ކޮންސްޓްރަކްޝަން ސައިޓެއްގައި ބަޔަކު މަސައްކަތްކުރަނީ. ފައިލް ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2025 - 11:28
ރާއްޖޭގައި ބޭރުމީހުންނަށް އިންވެސްޓް ނުކުރެވޭނެ ކަމަށް ކަނޑައެޅި ދާއިރާތަކުން ކުރިން އިންވެސްޓްކޮށްގެން ތިބި ބިދޭސީންނަށް އެ މީހުންގެ އިންވެސްޓްމަންޓް އަނބުރާ ގެންދަން ނުވަތަ ދިވެއްސެއްގެ ނަމަށް ބަދަލުކުރަން ސަރުކާރުން މުހުލުތަކެއް ދީފި އެވެ.
ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް އަދި އިންވެސްޓް ކުރެވޭނެ ނިސްބަތް ކަނޑައަޅައި ކުރިން އާއްމުކޮށްފައި އޮތް އުސޫލު ބަދަލުކޮށް މިދިޔަ ހަފުތާގައި ވަނީ އާ އުސޫލެއް ގެޒެޓްކޮށްފަ އެވެ.
ބިދޭސީންނަށް އެއްގޮތަަކަށް ވެސް އިންވެސްްޓް ނުކުރެވޭނެ ދާއިރާތަކެއް އެ އުސޫލުގައި އޮތް އިރު، އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ އިންވެސްޓްކުރުމުގެ ފުރުސަތު ކުރިން އޮތް ދާއިރާތަކެވެ. އަދި ގިނަ އަދަދެއްގެ ބޭރު އިންވެސްޓްމެންޓް އެ ދާއިރާތަކުގައި ހިމެނެ އެވެ.
އެހެންވެ، އެ އިންވެސްޓްމެންޓްތަަކަށް ބަދަލުގެންނަން ކަނޑައެޅި މުހުލަތުތައް ވެސް އާ އުސޫލާ އެކު ގެޒެޓްކުރި އެވެ. އާ އުސޫލާ އެކު އާއްމުކުރި އެނެކްސް 2 ގައި އޮތީ މަނާވި ދާއިރާތަކުން އިންވެސްޓްކޮށްގެން ތިބި ބިދޭސީންނަށް އެ މީހުންގެ ހިއްސާ ދޫކޮށްލަން ނުވަތަ ގެންދަން ދީފައިވާ މުހުލަތުތަކެކެވެ.
- ޖެނެރަލް ސޭލްސް އޭޖެންޓް: އެއް އަހަރު ދުވަސް
- ކާގޯ ސޭލްސް އޭޖެންޓް: އެއް އަހަރު ދުވަސް
- ޕެސެންޖާ ސޭލްސް އޭޖެންތް: އެއް އަހަރު ދުވަސް
- ޚިދުމަތް ދިނުމުގެ ވިޔަފާރިތައް: އެއް އަހަރު ދުވަސް
މި ދާއިރާގެ އިންވެސްޓްމެންޓް އަނބުރާ ގެންދަން ނުވަތަ ހިއްސާ ދޫކޮށްލަން މުހުލަތު ދިނުން ބިނާކުރާނީ ކޮށްފައިވާ އިންވެސްޓްމެންޓްގެ ބޮޑުމިނަށެވެ. ފަަސްމިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ތިން އަހަރު ދުވަސް ލިބޭ އިރު ފަސް މިލިޔަން ޑޮލަރާއި 10 މިލިޔަން ޑޮލަރާ ދެމެދުގެ އިންވެސްޓްމެންޓެއް ނަމަ ފަސް އަހަރު ދުވަސް ލިބޭ އިރު 10 މިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ހަތް އަހަރުދުވަސް ލިބޭނެ އެވެ.
އިންވެސްޓްކޮށްފައިވާ ފައިސާގެ އަދަދުކަމަށް ބަލާނީ އާ އުސޫލަށް އަމަލުކުރަން ފެށުމާ ހަމައަށް އިންވެސްޓްކޮށްފައިވާ ފައިސާގެ އަދަދެވެ. އިކޮނޮމިކް މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން، އިތުރަށް ފުޅާ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި/ ރެސިޑެންޝަލް ރިއަލް އެސްޓޭޓް ވިޔަފާރި: މި ދާއިރާއިން ކޮށްފައިވާ އިންވެސްޓްމެންޓާ އެކު ބިދޭސީންގެ ހިއްސާ ދޫކޮށްލަން ޖެހޭނީ މަޝްރޫއު ހިންގަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން. މަނާވި ދާއިރާތައް ހުއްދަކޮށް އޮތް އިރު އިންވެސްޓްކޮށްގެން ތިބި މީހުންނަށް ދޭ ޓްރާންސިޝަން މުހުލަތު ލިބޭނީ އޮންނަ އުސޫލުން އެކަމަށް އެދި ހުށަހަޅައިގެންނެވެ. ޓްރާންސިޝަން މުހުލަތު ހޯދަން ހުށަހަޅާ ފޯމާ އެކު އިންވެސްޓްމެންޓާ ގުޅޭ ހުރިހާ މައުލޫމާތެއް ހުށަހަޅަން ޖެހޭނެ އެވެ. އޮޑިޓްކޮށްފައިވާ އެކައުންޓްތަކުގެ ތަފްސީލާއި ހިއްސާ ބެހިފައިވާ ގޮތުގެ އޮނިގަނޑުގެ ތަފްސީލާއި ކޮންޓްރެކްޓްތަކުގެ ތަފްސީލާއި ޓެކްސް ކްލިއަރެންސް އަދި ޕްރޮޖެކްޓްތަކަށް ދީފައިވާ ކޮމިޓްމެންތްތަކުގެ ތަފްސީލު އެގޮތުން ހުށަހަޅަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
13 October 2025
ދިވެހި ދައުލަތުގެ ވެރިންނަށް ތިބެނީ ދިވެހިން ކުރިޔަށް ނެރެން ބޭނުންވާ ބައެއނޫން. ކޮންމެ ބިޒިނަސްއެއްވެސް ބޭރު މީހުންނަށް ކުރެވޭގޮަތަށް ޤައުމު މިވިއްކާލަނީ އެކުވެރި ޤައުމުތަކަށެ ކިޔާފަ. ވަގުން ވައްކަން ކުރާ އުޞޫލުތައް ދެނެތިބެ ޢޮޅުވާލައިގެންގެ ބޭރުމީހުންނަށް ވިޔަފާރި ދީގެން ވިޔަފާރި ކުރަނީ ދިވެހިންގެ ވިޔަފާރިތައް ފުނޑާލަން. މިފުރުޞަތު ދެވިގެންނުވާނެ. ކެޕިޓަލް އޮޅުވާލައިގެން ވިޔަފާރި ކުރާ މީހުންނަށް އަދަބު ދޭންޖެހޭނެ. މަގޭ ވިޔަފާރި / މުދާ އެމީހުން
ޟަމާ
12 October 2025
ކޭޝިއަރުން، އޮޑިޱަރުން، ޱެކްސީ ޱްރައިވަރުންގެ ބަދަލުގައި ދިވެހީންނަށް މިފުރުސަތުތައް ފަހިވެގެންދާތަން ދެކެން ބޭނުންވޭ.
ވާހިދުބެ
12 October 2025
މޯޑީ ގުޅާފަ ބަވާލީދޯ.
ކޮރަލް
12 October 2025
ބިދޭސީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތައް ކުރަނީ ބިދޭސީ ކޭޝިއަރެވެ،. އެމީހުން ހުއްޓުވަނި ކޮށް ކޮންޓްރޯލް ވީ އެވެ. މާރުކޭޓް ގޮޅިތަކުގަ ވެސް ހުންނަނީ ބިދޭސީ މީހަ އެކަނި އެވެ.
އަގުހެޔޮކޮށް މުދާ އެތެރެ ކުރުމަށް ޚާއްސަކޮށް.
12 October 2025
ތިގޮތަށް ރާއްޖޭގެ ޝިޕިންގް ލައިނެއް ތައްޔާރުކުރުން ވަރަށް މުހިއްމު ކަމުގަ ދެކެން.
އަފްރާސިޔާބު
12 October 2025
އެސްޓީއޯގެ ޝިޕިންގ ލައިނެއް އެބޮތް.
ކުރައިލް
12 October 2025
މުހުލަތުތައް ދީދީ ހަމަތިބެންޖެހޭނީ ދޯ މިރާއްޖޭގެ ހުރިހާ އެއްޗެއް ސަޕުލައި ކުރަނީ މޯހަން މުތާ މެން.
ހުރިހާ އެއްޗެއްގެ ކޮންޓްރޯލް ނަގަން ހިފާފަ. ބިދޭސީން.
12 October 2025
އިމްޕޯރޓް ބިޒްނަސް އަދި ރިސޯރޓް ސަޕްލައިވެސް ދިވެއްސެއް ނޫނީ ދިވެހި ކުންފުންޏަކަށް ނޫނީ ނުހިންގޭ ގޮތަށް ހެދުން ވަރަށް މުހިންމު.
އޮނަރަބްލް އަފީފު ދީދީ
12 October 2025
ބުނާނެ އިތުރު އެއްޗެއްނެތް. ހަމަ ޙަޤީގަތަށް ވެސް މަޖާ ދައުލަތެއް. އަމިއްލަ ޤައުމު މީހުން ވަރަށް އާދައިގެ ކުށެއް ކުރި ކަމަށް ވިޔަސް ބުރިން ހަދަމާ އުލުބައިންދާ އިރު ބުދޭސިނަށް ހިތަކަށް ދޫކޮށްފަ އޮންނަ ތަނެއް. ކަލޭނަށް ހަމަ ސާބަސް.
ރަތަނަ
12 October 2025
ބިދޭސީން ހުރިހާ ބިޔަފާރިއެއްކުރަނީ ކޮންމެސް ދިވެއްސެއްގެ ހިޔަލުގަކަން ހަމަ ނޭގެނީބާ ދިވެހި މީހާގެޗނަމުގަ ހުންނަނީ އިންވެސްޓް ކުރާނީ ވެސް ބިދޭސީ މީހާ ތަން ހިންގާނީވެސް އެމީހާ ދިވެހިމީހާ އޮށޯވެލައިގެން އޮއްވާ ކޮންމެޗމަހަކު ލިނބޭނެ 20 ނުވަތަ 30 ހާސް ރުފިޔާ ނޫނީ އެ ވިޔަފާރިއެއްގެ ކުޑަ ބޮޑު މިނާ ބަލާފަ ބޮޑު އަދަދެއްގެ ފައިސާ މިކަން ގިނސއިން ކުރަނީވެސް ސިޔާސީ މީހުން