ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރ 2025 - 11:38
މާލެ ކައިރިން ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް ހަމަނުޖެހި އުޅޭތާ 15 އަހަރު ފަހުން ސަރުކާރުން ތަނެއް ހަމަޖައްސައިދީފި އެވެ.
މި ސަރުކާރުން އެ ތަން ހަމަޖައްސައިދިނީ އެނބުދޫ ފަޅުގައި (ކްރޮސްރޯޑްސް) ގަ އެވެ.
އެ ކޭމްޕިން ސައިޓް މިއަދު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވާއިރު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް.---ފޮޓޯ: ރައީސް އޮފީސް
ކްރޮސްރޯޑްސްގައި ސްކޫލް ކުދިންގެ ކޭމްޕިން ގްރައުންޑް ހަދައި ދިނީ ކްރޮސްރޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. ޖުމުލަ ތިން ހެކްޓަރުގެ އެ ސަރަހައްދުގައި މިސްކިތަކާއި ފަސްޓް އެއިޑް ކޮޓަރިއަކާއި އެޑްމިން އޮފީހެއް އަދި ކޮޓަރިތައް ހުރެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުން ކޭމްޕް ކުރާނެ ތަނެއް މާލެ ސަރަހައްދުގައި ނެތި 15 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ. އެކަން އެހެން އޮތް އިރު ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިއްމު ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ފަނަރަ ވަރަކަށް އަހަރު ވެއްޖެ މަދަރުސާ ކުދިންގެ ކޭމްޕިން ގްރައުންޑް މާލެ ސަރަހައްދުން ދިޔަތާ. ފަނަރަ އަހަރަށް ފަހުގައި ދަރިވަރުންނަށް އެކިއެކި ހުނަރާއި ގާބިލިއްޔަތުތައް ދީ، އެ ކުދިންނަކީ އެއީ އެކިއެކި ހުނަރުތައް ލިބިފައިވާ ކުދިންގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޔުނިފޯމް ބޮޑީސް. ކެޑޭޓް، ސްކައުޓް އަދި ގާލްގައިޑް ހަރަކާތްތަކަކީ މުހިއްމު ހަރަކާތްތަކެއް ކަމަށް މަނިކުފާނު ގަބޫލުކުރައްވަނީ،" ރައީސް މުއިއްޒާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، ކޭމްޕިން ގްރައުންޑްގެ ގޮތުގައި މިއަދު ހުޅުވީ އެ ކަމަށް ވަރަށް އެކަށޭނަ ތަނެކެވެ. އަދި "ޔުނިފޯމް ބޮޑީސް" ގެ ހަރަކާތްތައް ކޭމްޕިން ގްރައުންޑާ އެކު، ފުރިހަމަ ވާނެ ކަމުގެ އުންމީދު އޭނާ އާ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކޭމްޕިން ސައިޓްގެ ބޭނުން ކުރާނީ ހަމަ އެކަނި ޔުނިފޯމް ބޮޑީސްގައި އުޅޭ ދަރިވަރުން އެކަނި ނޫން ކަމަށެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި ކޭމްޕިން ގްރައުންޑަކީ، މި ސައިޓަކީ ތައުލީމީ އެކިއެކި ހަރަކާތް ވެސް ހިންގާނެ ގްރައުންޑެއްގެ ގޮތުގައި އޮންނާނީ. އަބަދު ކެޑޭޓް، އަބަދު ސްކައުންޓް ނުވަތަ ގާލްގައިޑް ކޭމްޕްގައި ނުތިއްބަވާނެ،" އޭނާ ވިދާޅުވި އެވެ.
ކޭމްޕިމް ސައިޓް ބޭންކުރެވޭނެ އެހެން ކަންތައްތަކުގެ ތެރޭގައި ފިޝަރީޒް ސައިންސް ކިޔަވާ ދަރިވަރުން ފީލްޑް ޓްރިޕް ދިއުމާއި ތިމާވެށްޓާ ބެހޭ ގޮތުން ހިންގާ އެކިއެކި ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ހުޅުއްވައި ދެއްވާއިރު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް.---ފޮޓޯ: ރައީސް އޮފީސް
"އަދި ހަަމ އެއާ އެކުގައި ހަފުތާ ބަންދުގައި ބެލެނިވެރިން ދަރިވަރުންނާ އެކުގައި، އެ ބެލެނިވެރިން ދަރިވަރުންނަށް މާހައުލުން އުގަންނައިދޭން ބޭނުންވާ އެކިއެކި [ކަންކަމާ ގުޅޭ] އިވެންޓްތަކާއި އެކިއެކި ހަރަކާތްތަކަށް ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ މި ކޭމްޕިން ގްރައުންޑް އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލް ކުދިން ކޭމްޕްކުރަން މާލެ ސަރަހައްދުގައި އެންމެ ފަހުން އޮތް ގުުދުރަތީ ރަށަކީ ފޭދޫ ފިނޮޅެވެ. ނަމަވެސް އެ ރަށް މީގެ 8 ވަރަކަށް އަހަރުކުރިން ވަނީ ރިސޯޓެއް ހަދަން ދޫކޮށްދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެޑޭޓްކޭމްޕް
12 October 2025
ކުދިން ބިރުކަނޑުވާށޭ ކިޔާފަ ތި ކޭމްޕުތަކަށްގޮސް ހިންގާ މެންޓަލް އަދި ފިޒިކަލް އެބިއުޒް ހުއްޓުވަން ޖެހޭ. މިއީކީ އެމެރިކާއެއްނޫން!
ރިޔާޒާާ
12 October 2025
މިއީ ރައީސް މުއިއްޒު ކަންކަން ގާތުން ބައްލަވާވަރު މިފެންނަނީ. މިފަދަ ރައީސެއް އަހަރެމެންނަށް ލިބުނުކަމީ ނިއުމަތެއް.
އަންސަރްް
12 October 2025
ޝޫކުރިއްޔާ ރައީސް. ތިއީ ހަމަ އެއްވަނަ
ޖީހާންް
12 October 2025
އާހިރުގަ މިކަންވެސް ކުރަންމިޖެހެނީ ރައީސް މުއިއްޒު. ވިސްނަވާ 3 ދައުރު ފަހުން.
އަހްމަދު ނަސީރު
12 October 2025
އެއްމެ ފަހުން ޓީޗަރުންގެ އަަޑު އަހާނެ ސަރުކާރެއް ރައީސްއެއް އައިއްސި.
އާދިމް ހަލީމް
12 October 2025
މިދިޔަ އެއްވެސް ސަރުކާރަކަށް ނުވި ކަމެއް މިއީ. ޕޭރެންޓުންގެ ވަަރަށް ބޮޑު އެދުމެއް. ސްކޫލް ތަކުގެ ވަރަށް ބޮޑު އެދުމަކަށް މި ނިމުން އައީ.
އައިޒަމް
12 October 2025
ތައުލީމީ ދާއިރާ ކުރިއަރުން މިސަރުކާރުން ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވޭ.
ކުޑަގިރި
12 October 2025
ހެޔޮ ދުޢާ ސަލާމް. މާލެޔާ އެންމެ ކައިރީގައި އޮތް ދަތުރު/ކޭމްޕް ދާނެ ތަނަކީ އަދިވެސް ކުޑަގިރި. ކްރޮސް ރޯޑްސްގެ އަގު ބޮޑެތި ކެއުންތަކާއި ބުއިންތައް ބަނޑަށް މަރުވިޔަސް އެފޯރޑެއް ނުކުރެވޭނެ އަހަރެމެން ކަހަލަ ނިކަމެތީންނަކަށް. ބޮލަކަށް ކިހާވަރެއް ނަގާނެބާ؟
ބޮޑުގިރި
13 October 2025
ކުޑަގިރިއަށް ކޭންޕިންނަކީ ކޯންޗެއްކަން އިނގޭތަ؟ ކޭންޕުދަނީ ރިސޯޓުލައިފްގަ ހޮލިޑޭ ހަދަންކަމަށްތަ ތިހީކުރަނީ؟ ފަސްކުޅަނދު ހަމަނުވުމަކީ ދެރަވަރު ކަންކަން.
ކސައއއ
12 October 2025
ހިއްކި ތަނަކަން މަުރވެފައިވާ ފަޅެއްނޫން މމެންނަށް ހައްގީ. ފޭދޫފިނޮޅާ ކުަނޑަ ބަޑޮސް އަތުލާފައި ނޫނީ މަ ފަހުނޭވާ ނުލާނަން. އަދި އެ ދިން އެންމެންގެ މައްޗަށް ދައުވާވެސް ކުރާނަން. ވައްސަލާމް
ޚސކސކ
12 October 2025
15 އަހަރު ފަހުންދޯ ތިތަނަށް ދެވޭނީ؟