ެއެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވި ބައެއް މީހުން..-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 އޮކްޓޯބަރ 2025 - 22:11
ފުލުހުން ދެންމެ ބުނީ، އެމްޑީޕީގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމައި މިރޭ ކާން ފަށާފައިވާ ކަމަށް. އެކަމަކު، އެ ކަމާ ގުޅޭ ތަފުސީލެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރޭ.
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ދޫނިދޫގައި މިހާރު ތިބި މީހުން ބަނޑުހައިހޫނުގެ ހަޅުތާލެއް ފަށައިފި އެވެ.
އެމްޑީޕީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރި ހަ މީހުން ހަޅުތާލު ކުރަނީ ފަރުވާ ހޯދުމުގައި ތަފާތުކުރުމާއި ފަރުވާ ހޯދަން ހުރަސްއެޅުން އަދި ތަހުގީގު ލަސްވުމުން ކަމަށެވެ.
އެ މުޒާހަރާއިން ޖުމްލަ 8 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ހިމެނިވަޑައިގަންނަވަ އެވެ.
އެ އެންމެންގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.
ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުން ބަންދުގައި ތިބި ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންދާތީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ. އަދި އޭގެ މައުލޫމާތު އެންއައިސީ އައި އެޗްއާރުސީއެމަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްލަމް ރަށީދު
08 October 2025
އެމްޑީޕީއިން ކޮންހާ ޑްރާމާއެއް ކުޅޭކަށް.
ޑރ ވާންޗޯ
08 October 2025
ފިހުނު ކުކުޅާ ކަރުދިގު ފުޅިއަކާ ދައްކާލީމަ ލުހިގެން އައީތޯއްޗެ!!!.
ނުވިސްނާ
08 October 2025
ފުލުހުންގެ ވާޖިބުގަ ހިމަނާލަބަލަ ގޭންގު ތައް މައިތިރި ކުރުމާ ޑުރަގު ވިޔަފާރި ކުރާ ބޮދުން ިފާ ހައްޔަރުކުރުން، މުޒާހަރާ ތައް ތިޔަހުއްޓުވާ ފޯރީގައި އެކަންވެސް ކޮއްލަބަލަ، އޭރުން ފިސާރި ތަރުހީބު ދޭނަނަން. މަސައްކަތައް ޅޮސް ކެއުމައް ދަނގަޑު.
މައި ދޯނި
08 October 2025
ފުޑް ކަހަލަ އެއްޗިހިތަ؟
ހަޅުތާލު
08 October 2025
މަގުމަތީގައިވެސް ގޭގައިވެސް ރަށުގައިވެސް ޖަލުގައިވެސް ތިޔަ މީހުން ކުރާނީ ހަޅުތާލު. ހަޅުތާލު ކިޔާ ބައްޔެއް ޖެހިފައި ތިތިބީ. އެ ބަލީގެ ބޭހަކީ ގިނަ ދުވަސްވަންދެން އަށިގޭގައި ބޭތިއްބުން.
އައްޔާަ
08 October 2025
ގައުމުގެ ހަމަޖެހުން ނަގާލަން މަސައކަތްކުރާ މީހުންނަށް ހައްގު އަދަބް ދޭންޖެހޭނެ. ސަރުކާރުގެ މައްސަލައެއް އޮތިއްޔާ 5 އަހަރުން އެއްފަަރު ރައްޔިތުންނަށް އޮންނާނެ ވޯޓުން އެ ސަރުކާރެއް ބަދަލުކުރުމުގެ ހައްގު. މަގުމައްޗަށް ނިކުމެ ސިފައިންނާއި ފުލުހުންނަށް ހަމަލަދީ މުޅިތަން ހަރާބުކުރަން އުޅޭ މީހުންނަށް ދެން މިގައުމުގަ ޖާގަ ދީގެން ނުވާނެ. ރައްޔިތުން ބޭނުމީ ސުލްހަވެރިކަމާއެކު، އޮންނަ ނިޒާމްގެ ތެރެއިން ކަންކަން ހައްލުކުރަން.
698ދަމް
08 October 2025
ވަގަހިފާ މެންނަކަށް ނުތިބެވޭނެ ނުކައެއް. ކޮންމެސް އެކައްޗެއް ކާނެ ބޭނުންވާނެ
ޑެބީ
08 October 2025
ކަމެއްނުވިއެއްނު. ޑެބީ ނިކަން ގެންދެބަލަ ހަންގާ ސްޓްރައިކް ކުރާ ގޮތް ދައްކާލާނަން.
ޙުސަ
08 October 2025
ފުލުހުންނަށް ހަމަލާދޭ އެކަކުވެސް ދެން ދުލެއްނުކުރާނަން! ހަމަ ހައްޔަރުކޮށް މައްސަލަ ތަހްގީގުކޮށް ކޯޓަށް ގެންގޮސް މުއްދަތުޖްހާ ދައުވާ އުފުލަން ޕީޖީ އޮފީހަށްވެސް މައްސަލަ ފޮނުވާނެ! ގާނޫނާ ޚިލާފުވީމަ ފިޔަވަޅު ނާޅާ ދޫކޮށްނުލާނެ! ފުލުހުންނަށް ސޯޝަލް މީޑިޔާގެ ބިރުދައްކާ އިންޒާރުދޭ މައްސަލަތައްވެސް ބަލާނަން!
ކެހެރިކަން
08 October 2025
ފުލުހުންނަަށް ހަމަލާދިނީމަ ތި އަރާ ފޯރި، އަމިއްލަ ޕާޓީ މީހުން ކުށްކުރީމާ ވެސް އަރާނަމަ ރަނގަޅު. އެހެންނުވަންޏާ ތީ ހަމަ ދެފުށްކެހެރިކަން
ހަވަރު
08 October 2025
މާބޮޑަށް ބަނޑުހައިވީމަ ކާންފެށީދޯ. މަނަމަ ހުންނާނީ ރޯދައަށް. ސަވާބު ކޮޅެއްވެސް ލިބޭނެ އެއްނު.