މިދިޔަ އަހަރު ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ: އިކޮނޮމިކް މިނިސްޓްރީން ވަނީ އިންވެސްޓްކުރުމުގެ އާ އުސޫލު ދިވެހިންނަށް ފަހިވާ ގޮތަށް އިސްލާހުކޮށް ޝާއިއުކޮށްފައި.
08 އޮކްޓޯބަރ 2025 - 20:27
ރާއްޖޭގެ އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން އިސްލާހު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސް މިއަދު ޝާއިއުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ޝާއިއުކުރި މި އެންޓްރީ ރިކުއަމަންޓްސްގައި ބުނެފައިވާ ގޮތުން، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިއާޔަތްކުރުމަށްފަހު އެވެ.
މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ހާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމެވެ. ސަރުކާރުން މިގެނައި ބަދަލާ އެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބީތުކޮށް، އިގްތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ އެވެ.
މޯލްޑިވްސް އެކްސްޕޯގައި ބައިވެރިކޮށްފައިވާ ދިވެހި އުފެއްދުމެއް މީހަކު ބަލާލަނީ: މި އެކްސްޕޯގައި 300 އަށް ވުރެ ގިނަ ފަރާތްތަށް ވަނީ ބައިވެރިވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުގެ ތެރޭގައި ދިވެހިންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތު ވެސް ހިމާޔަތްކޮށްދޭ އުސޫލުތަކެއް ވަނީ ހިމަނައިފަ އެވެ. މިގޮތުން، ދިވެހިންގެ ހުނަރާއި ގާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަގަވާ ބައެއް ދާއިރާތައް މިހާރު ވަނީ ދިވެހީންނަށް ހާއްސަކޮށްފަ އެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ވެސް ހިމެނެ އެވެ.
ހަމަ މިއާ އެކު، ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހިންނަށް ލިބޭނެ އެވެ.
މި އިސްލާގެ މުހިންމު އެއް މަގުސަދަކީ ދިވެހިންނަށް އިގްތިސާދީ މިނިވަންކަން ހޯދައިދިނުމެވެ. މިގޮތުން، ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ހޯދައިދިނުމުގެ އިތުރަށް، ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގެ އިގްތިސާދުގައި ދިވެހިން ބާރުވެރި ކުރުވުމަށެވެ.
ގައުމުގެ އިގްތިސާދީ ތަރައްގީގައި އެންމެންގެ ބައިވެރިވުން ވެސް ހިމެނުމަށް ހިތްވަރުދޭ މި ސިޔާސަތުތަކުގެ ސަބަބުން، އަލަށް މުރާޖައާ ކުރެވުނު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސްގެ ސަބަބުން، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށް ވެސް ގައުމުގެ ކުރިއެރުމުގެ ބައިވެރިވެ، އިގްތިސާދީ ފައިދާ ލިބިގަތުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
ރަށަކުން އުފައިދާފައިވާ ބައެއް ކާއެއްޗެހި ލިބެން ހުރި ސްޓޯލެއްގައި ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާހުކޮށްފައިވާ މި ގަވާއިދުތައް ތަންފީޒު ކުރަން ފެށުމާއެކު، އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، މި ހުޅުވުނު ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައިފަ އެވެ. އަދި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުން ދިވެހި ވިޔަފާރި ވެރިން ކުރިއަރައިގެން ދިއުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.
މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނައި ބަދަލުތަކެއް ނޫން ކަމަށާއި، މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޝްމަލް މުހައްމަދު
09 October 2025
މިކަން އެއްމެ ފަހުން ކުރާނެ ވެރިކަމެއް މިލިބުނީ. އަލްހަމްދުލިﷲ
ފައިނާން
09 October 2025
ދެން ދިވެހިންގެ ނަމުގައި ކުންފުނި ހަދައިގެން ބޭރުމީހުން ކުރާނީ. ހުރިހާ ފައިސާއެއްދާނީ ބޭރަށް. އެކަން ނުހުއްޓުވައި ދިވެހިންނަށް ލިބޭނެ މޮޅެއްނެތް.
ޓައިމްޓުނޯ
08 October 2025
ސާރކް ގައުމު ތަކުގެ ބިމުގެ ވެލިއު އަށް ބަލާއިރު އެންމެ ބިމުގެ އަގުބޮޑީ މާލެ ސަރަހައްދުގެ ބިމޭ މިހާރު ހުޅުމާލޭގެ ބިން ތަކުގެ އަގު އެ އުފުލުނު މިންވަރުން އެގިގެންދަނީ ވިލިމާލެ ބްރިޖް ނިމުމުން ގުޅީ ފަޅު ބިމުގެ އަގު ވެސް އުފުލޭނެ ކަމަށޭ ރާއްޖޭގައި އެންމެ ބޮޑު އަގުގައި ބިން ވިކޭނީ ރަސްމާލޭން ސަބަބަކީ ރަސްމާލެ އެއީ ޓޫރިސްޓް ކްރޮސްރޯޑް އެއްގެ މެެދުގައި ލޮކޭޓް ކުރެވިފައި އޮންނަ ތަނަކަށްވާތީއޭ މިކަމަށް ދިވެހި ސަރުކާރު ތައްޔާރުވާންވީ ދެން ރައްޔިތުން
ކުރިއަރާނެއޭ
08 October 2025
ހަމަައެކަނި ދިވެހިންނަށް ރާއްޖޭގެ ވިޔާފާރި ތައް ލިމިޓްކުރުން އެއީ ވިޔާފާރި އާއި އިގްތިސާދުގެ ސައެންސް އާއި ޚިލާފަށް ކުރެވޭ ކަމެކޭ ސައެންސް ނުބުނާ ގޮތަށް ކަންކަން ކުރިއަށް ނުދާނެއޭ ރާއްޖޭގައި އެއަރކޮންޑިޝަންސް ތައް އުފެއްދުމަކީ އެއީ ވެދާނެކަމެކޭ އެސްއީޒެޑް އެއް ހަދާ ދިވެހިންނާއި ބޭރުއޭސީ މެނުފެކްޗަރ ކުރާ ކުންފުނި ތަކާއި އެކު ޖޮއިންޓް ވެންޗަރ ހަދައިގެން މިކަން ކުރިއަރާނެއޭ ސަރުކާރުގެ ވިޝަން 360 ޑިގްރީ އަށް ބަދަލުކުރާށޭ 180 ޑިގްރީ އިން އެއިރުން
ޙަޑަ
08 October 2025
ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ކުރާ ވަގުވިޔަފާރިތައް ހުއްޓުވަބަލަ. އެކަމެއް އެއްވެސް ސަރުކާރަކަށް ނުކުރެވޭ. މިހާރު ކުދި ވިޔަފާރިތައް މިކަހަލަ ބިދޭސީބިޔަފާރިތަކާއިހެދި ފުޑިއްޖެ.
އޮންއިޓްސްވޭ
08 October 2025
ދުނިޔޭގެ ގައުމު ތައް އިންޑަސްޓްރިއަލައިޒްޑް ގައުމު ތަކަށް ބަދަލުވެގެން ދިޔައިރު އިނގިރޭސި ވިލާތް ފުރަތަމަ އެޖާގަ ހޯދީ އެއީ އިނގިރޭސި ވިލާތުގެ އަތުގައި ނެޗުރެލް ރިސޯރސެސް ހުރެގެން ނޫނޭ އެއީ އިންސާނާގެ ސިކުނޑީގެ ބޭނުންކޮށްގެންނޭ އެމެން އިނގިރޭސި ވިލާތް އިންޑަސްޓްރިއަލައިޒްޑް ގައުމަކަށް ބަދަލުކުރީ ހަމައެގޮތަށް ރާއްޖެ ވެސް އިންޑަސްޓްރިއަލައިޒްޑް ގައުމަކަށް ބަދަލުކުރެވޭނެ ކަމުގެ ކޮޅުމަތި ފެނޭ ފެންޕްލާންޓް ގިނައަދަދެއްގެ ބަޔަކު އުފައްދަން ފެށުމުން
ދާއިރާތަކޭ
08 October 2025
ރާއްޖޭގެ މިހާރު ބޮޑުވަމުން އަންނަ ޖީލަކީ އެއީ ފިރިހެންވަންތަ މަސައްކަތަށް ވުރެން ބޮޑަށް ތަންކޮޅެއް ބޮޑަށް ސޮފްޓް އަދި ސޮފްޓް ސައެންސް ސަބްޖެކްޓް ކިޔަވާ ޖީލަކަށްވާއިރު އެކަން ބަދަލު ކުރުން އެއީ ފުރަތަމަ އިސްކަން ދޭން ޖެހޭނެ ކަމަކީ އެގޮތުން ބަލާއިރު ރާއްޖޭގެ ރިސޯރޓް ތައް ބޭރުގެ އާރކިޓެކްޓަރސް އަދި އައިޑީން ޑިޒައިން ކުރިނަމަވެސް އެކްސްޓްރާ އޯޑިނަރީ ޑިޒައިން ފެކްޓަރސް ތައް ނުހުރޭ ހަމަދިވެހިން ހަދާ ޑިޒައިންތައް ޕްރެކްޓިކަލް ވަނީ މީ ކުރިއަރުވަން ޖެހޭނެ
ތަމެންދޯ
08 October 2025
ވިޔާފާރިވެރިންނަށް ދިމާވެފައި އޮތް ދައްޗަކީ ބޭރުމީހުން ރާއްޖޭގައި ހޯލްސޭލް ވިޔާފާރި ކުރުމެއް ނޫނޭ މައްސަލަ އަކަށްވެފައި އޮތީ މާލެ ސަރަހައްދުގައި ވިޔާފާރި ކުރުމަށް ބޭނުންވާ ބިންތައް ސަރުކާރުން ދިގުމުއްދަތަކަށް ކުޑަކުއްޔަށް ނުދިނުމޭ ތިލަފުށި ބިންތައް ވެސް އެހުންނަނީ ދީފައި ކޮންމެ އަހަރަކު އެއްބަސްވުން އާކުރާގޮތަށޭ މީ އިންވެސްޓަރުން މަރަންކުރާ ކަންކަމެއް ނޫންތޭ 100 އަހަރަށް ބިންތައް ދޭން ޖެހޭނީ މައިގަނޑުމައްސަލަ ހައްލު ނުކޮށް ވަށައިގެން އެނބުރެނީ
ކޮރަލް
08 October 2025
ތަންފީޒް.. ތަންފީޒް،، ތަންފީޒް އޭރުން ތިޔަ ކން ވެދާނެ އެވެ.