ގަތަރުގެ ވަފުދު ދަތުރުކުރެއްވި ކާރު އެކްސިޑެންޓުވެފައި
12 އޮކްޓޯބަރ 2025 - 07:43
ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނައުމާ ގުޅޭ ގޮތުން މިސްރުގެ ޝަރްމުއް ޝެއިޚްގައި މާދަމާ ފަށާ ބައިނަލްއަގުވާމީ ސަމިޓަށް ވަޑައިގެންނެވި ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ ކަމަށް މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ގަތަރުގެ ވަފުދު ގޮވައިގެން ދިޔަ ކާރު ދެކުނު ސައިނާއީގައި އެކްސިޑެންޓުވުމުގެ ސަބަބުން އިތުރު ދެ ޑިޕްލޮމެޓަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ގާހިރާ ނިއުސް އިން ބުނި ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ގަތަރުގެ ފަސް ބޭފުޅަކު ތިއްބެވި އެވެ. ވެހިކަލް ދުއްވަން އިނީ މިސްރު މީހެއް ކަމަށާއި އެކްސިޑެންޓުވީ ހުންގާނުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
އަވަހާރަވި ބޭފުޅުންނާއި ޒަހަމްވެފައިވާ ބޭފުޅުން ގަތަރުގެ މަތިންދާބޯޓެއްގައި ގައުމަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މިސްރުގެ ރައީސް އަބްދުއްފައްތާހް އަލް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ސަމިޓުގައި ވިއްސަކަށް ގައުމުގެ ބައިވެރިވުމާ އެކު މި ފަށަނީ ޣައްޒާގައި ދެ އަހަރު ވަންދެން އިޒްރޭލުން ދިން ހަމަލާތައް މެދުކަނޑާލައި އިޒްރޭލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ތައްޔާރުވަމުންދާ ވަގުތު އެވެ. ހަމާސްއިން ވަނީ ސަމިޓުގެ ކުރިން ހުރިހާ އަސީރުން މިނިވަންކުރާނެ ކަމަށް ބުނެފަ އެވެ.
ޣައްޒާ ސަމިޓުގެ މަގްސަދަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، މުޅި މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުންގާނު
14 October 2025
މިސްރުގެ ޑޯޑީ ފަޔެޑް އަދި އިނގިރޭސި ޕްރިންސެސް ޑަޔާނާ ވެސް ތިގޮތަށް “ހުންގާނު ކޮންޓްރޯލުން ނެއްޓިގެން” މަރުވި.
ފެންސު
13 October 2025
"އެކްސިޑެންޓުވީ ހުންގާނުގެ ކޮންޓްރޯލް ގެއްލިގެން" ކީކޭދެންބުނާނީ. މިހެންވެދާނެތީވެކަންނޭގެ ހަމާސް އާއި އިރާން ބައިވެރިނުވީވެސް
ނަން.
12 October 2025
އަރަބިންނަށް ޔަހޫދީން ދަސްނުވޭ އަދިވެސް. ވާއިރު ވަގުތު ފާއިތުވެދާނެ. މިހާރުވެސް ހީވަނީ ވަގުތު ފާއިތުވެއްޖެހެން.
އަފްރާސިޔާބު
12 October 2025
ގަތަރުގެ ވެރިނަންނަކީވެސް މާ ފަލަސްތީނުވެގެން އުޅޭ ބަޔެއްނޫން. ހުންގާނު ކޮންޓްރޯލް ގެއްލޭނީ ބްރަކިފޭލްވެގެން. ތީ އެމެރިކާއާ އިސްރާއީލް ގުޅިގެން ހިންގާ ކަމެއް. ބަލަންތިބޭތި ހަމާސްގެ ބޮލުގައި އަޅުވާފައި އަދި ތި ހަނގުރާމަ ހަމަ ކުރިއަށް ގެންދާނެ. މިހާރު އެބަލަނީ ހަމާސްގެ އިސްލީޑަރުން މަރާލާނެ ފަސޭހަ ގޮތެއް. މިސްރަކީ އިސްރާއީލުގެ ބައިވެރިއެއް. ދެބައި މީހުންނަށް ބަހާލައިގެން ފަލަސްތީނު ކާލާނީ.
ޑިމޮކްރަސީ
12 October 2025
އެމެރިކާ އާއި އިޒްރޭލްގެ މަޅީގައި ތިދަނީ ޢަރަބިންޖެހި ފަނާވަމުން
އޮޒްރޭލު
12 October 2025
ތިޔައީ މޮސާޑުގެ ކަމެއް ޔަގީން
އައްޑޫކުއްޖާ
12 October 2025
ތީ ހަމަ އެމެރިކާއިން ކުޅޭ ގޭމެއް