ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
07 އޮކްޓޯބަރ 2025 - 14:13
ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިއްބާ ޕްރެޒެންޓަރު ނާފިއު ރަޝީދާއި އިތުރު ބަޔަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ނަހަމަ ގޮތުގައި ކުޑަކުދިންތަކެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި ހަތަރު މީހަކު މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ވ. ރަކީދޫ، ސިލްވަސްޓާ، ނާފިއު، 39، އަކީ ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ވީޓީވީގައި ވެސް ކުރިން މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ. އޭނާ ވަނީ ކުޅިވަރާއި އެހެން ދާއިރާތަކުގެ އިވެންޓުތައް ވެސް ހޮސްޓުކޮށްދީފަ އެވެ.
އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރީ މ. އެތުމާ، އަލީ އަޝްރަފް، 35، އާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދު، 33، އަދި ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު، 41، އެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހުގަ އެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް އެތަނުން ފެނިފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ތަހުގީގުކުރަމުން އަންނަ އެ މައްސަލާގައި ތުހުމަތުކުރެވޭ އެ ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
09 October 2025
ހުރިހާ ޕްރެޒެންޓަރުންނަށް މިވަނީ ކިހިނެއް؟؟؟؟
ވޯލް
08 October 2025
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު އިވޭ، އެކަމަކު ހައްޔަރުކިރި މީހުންގެ ބަންދަށް 3 ދުވަސް. އެންމެގެ ތެރޭގައި ލަިއވް މީޑިއާގައި ދެއްކި މިޒާހަރާގައި ހައްޔަރު ކުރި މީހުންގެ މުއްފަތު 30 ދުވަސް ޖަހާ.
މީމީ
07 October 2025
ޑްރަގަށް ޕޮޒިޓިވް ވެގެން ބަންދު ކުރީ ހަފްތާ އެއް ފަހުން ނަފްސާނީ ބައްޔަށް ޕޮޒިޓިވް ވެގެން ދޫކޮށްލާނެ ނޯ ވޮރީސް. ޤައުމު އަމާން އޮމާން ކަމާއި އެކު މެކްހަށް ޖަހާފަ.
ރަދީފްއޮފިޝަލް /
07 October 2025
ނާފިއު އެއީ ބޮޑު ފޫއްސެއް.
ހހހހ
07 October 2025
ކުރިއަށް ކޮން ޕްރެޒެންޓަރެއް އޮތީ؟.. މީ ޕްރެޒެންޓަރ މޫސުން..
ޑީކޮމްޕްރެސަރު
07 October 2025
މާދަމާ ކޮންމެވެސް ނޫހެއްގައި ލިޔާނެ. އެއީ ނަފުސާނީ ކުއްޖެއް ކަމަށް. އަނެއް ނޫހެއްގައި ލިޔާނެ ސާބިތުވެ ކޯޓުން ހުކުމް ނުރަނީސް އޭނާގެ ނަން ލިޔެ އަގު ވައްޓައިލީ ކަމަށް.
ޅަސޮރު
07 October 2025
ދެ މީހަކު ވަގަށް 4 އަނބު ބިނދެގެން ބަންދުގެ މުއްދަތު ޖެހީ 7 ދުވަހަށް. ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކޮށް މަސްތުވީމާ ބަންދުގެ މުއްދަތު މިޖެހީ 3 ދުވަހަށް. ސަޅި ނޫންތޯ.
އަދުލުއިންސާފު
07 October 2025
އަދުލުއިންސާފު އަޑުއިވިފައި އިބިލީސްވެސް މިރާއްޖެއަށް ނާންނާނެ ! އެހާވެސް އަދުލުވެރި ! ޝަރުއީ އަދި ޤާނޫނީ ހަމަތަކުން މަނާ މަސްތުވާތަކެތި ބޭނުންކޮށް ކުޑަކުދިން ނަހަމަގޮތުގައި ބޭނުންހިފުމުން ބަންދަށް 3 ދުވަސް ! ޤާނޫނުން ލިބިދޭ އިހުތިޖާޖު ކުރުމުން ބަންދަށް 15 ދުވަސް މިވަރުވީމަ ބޮލެއްނޫން ދެލޯވެސް ދެކަންފަތްވެސް ސިކުނޑިވެސް ހަލާކުވާނެ ! މަވާސަލާމް ވޯޓު ދެވުނަތީ ހިތާމަކުރަން !
ވެންގަބޯ
07 October 2025
މީކިހާ ދެރަކަމެއް މަނާ އެއްޗެހިތައް އެތެރެ ކުރެވެނީ ކީއްވެގެން. ބާ.؟ ހަތިޔާރު ބަޑި ބަޑިބޭސް ފަޓާސް ކަނޑި ވަޒަން މިސާމާނުތައް އެތެރެ ނުކުރެވޭ އިރު މަސްތުވާތަކެތި އެތެރެކުރެވެނީ ކީއްވެބާއޭ ހަތިޔާރު އެތެރެ ނުކުރެވޭ ގޮތައް މަސްތުވާތަކެތި އެތެރެ ކުރެވިގެން ނުވާނެއެވެ ބަޔަކު އިހުމާލު ވާތީ އެތެރެކުރެވޭނީ އެކަހަލަ އަމަލުތައް ހިންގާމީބުން ހޯދާ ބޮޑެތި އަދަބުތައް ދިނުމަށް ގޮވާލަން ހަތިޔާރު އެތެރެ ނުކުރޭވޭހިދު މަސްތުވާތަކެތި އެތެރެވެގެން ނުވާނެއެވެ
ސޭޑް
07 October 2025
ވެންގަބޯ ބޮލީވުޑް ފިލްމް ނުބަލަންތަ. މަސްތުވާތަކެތި އެތެރެވަނީ ބޮޑުންގެ ބަޔަކުގެ އަތެއް ވެސް ވާތީ. ޖީލް ހަލާކް ކޮށްފަ ލާރި ގަނޑު ކާލަ ކާލާ ތިބޭނީ.
ހޮޓްކިންގ
07 October 2025
އެވަރުގެ ތުއްތުކުޑަކުދިން އުޅޭނެ ތާކުއުޅެން ދޫކޮށްފައި އެކުދިންގެ މައިންބަފައިން ކޮބާ؟ ކުދިންނަށް އަނިޔާވެސް ލިބިފައިވާކަމަށް އެވަނީ. ކިހާ ދެރަކަމެއްތަ.