ވިޔަފާރި / ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ

އިންޓަގްރޭޑެޓް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ހުޅުވާލައިފި

އައްޑޫގެ ހަންކެޑެ ސަރަހައްދު: އެތަން އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަނީ ހުޅުވާލާފައި

އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ. އެއީ ގާތްގަނޑަކަށް ހަތް ހެކްޓަރުގެ ސަރަހައްދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެރަށް ދޫކުރަނީ ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން، ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިއުލާނަށް ގެނައި ނުވަ ވަނަ އިސްލާހުގެ ދަށުން ކަމަށެވެ.

ތަރައްގީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ނިންމި ނަމަވެސް، މީގެ ހަފްތާއެއް ކުރިން ވަނީ އެ ނިންމުން ބަދަލުކޮށް، އެތަނުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ނިންމައިފަ އެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އޭގެފަހުން އެކި ސަރުކާރުތަކުން އެ މަޝްރޫއު ހިންގަން އިއުލާންކުރި ނަމަވެސް މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.

މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.

ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަނުޖެހޭތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެމްއެފްއެމްސީ އިން ހާމައެއް ނުކުރެ އެވެ. އެ މަޝްރޫއު ލަސްވާތީ، އެކަން ބެލުމަށް މިއަހަރު މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅި އެވެ.

19 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާވެރިބެ

13 October 2025

ޗާލު ބޮޑު ހަންކެޑެ އަކީ މިފަދަ ރިސޯޓަކަށް ވަރަށް އެކަށީގެންވާ ރަށެއްކަމަށް ސަރުކާރުން އެއޮތީ ނިންމާފަ. 1000 ގެ ބަދަލުގަ 10 ހާސް ކޮޓާރި ވެސް ހަމަ އަޅަންވީ. އިންޓެގްރޭޓަޑް ރިސޯޓެއްވީމަ ކޮންވެންޝަން ފެސިލިޓީސްތަކާ ބޮޑެތި ޝޮޕިން މޯލްތަކާ ރެސްޓޯރަންޓްތަކާ ކެފޭތަކާ ސްޕޯޓްސް ފެސިލިޓީތަކާ މުނިފހިފިުވުމުގެ އިތުރު ތަފާތު ކުޅިވަރު ކުޅޭތަންތަން ގާއިމުކުރެވުނީމަ މިރިސޯޓު ވެގެންދާނީ ރާއްޖޭ އެންމެ މަތީ އެއް ރިސޯޓަށް. ބަލަންވީ 2027 ގެ ފަހުކޮޅު ހުޅުވަން.

The name is already taken The name is available. Register?

އަފާފް ސައީދު

13 October 2025

މުއިއްޒް އަށް އައްޑޫއިން ދެން ބޮޑުކޮށް ވޯޓް ލިބޭނެ. ސަބަބަކީ މީ އެއްވެސް ސަރުކާރަކުން ނުކުރި ކަމެއް މިކޮށްލީ. އެތައް ބަޔަކަށް ވަޒީފާ

The name is already taken The name is available. Register?

ނޫޝީން

13 October 2025

އައްޑޫ ރައްޔިތުންގެ ކަންކަން މިސަރުކާރުން ތޯތޯކޮށް ނުގެންދާނެ. އެކަންކަން މިދަނީ ބާރަށް ކުރިޔަށް.

The name is already taken The name is available. Register?

ސަބީލާ

13 October 2025

އައްޑޫ ގިނަ މީހުންނަކީ ސަރުކާރުތަކުން ދައްކާ ދަޅަތަކަށް ހެއްލިގެން ތިބޭ ބައެއް. އެތަނުގަ ނުކުރެވޭނެކަން، ފީސިބަލްނޫންކަން އެނގިތިބެ ވެސް ސަރުކާރުން ވޯޓުހޯދަން ކުރާ ސިޔާސީ ވައުދުތައް ހިތުގެ އަޑިން ގަބޫލުކޮށްގެން ހުވަފެނުގެ ދުނިޔޭގަ އުޅެނީ. ޓޫރިޒަމް ބާއްވާފަ އެހެން ކަމަކަށް ފޯކަސް ކުރަން ވެއްޖެ. އައްޑޫ މީހުން ހޭލަން ވެއްޖެ. ހެޔޮނުވާނެ.

The name is already taken The name is available. Register?

އަސަރަފަ

13 October 2025

އައްޑޫ މީހުން ކޮންމެ އިންތިހާބަކަށް މިގޮތަށް މޮޔަހައްދާ. މިކަމުގަ ނިމުމެއް ނެތް. ހަމަ އެހާ މޮޔައީތަ، ނޫނީ ކައްނެތީތަ

The name is already taken The name is available. Register?

ހަމްދާ

13 October 2025

ވަރިހަމައީ ހަމަ

The name is already taken The name is available. Register?

ލުބްލާ2025

13 October 2025

އެ ކުޑަ ތަންކޮޅުގަ 1000 ބެޑްގެ ތަނެއް ނެހެދޭނެ 40-50 ބުރީގެ ބޮޑު އިމާރާތެއް ޢަޅައިގެން ނޫނީ. އައްޑޫ މީހުން ހައްދަން ނޫޅޭ އިނގޭ.

The name is already taken The name is available. Register?

ލަކީ

13 October 2025

ޙެހެ މީދެން ބޮޑުވަރު ކޮބާ ފުރަތަމަ ހަވާ އަރުވާފަ ޗައިނާ ކުންފުންޏަކާ އޭގެ ފަހުން ހަލާލު ޓޫރިޒަމް އެކަން ވެސް ފަނުފުލުން ދެން މިވާހަކަ ހުއްޓާލަންވީނު މިހާރު ކައުންސިލް އިންތިހާބު ކައިރިޥީމަ އަނެއްކާ މިވާހަކަ ސަރުކާރުން ހަމަ އާކޮއްފަ މި ދައްކަނީ އަޅުގަންޑު ސަރުކާރަށް ދަންނަވާލާނަން ކޮބާތޯ މަނިކުފާނު ޗައިނާ ކުންފުންޏަކާ ހަވާލުކުރި އިންޖީނުގެ އަޕްގުރޭޑް ކުރަން ހަވާލު ކުރި ޕުރެޖެކްޓް ކޮބާ މަނިކުފާނު ރޯޑު ޑިވްލޮޕްމެންޓާ ހަވާލު ކުރި ލިންކުރޯޑު

The name is already taken The name is available. Register?

އުދުހޭ

12 October 2025

އައްޑުއަކީ ރާއްޖޭގެ ނިސްބަތުން ރީތި ތަނެއްނޫން. އައްޑުކަން ކަމުދާކަހަލަ އެހެން ދާއިރާއަކުން ތަރައްގީކޮށް ޓޫރިޒަމްގަ އުޅެން ބޭނުންވާ އައްޑޫ ރައްޔިތުންނަށް ގއ ގދ އިން ފުރުސަތު ހޯދަދިނުން ރަގަޅުވާނީ.

The name is already taken The name is available. Register?

ސުންބުލިއުދުހޭ

13 October 2025

ކަލެއަށް ދޯ އެގެނީ! ވ އުފާ ކުރަންދޯ އެތަނުގަ 20 އަހރުވީ އިރު ވެސް ކަމެއް ނުކުރެވުނީމަ! ކަލެއަށް ކިހާވަރެއް ސަރުކާރުން ދޭތީ ތަ ތި ކޮމެންޓް ލިޔަނީ އެކި ނަން ނަމުގަ؟ އިގޭ ކަލޭމެން ކަމެއް ކުރާކަށް ނުން ކަން ތި އުޅެނީ! އިންތިހާބަކާ ގުޅުވާގެން ކޮންމެވެސް ޗަރުކޭހެއް ކުޅެނީކަންވެސް! ދެން އެ އިއުލަނަކާ ވިއްދާގެން ކަލޭމެން ތި ކަހަލަ ކޮމެންޓް ކުރަން އަންގާފަ އޮންނާނީ

The name is already taken The name is available. Register?

އުދުހޭ

13 October 2025

އަހަރެން ކޮމެންޓްކޮށްގެންތަ އައްޑޫ މޫދުގަ ސީގްރާސް އެހާ ގިނައީ؟ ސާފު ދޮންވެލި ނޯންނަނީ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 October 2025

ދެކުނުގަައި ޓްއަރިޒަމް ނުވަތަ އިޤްތިސޯދީ އެއްވެސްކަމެއް ކުރަންބޭނުންނަމަ ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ގޭން އެއަރޕޯޓްގައި ތަރައްޤީކޮށް ހޮޓާ ހިންގާފަރާތާއި ޙަވާލުކޮށްގެން އިންފްލައިޓް ކޭޓަރިންގ އާއި ޑިޕާޗާރ ބިޒިނެސް ލައުންޖް ހިންގޭގޮތް ހަދާދިނީމާ އައްޑޫ އެއަރޕޯޓަށް ކ.މާލޭ އެއަރޕޯޓަށް މިހާރު ޖަައްސާ ގިނަ ފްލައިޓްތަައް އޮޕަރޭޓް ކުރަން ފައްޓާނެ. ފުރަތަމަ ކަމަކަށް ދަތުރު ފަތުރުގެ ކަންކަން ހަމައަކަށް އަޅުވާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 October 2025

ސަރުކާރުން އައްޑޫގައި ޓްއަރިޒަމް ވިޔަފާރިކުރަން އުޅުމުގެބަދަލުގައި އެކަންކުރަން އައްޑޫ ރައްޔިތުނަށް ދޫކޮށްލާފައި ސަރުކާރުން އައްޑޫ GAN International Airport ގައި އަޅުވާފައިވާ މަރުތަޅު ނައްޓާލާފައި އެއަރޕޯޓްގައި 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް އިންފްލައިޓް ކޭޓަރިން އާއި ޑިޕާޗަރ ބިިޒިނެސް ލައުންޖް ހަދާފައި ޓްއަރިސްޓުންނަށް މިތަނަށް އާދެވޭގޮތަށް އެއަރޕޯޓް ދުނިޔެއަށް ހުޅުވާ ދިނުން މާބޮޑަށް ވެސް ރަނގަޅު ވާނެ.

The name is already taken The name is available. Register?

ހށނ

13 October 2025

އަދިވެސް އޮނަރބްލް ދީދީކަން ކެޑުނު ދުވަހަކުން ހެޔޮ ބަދަލެއް އަތުވެދާނެ ކަމށް ބެލެވެނީ. ތިޔައީ މިރާއްޖޭގަ ވަރަށް އިނފޭމަސް ޓައިޓލްލް އެއް.

The name is already taken The name is available. Register?

މިސްރާބު

13 October 2025

އައްޑޫ ރައްޔިތުން ޕްރޮޕޯސަލް ހުށަހަޅައިގެން ރަށްނަގައިގެން ޓުއަރިޒަމް ތަރައްޤީ ކުރަންވީނޫންތޯ، ކީއްވެގެންބާ އައްޑޫ ރައްޔިތަކަށް އެކަން ކުރަން ނުކެރެނީ، ސަރުކާރުން އައްޑޫ ރައްޔިތުން އެތަނުގައި އިންވެސްޓްކުރުން މަނާކުރާނެހެން ހިއެއްނުވޭ،

The name is already taken The name is available. Register?

ގަމަރުންނިސާ

13 October 2025

ޢައްޑޫއަށް އަންނާނެ ޓޫރިސްޓުންނެއް ނެތް. ތީ ބީޗްގަނޑެއް ވެސް އޮތް ތަނެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454