ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އިސްވެރިންނާއި އެރަށުގެ ބައެއް މީހުން ބައިވެރިވަނީ: އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމްކޮށް ނިމިފައި --- ފޮޓޯ/ބީއެމްއެލް
12 އޮކްޓޯބަރ 2025 - 21:00
ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފެށުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށް ނިމިއްޖެ އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް އޮޅުވެލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމާ އެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަން ބޭންކުން ކަނޑައަޅާފައިވާ އަމާޒު ހާސިލްވެފައިވާ ކަމަށެވެ.
"މިއީ ވަރަށް ވެސް ހާއްސަ ކާމިޔާބީއެއް. މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ވެސް މިވަނީ ހާސިލް ކުރެވިފައި." އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަޜާއި 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައުޒަމް
13 October 2025
މީގެ ސަބަބުން ދެން ނުޖެހޭނެ ބޮޑު ދަތުރު ހަދާފަ ލާރި ހަރަދުކޮށްފަ މާލެ ނޫނީ އެހެން ތަންތަނަށް ލާރި ހޯދަން ދާކަށް. އެހެންނު؟ މަރުހަބާ ރައްޔިތުން
މަފާޒް ސަލީމް
13 October 2025
އުފާވެރި ހަބަރެއް. ދެން ނުޖެހޭނެ ދަތުރު ކުރަން ލާރި ނަގަން ދާކަށް.
ވޯލް
13 October 2025
ޒަމާން ކުރިއަރާ ތަރައްޤީވެ ތަރައްޤީވެފައިވާ ޤައުމުތަކުގައި "ކޭޝްލަސް" އެކޮނޮމީ ހިންގާހިރު، ރާއްޖެ މިއަދނީ ފަހަތައް. ސަރުކާރުގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގާނެ ހަކަތަ ނެތިމަ ކަމެއް ކުރިކަން ދައްކަން ކުޑަ ޚަރަދެއްކޮށްފަ ކޮށްމެ ރަށެއްގައި އޭޓީއެމް އެއް މި ބަހައްޓަނީ. ތިޔަ ކަން ކުރަންވި ޒަމާން ހިންގައްޖެ. ތިޔަ ބަހަެއްޓިޔަކަސް އަމިއްލަ ފައިސާއެއް ނޭޅޭނެ. އިންޓާރނެޓް ބޭންކިން އޮށްވާ ތީ ބޭކަރު ދެކޮޅު ނުޖަހޭ ޚަރަދެއް.
ކުރެންދޫގެ ދަރިއެއް
12 October 2025
ކުރެންދޫގައި ހުންނަ އޭޓިއެމަށް ވަނުމެކޭ އަވަނަކަށް ވަނުމެކޭ ތަފާތެއް ނެތް. ހޫނުގަދަ ކަމުން ބޭންކު ކާޑު ކިރިއާ ވަޅޯ ނުވެ ސަލާމަތްވީ
ޞޮއިކޮޓް
13 October 2025
ޅ. ޢަތޮޅުގައިވެސް ޑޮލަރު އޭޓީއެމް އެއް ބެހެއްޓުން މުހިންމު، 10 ވަރަކަށް ރިސޯޓް އޮންނަ އަތޮޅެއްމީ، ނައިފަރު ބޭންކަކީ ފޯނެއް ނަގާތަނެއް ނޫން،
ތެފައާސާ.
13 October 2025
ހަމަޖެހިބަލަ. މި ދައުރުގައި އޮތީ އޭޓީއެމް ބެހެއްޓުން. ދެންއަންނަ ދައުރެއްގައި އޭޓީއެމްތައް އޭސީކުރުން އޮންނާނެ