ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ މައްސަލަތަކާ އެކު ގުޅުން ދަނީ ގޯސްވަމުން.
11 އޮކްޓޯބަރ 2025 - 17:33
ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް މިހާރު ކަނޑައަޅާފައިވާ 30 ޕަސެންޓް ޓެރިފްގެ އިތުރުން 100 ޕަސެންޓް ނަގަން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވައިފި އެވެ.
ގައުމުތަކާ އެކު އެމެރިކާއިން ފަށާފައިވާ ވިޔަފާރީގެ ހަނގުރާމަ ނިންމެވުމާ އެކު އަލުން ވަރުގަދަވެފައި ވާއިރު ޓްރަމްޕު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވެސް ކެންސަލްކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕު އިއުލާނުކުރެއްވި ގޮތުގައި 100 ޕަސެންޓް ޓެރިފް ކަނޑައެޅުމާ އެކު "ކްރިޓިކަލް ސޮފްޓްވެއާ" ތައް ޗައިނާއަށް އެކްސްޕޯޓްކުރުން ވެސް އަންނަ މަހުން ފެށިގެން މަނާވާނެ އެވެ.
މިއީ ޗައިނާގެ, "ގަބޫލުުނުކުރެވޭ ވިޔާނުދާ އަމަލުތަކާ ގުޅިގެން" އެޅި ފިޔަވަޅެއް ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
މި ނިންމުން އިއުލާނުކުރުމާ އެކު ހިއްސާގެ ބާޒާރުތަކަށް ލޮޅުން އަރައި އަގުތައް ދަށަށް ދިޔަ އެވެ. ނާސްޑާކް 3.6 ޕަސެންޓް އަދި އެސް އެންޑް ޕީ 500 ވަނީ 2.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ޓްރަމްޕު ޗައިނާގެ މުދަލުން ޓެރިފް ބޮޑުކުރުމުގައި އުޒުރަކަށް ދައްކާ ކަންކަމުގެ ތެރޭގައި ސިންތެޓިކް ޑްރަގެއް ކަމަށްވާ ފެންޓަނީލްގެ ވިޔަފާރިއަށް އެހީވުމާއި އެމެރިކާއާ އެކު ވިޔަފާރިކުރުމުގައި ބޭއިންސާފު ސިޔާސަތުތައް ގެންގުޅުން ހިމެނެ އެވެ.
އެމެރިކާއިން ޓެރިފް ބޮޑުކުރުމުން ރައްދުގައި ޗައިނާއިން އަދި ކަނޑައަޅާފައިވަނީ 10 ޕަސެންޓުގެ ޓެރިފެވެ.
މިފަހަރު ޓެރިފް ބޮޑުކުރުމުގެ ކުރިން ޓްރަމްޕު ވަނީ, ބިމުން ނަގާ މިނެރަލްގެ ނާދިރު ބާވަތްތައް [ރެއާ އާތު މިނެރަލްސް] އެކްސްޕޯޓް ކުރުމުގައި ގެންގުޅޭ ކޮންޓްރޯލް ތަފްސީލްކޮށްދީ ޗައިނާއިން އެކި ގައުމުތަކަށް ސިޓީ ފޮނުވަމުންދާ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ސްމާޓްފޯން، އިލެކްޓްރިކް ވެހިކަލް، އަސްކަރީ ސާމާނު އަދި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީގައި "ރެއާ އާތު އެލެމެންޓްސް" ބޭނުންވެއެވެ. މި މެޓީރިއަލްތައް އުފެއްދުމާއި ޕްރޮސެސް ކުރުމުގައި ދުނިޔޭގެ އެންމެ ކުރީގައި މިވަގުތު އޮތީ ޗައިނާ އެވެ.
ޓްރަމްޕު ލިޔުއްވާފައިވާ ގޮތުގައި ޗައިނާއިން "ދުނިޔެ އަޅުވެތިކޮށްގެން ގެންގުޅެގެން ނުވާނެ އެވެ. އަދި މިކަމުގައި ޗައިނާގެ ސިޔާސަތު ވަރަށް ދެކޮޅުވެރި ކަމަށް ވިދާޅުވެފައިވެ އެވެ.
ދެކުުނު ކޮރެއާގައި ބާއްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގައި ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާއިރު ޓްރަމްޕު ވިދާޅުވީ އަދި އެ ބައްދަލުވުން ކެންސަލް ނުކުރައްވާ ކަމަށާއި އެކަމަކު ބައްދަލުވުން ބާއްވާނެ ކަމެއް މިހާރު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
11 October 2025
ޓުރަންޕުތިޖަހާސަކަރާތުން ހުރިހާގެއްލުމެއްވަނީ ހުދުއެމެރިކާއަށް، ހުރިހާވިޔަފާރިއެއްގާވެސް މުޅިދުނިޔެބުރަވަނީ ޗައިނާކޮޅަށް ޓުރަންޕު ތިޔަދަށްކާ ތާކުންތާކުނުޖެހޭ ދޮގު ބޭކާރުވާހަކަތަށް އަޑުއަހާނެމީހަކުނެއްއަސްލު، ދިމާލަށްނުބުނަނީ އެއްވެސްގައުމަކުންބޭނުމެއްނުވޭ މޮޔައަކު ކިޔާއެއްޗަކާވާހަކަދަށްކައިގެން ބޭކާރު މައްސަލަގަނޑެއްގެތެރެއަށް ވަންނާކަށްދޯ
އެޕަލް ކޫކް
11 October 2025
މަމެން ހެވޯ ޓެކްސް ނުދެއްކިއަކަސް
ކިމް
11 October 2025
ދުނިޔެ އަޅުވެތި ކޮށްގެން އުޅެނީ ކަލޭ ، ޝައިތާނު . އެމެރިކާ އަށް ހަލާކު ހުރި.
ޗެލީ
11 October 2025
ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުން އެއްކޮށް ހުއްޓާލަބަލަ. ޢޭރުން އެމެރިކާ އޮންނާނެ ވާނުވާގަ.
މަހަށްދޭދޭބަލަ
11 October 2025
ޓްރަމްޕް މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ...