ރައީސް ޑރ. މުހައްމަދު މުއިއްޒު: އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް އުފައްދަން ފެނޭތޯ ބަލަން ނަގާ ވޯޓުގައި ކުރާ ސުވާލުތަކަށް އެމަނިކުފާނު ވަނީ ބަދަލު ގެންނަވާފައި --- ފޮޓޯ/ރައީސް އޮފީސް
12 އޮކްޓޯބަރ 2025 - 19:08
އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އިސްލާހު ކުރައްވައިފި އެވެ.
އައްޑޫގެ ހުޅުދޫ އާއި މީދޫ އާއި ފޭދޫގައި އައްޑޫ ސިޓީ ކައުންސިލާ ވަކިން ތިން ކައުންސިލެއް އުފައްދަން ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސް ކަނޑައެޅުއްވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު އުނިކުރައްވައި، އާ ގަރާރެއް މިއަދު ނެރުއްވާފައިވާ ކަމަށެވެ.
އެހެންވެ، އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫގެ ވޯޓާ ގުޅޭގޮތުން، މިދިޔަ މަހު ރައީސް ޑރ. މުއިއްޒުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
އެހެންވެ، އެކަން ނިންމާނީ އައްޑޫ ރައްޔިތުން އަމިއްލައަށް ކަމަށާއި އަދި ރައްޔިތުންގެ ރުހުން ނެތި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތިން ރަށުގައި ވަކިން ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދުއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ. ނަމަވެސް އެކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ އެ ރަށްތަކުގެ ރައްޔިތުންނަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެބަންދިހާރު
13 October 2025
އައްޑޫ އަތޮޅުގައި ވަކި ރަށްތަކުގައި ކައުންސިލް ހަދާތީ ބައެއްމީހުން ކަންބޮޑުވެގެން މިއުޅޭގޮތެއް ނޭގުނު. ތަންދޮރު އޮޅުންނުފިލަނީކަންނޭގެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ވަކިންހަމަ ކޮންމެ ރަށެއްގާ ކައުންސިލެއް އެބައޮވޭ. އެކަންނޭގެނީބާ؟ މައްސަލައަކަށްވެގެން ތިއުޅެނީ ޖ އައިސް މުޅިއަތޮޅަށް ސިޓީގެ ދަރަޖަދިނީމާ.
ކައުންސިލު
13 October 2025
ތިއީ ކައުންސިލު ހަދަންޖެހޭ ސަބަބެއް ނޫން
ގަބުޅި
13 October 2025
ވޯޓެއްނަގަންވީނު މިހާރުގެ ވެރިމީހާ މަގާމަށް ކުފޫހަމަވޭތޯ ނޫންތޯ ބަލަން. ހިޔެއްނުވޭ ހަރު އެއްޗެއް ހެނެއް.
އަވަށުއޮފީސް
13 October 2025
ކޮންމެ ރަށެއްގައި އަވަށުއޮފީހެއް ހުރޭ. އެއީ ކައުންސިލު އިދާރާގެ ޚިދުމަތްތައް ދިނުމަށް، އެރަށުގެ ކައުންސިލަރު އިސްކޮށް، ގާއިމުކޮށްފައިވާ އޮފީހެއް. އަދި ބުރިޖުއަޅައި ނިމުމުން އެއްވެސްރަށެއް އެކަހެރިކޮށް ނޯންނާނެ
ޑިވައިޑް
13 October 2025
އެންޑް ރޫލް
#މެންދޫ އެއަރޕޯޓް
13 October 2025
#މެންދޫ އެއަރޕޯޓް
އޮނަރަބަލް މާލޭ ބޮޑު މުދިންބެ
13 October 2025
ހުރިހާ ވޯޓެއް ވަކިވަކިން ކޮންމެ ރަށެއްގެ ކޮންމެ އަވަށެއްގައި ހާއްސަކޮށް މާލޭ ސިޓީކައުންސިލް އުވާލާ މާލޭގައި މާފަންނު މައްޗަންގޯޅި ގަލޮޅު ހެންވޭރު އަދި ގުޅީފަޅު ހުޅުމާލެ ކައުންސި؛ލް އިންތިހާބުތައްވެސް ވަކިވަކިން ބޭއްވުމަކީ މާލޭ ސާފުތާހިރުކޮށް ބެލެހެއްޓޭނެ ނަތީޖާ ފެންނާނެ ތަޖުރިބާކުރެވިފައިވާ ގޮތެކެވެ .
ފުތާ
12 October 2025
އައްޑޫގެ ފޭދޫ އާއި ހުޅުދޫ އާއި މީދޫ ރައްޔިތުން ފެންނަ ނުފެންނަ ވޯޓުން ނޫނެކޭ ބުނެފައޮއްވާ 6 ރަށުގެ ތެރެއިން އެންމެ ރަށެއް ކަމުގައިވާ ހިތަދު އަށް މުޅި ކައުންސިލުގެ އަގުލަބީއަތު ލިބޭގޮތަށް ބޭއިންސާފު ސިޓީ ކައުންސިލެއް އުފައްދާ ސިޓީ ކައުންސިލް ހިތަދޫގައި މަރުކަޒު ކުރީ. ކޯޓުން އެކަން ނުކުރެވޭނެކަމަށް ކަނޑައަޅާފަ ވާކަމަށް ބުނަނީ. ނަތީޖާ އަކީ ހިތަދޫ ވެރިންގެ ބާރާ ނުފޫޒުން އެހެން ރަށްރަށުގެ ކަންކަމަށް ދަތިވެ ހުރަސްއެޅުން. ބޯޑާވެ ވިލަޖޭ ގޮވުން ރަށްރަށަށް
އެގުރޯ
13 October 2025
މިޒަމާނުގައި ތާކުންތާކުނުޖެހޭ ބަނދިވަރު ނުވިކޭނެ. ކަންއޮތްގޮތް ބަލައި ސާބިތުހިފޭ ވާހަކަ ހެއްކާއިއެކު ދައްކާ. ވިލެޖޭ މީހަކު ބުނިއަޑު އަދިކިރިޔާ މިއިވުނީ!
ހުޅުމާލެ ސިޓީ
12 October 2025
ފުރަތަމަ ޙުޅުމާލޭގައި ވަކި ކައުންސިލެއް ހަދަން ފެންނަނުފެންނަ ވޯޓެއްނެގުން މާމުހިންމު. މިއީ މާބޮޑު އާބާދީއެއް ދިރުއުޅޭ ވަކި ރަށެއް.
ހެހހެ
12 October 2025
އައްޑޫ ރަތްޔިތުން ބުނެގެނޭކިޔާފަ ވަކި ކަމެއްހާސިލުކުރަން ކުރަންއުޅޭކަމެއް މިއީ، ބަޔަކު އެއްޗެކޭ ބުނާއިރައް، ބުނިކަމެއްވެސްނޭގޭ، އެއީކުރެވޭނެކަމެއްތޯވެސްބަލާނުލާ، ނަށަންޖެހޭތަ، ކުރާނެކަމެއްނޭގިގެން އުޅޭމީހެއް، ކައިރީގަވެސް ހަމަޖެހޭއެކަކުވެސްނެތް
މިއައު
12 October 2025
ސިޔަސީ ބޭނުމަކަށް ކޮންމެ ފަދަ ހުޅެއްވެސް ރޯ ކޮށްފާނެ. އަދި އެކަމުގަ ރައްޔިތުން ވެސް މިޖެހެނީ ހަމަ. ކޮންމެ ބްލޮކަކަށް ކައުންސިލެއް ހަދަންވީނުން. އޭރުން ވަރަށް ގާތުން ހިދުމަތް ދެވޭނެ