ފައެނާ އާއި އޭނާގެ ފިރިމީހާ އަޒްހާދު ރޭ ހައްޔަރު ކޮށްގެން ރޭ ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
08 އޮކްޓޯބަރ 2025 - 22:40
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗާ އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ހަވާލުވެފައި ވާތީ އާއި ފައެނާއާ އެ ތަކެއްޗާ ގުޅުވޭނެ އެހެން ގޮތެއް ފުލުހުންނަށް ބުނެދެވިފައި ނުވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފި އެވެ.
ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފައެނާ، 33، އަށް ޝަރުތުތަކެއް ކޮށް ބަންދުން ދޫކޮށްލާފައި ވާއިރު އޭނާގެ ފިރިމީހާ އަޒްހާދު، 36، ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
މަސްތުވާތަކެތި ގެންގުޅެ ވިއްކައި އެ ބޭނުންކުރާ ކަމަށް ދެމަފިރިންގެ މައްޗަށް ވެސް ތުހުމަތުކޮށްފައި ވާއިރު ފައެނާ ދޫކޮށްލި އަމުރުގައި ބުނެފައިވާ ގޮތުން ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނު ކަމާ މެދު އޭނާ އިއުތިރާޒެއް ނުކުރެ އެވެ. އެކަމަކު އެ ތަކެއްޗަކީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އެ ތަކެއްޗަށް ފިރިމީހާ ޒިންމާ ނަގާފައިވާ ކަމަށް ފައެނާގެ ދިފާއުން ބުންޏެވެ.
ފައެނާ އާއި އޭނާގެ ފިރިމީހާ އަޒްހާދު ރޭ ހައްޔަރު ކޮށްގެން ރޭ ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަމުރުގައިވާ ގޮތުން، ޑްރަގްސް ފެނުނީ އަލަމާރީގެ ވަތްގަނޑަކުންނެވެ. އެއީ ފިރިމީހާގެ އެއްޗެހި ރައްކާކުރާ ތަނެއް ކަމަށް ވަނީ ބުނެފަ އެވެ. ފައެނާ ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ނުވާ ކަމަށާއި މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓްގައި ވެސް ފައެނާއާ ގުޅިގެން އޭނާގެ ފިރިމީހާ ކުށުގެ އަމަލެއް ހިންގާ ކަމުގެ ވާހަކަ ނެތްކަން ފުލުހުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗަށް ފިރިމީހާ ޒިންމާ ނެގުމުން، އެ ނޫން ގޮތަކަށް އެކަން ސާބިތުކޮށްދީ، އެ ތަކެއްޗާ ފައެނާއާ ގުޅުވާލެވޭ ގޮތެއް ވެސް ފުލުހުން ބުނެފައި ނެތްކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ފައެނާގެ ފަރާތުން ވަނީ އޭނާ އަކީ ދެ ކުދިންގެ މަންމައެއް ކަމަށް ވެފައި ކުށުގެ ރެކޯޑެއް ވެސް ނެތުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ކޯޓުގައި ބުނެފަ އެވެ.
އަޒްހަދު 15 ދުވަހަށް ބަންދުކޮށް ނެރުނު އަމުރުގައިވާ ގޮތުން، އެޕާޓްމަންޓުން ފެނުނު ޑްރަގަކީ އޭނާ އެތަނުގައި ބެހެއްޓި އެއްޗެހި ކަމަށާއި އެ ތަނުގައި އެ ބެހެޓިތާ މާގިނަ ދުވަހެއް ނުވާ ކަމަށާއި އިތުރު މީހަކަށް ވެސް އެ ތަނުގައި ޑްރަގް ހުރިކަން ނޭނގޭނެ ކަމަށް ބުނެފައިވެ އެވެ. އޭނާ އަކީ ޑްރަގް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެއް ކަމަށް ނުބެލެވޭ ކަމަށް ދިފާއުން ކޯޓުގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ އެޕާޓުމަންޓުގެ މޭޒުމަތިން ފެނުނީ 33 ގްރާމްގެ ޑައިމޯފިން އެވެ. އެއީ ޑްރަގް ޓްރެފިކިން އަށް ފެތޭ މިންވަރު ކަމަށް ވާއިރު ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެނގިފައިވާ ގޮތުގައި، އެޕާޓްމަންޓް ފާސްކުރީ ފައެނާގެ ފިރިމީހާ ކެފޭއެއްގައި އިންދާ ހައްޔަރުކޮށް، އޭނާގެ ގޮވައިގެން އެޕާޓްމަންޓަށް ގޮހެވެ. އެޕާޓްމަންޓް ފާސްކުރީ މިދިޔަ މަހު ނަގާފައިވާ ކޯޓު އަމުރަކަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
09 October 2025
ފިރިމީހާ ޑްރަގާ ހަވާލުވިއަސް ސްޓޭޓް އެޓަރަނީ ފައެނާގެ އިތުބާރު މިގެއްލުނީ. މިފަދަ މުހިންމު ވަޒީފާއެއްގަ ހުއްޓާ މީހާގެ މުޅި ރެޕިއުޓޭޝަން ތި ދިޔައީ. ބޮޑަށް ރަގަޅުވާނީ އަމިއްލައަށް އިސްތިއުފާ ދީފަ އަމިއްލަ ކޮންމެވެސް ޕްރައިވެޓް ލޯ ފަރމްއަކާ ގުޅެން.
ރަނގަޅު
11 October 2025
ހައްޔަރުކުރީ ކުށުގެ މާހއުލިން ، ކުޑަކުދިން ވެސް ދިރިއުޅޭ މަހައުލެއް،
ފައިނާން
09 October 2025
ހާދަ ރުޅިއައިސް ބަލަހައްޓައިގެން އެހުރީ.
ފޫހި
09 October 2025
15 ދުވަސް ފަހުން ސުރުޚީ ތައް ކިޔާލާއިރު ފައެނާގެ ފިރިމީހާ ކޯޓުން ދޫކޮށްލައިފި. އެއީ އިޖްރާއަތު ފުރިހަމަ ނުވާތީއާއި، ޑްރަގް އޭނާގެ އެއްޗެއްކަން ސާބިތުނުވާތީ. މައްސަލަ ނިމުނީ. ކިހާފަސޭހަ. ލައިގެން ހުންނަ ބޮކްސާއިން ޑްރަގް ހޯދިއަސް ސާބިތު ނުވާގައުމެއްމީ.
ހޮޓްކިންގ
09 October 2025
މަށަށް މުހިއްމެއްނޫން ހަވާލުވި މީހެއްބަލާކަށް. ދެމަފަރިން ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުމުން ތިބުނާ ފައިނާއެއްގެ އިޚްލާސްތެރިކަމާއި ޞާލިހުކަން ހާމަވެއްޖެ. އެފަދަ މީހުން އޭޖީއޮފީހުގައި ތިބުމުން ރައްޔިތުންގެ ހިތަށްވާނެ އުނދަގޫ ވިސްނެންވާނެ
އިބުނު މަހުދީ
09 October 2025
އަހަރެން ގަބޫލެއް ނުކުރުަން ފުލުހުން ދައްކާވާހަކައެއް. އެއީ ވަރަށް ޖަރީމާ ހިންގާ ބައެއް.
ޕިސްޕިސް
09 October 2025
އަންހެންމީހާއަކީ 2 ކުދިންގެ މަންމައެކޭ ބުނަންޏާ 2 ފިރިހެންމީހާއަކީ 2ކުދިންގެ ބައްޕައެކޭ ނުބުނެވެންވީ ކީއްވެ
ޖެޖް
09 October 2025
ގައުމު އޮތް ހާލަތު މިއޮތީ ފެންނަން! މީނާ ރިޕޯޓް ނުކުރީ ޚީއްވެބާ؟ ކާމޭޒުމަތީގަ މެނޫއެއްހެން ޑްރަގް ގެންގުޅޭއިރު ގައިމު ހުންނާނީ ރޭކާލައިފަ ނޫންބާ؟
5822
09 October 2025
ހިޔެއް ނުވޭ ހުކުމެއް އަންނާނެ ހެނެއް. ދެން ވިސްނާލީމަ ވެސް އެނގޭނު. ތީގާ ފުލުހުން އަތުން ގޯހެއް ހެދިފަ އޮންނާނި. ނޫނީ ކޮންމެވެސް ހަމަނުޖެހޭ ކަމެއް އުޅޭނެ. ސޯ ސޭޑް.
ނޫން
09 October 2025
ޗެއިން އޮފް ކަސްޓަޑީން މިހާރުވެސް އެއްބޮޅުގަ ދަބަރުޖަހާފަ.. އަވަހަށް ދޫކުރޭ.
ކޮރަލް
09 October 2025
ދެން ހައްޔަރު ކުރި މީހާ ސަލާމަތް ވާން ނޫނީ ސަލާމަތް ކޮށް ދޭން އެހީ ވާނީ ކާކު..................
ތަފާސް ހިސާބު ވ. ތަފާތުހިސާބު
09 October 2025
ދެންވާނެ ގޮތަކީ ތި މައްސަލައެއް ނުވެއް ހިނގާނެ، ޒަމާންގަނޑެއް ކޮށްފައި ތިޔަ މީހާ ދޫކޮށްލާނީ އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި މައްސަލަ ހުށަހެޅުނު ފަހުން 5 އަހަރު ފާއިތުވެފައިވާތީއާއި، އޭނާގެ ބަލިހާލަތު ހުރި ގޮތުން މިވަގުތު މައްސަލަ ކުރިޔަށް ނުގެންދިޔުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށްވާތީ، މިއީ ރާއްޖޭގައި ބޮޑެތި މައްސަލަތަކުގައި ޖަހާ ސަކަރާތަކީ، ތަފާސް ހިސާބެއް ހަދައިފިއްޔާ މިކަން ވަރަށް ސާފުކޮށް ފެންނާނެ