުވާނެއެއް ނޫން ތޯ؟
ލަވް އެޓް ފަސްޓް ސައިޓް
07 October 2025
އެންމެ ވަރިގިނަ ގައުމުގެ ރައްޔަތުން އިނދެގެން ހޭދަކުރާ ވަގުތައްވުރެ ރުޅިމޫނުގައި ކޯޓްގައި ހޭދަކުރާ ވަގުތުގިނަ. ސިންގަލް މަންމައަކަށް ރަގަޅަށް ދަރިން ނުބެލޭ، ބައްޕަ އެހީއެއްނުވޭ. ދަރިން ބޮޑުވަނީ ގޯސްކުއްޖެއް ގޮތުގައި. ފުރަތަމަ މިކަން ހައްލުކުރެވޭނެ އެކަޝޭނަ ނިޒަމެއް ގާއިމުކޮށްލަދީބަލަ.
ފިލިޕީނޯ
07 October 2025
ދިވެހި ފިރިހެނުން ތިކަހަލަ ޚިޔާލެއް ކުރާނެހެން ހީއެއްނުވޭ. އެމީހުން އުޅެނީ ސައިކަލް ފަހަތަދޮން ކުދިންއަރުވައިގެން. ޕިލިޕީންސްކުދިން ނުލާހިކު ދިވެހި ކުދިން ދެކެ ގަޔާވޭ. ނޫނީ ކޮންމެވެސް މަސާޖުޕާލާއެއްގައި. މިކަހަލަ ޝޯޓްކަޓްނެގެންއޮތްވައި ދަރިން ހޯދަން ވިސްނާނެތަ.
ސަޖޯ
09 October 2025
ފިލިޕީންސް ކުދިން މާހެޔޮވެފަ ފިރިމީހާގެ ބަސްއަހަޔޭ ހުޅަނގު ބަސް އަހައިގެން ދިވެހި އަންހެނުން ތިބެނީ ބާރުވެރިވެފަ ފިރިޔެއްނޫން އެމީހުން ބޭނުންވަމީ އަޅު ފިރިހެނެއް ބަންގާޅީން ދިވެހި އަންހެނުން މާދޯޅީ އެހެންވެ
އަސްލު ސަބަބު
07 October 2025
މުޖުތަމައުން މިހާރު ފެންނަނީ ފިރިހެނުން ސޮފްޓްވެ ޢަންހެނުން ބާރުވެރިވާތަން، އިންޑަޕެންޑެސް އަންހެނުން ގިނަވާތަން. ނަތީޖާއަކީ މުޖުތަމުއުގައި އޮންނަންޖެހޭ ގުދުރަތީ ބެލެސް ކައްސާލާގެން ދިޔުން. ދިރިއުޅުމުގައި އެންމެ އިސްމީހާގެ ގޮތުގައި ފިރިހެން މީހާ ވީ ވުންނެތިގެންގޮސް މުޖުތަމައުއަށް ބޭނުންނުހިފޭނެ އާބާދީ ބޮޑުވެގެން ދިޔުން. މޮޅުކޮށްލަން ނޫނީ ހައްގުތަށް ދިނުމުގެ ނަމުގައި ގުދުރަތީ ނިޒާމު ފުޑާލުން ( ނުނިމޭ )
ނަގިއްޔާ
07 October 2025
ޗައިނާކަހަލަ ގައުމެއްގައި ކުދިން ހޯދައިގެން އިނާޔަތް ލިބުނަސް އަހަރުމެން ގައުމަކު އަދި ތިހެންބުނާ ބުނުމަކަށް މާބޮޑު ޕްލޭނެއްނެތި އަނބިމީހާ ހުރިތަނަކުން ހޯދައިގެން ކުދިން ހޯދަން ނުއުޅެވޭނެ. މިހާރުވެސް މިއުޅެނީ މަގުމަތީ ނުހިގިގެން. އިތުރު 10 ބާރާ ހުޅުމާލެ ހަދާފައި ބުނޭ ދެން ދުވެފައި ގެއަށް ދާށޭ. އޭރުން މަނުފެންނާނެ. ރާސް ޓަސް.
އަޅި އަލީ
07 October 2025
ވަންނާނެ ގޮދޮރު ދައްކަވާ ފުރަތަމަ! މިހާރތުވެސް އަބިންނާއި ދަރިން ގޮވައިގެން ވަންނާނެ ގެއެއް ނެތިގެން މިއާ ގަނަނ ތެޅެނީ!