މިސްރުގައި ބާއްވާ ޣައްޒާގެ ސުލްހައިގެ ސަމިޓަށް ފުރާވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެއާ ފޯސް ވަން އަށް އަރާވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2025 - 06:09
ފަލަސްތީނުގެ ޣައްޒާގައި "ހަނގުރާމަ ނިމިއްޖެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޣައްޒާގެ ސުލްހައިގެ ސަމިޓަށް ފުރާ ވަޑައިގަންނަވަމުން ވިދާޅުވެއްޖެ އެވެ.
އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ މިއީ "ވަރަށް ހާއްސަ" ދަތުރެއް ކަމަށެވެ. އަދި ހަމާސް އާއި އިޒްރޭލުން ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެތޯ އަދި އެކަން ރަނގަޅަށް ކުރިއަށް ދާނެތޯ އުފައްދާ ސުވާލުތަކަކީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެ ހަނގުރާމަ ނިމިއްޖެ. އޯކޭ؟ އެކަން އެނގޭތަ؟،" އިޒްރޭލާއި ހަމާސްގެ ކުރިމަތިލުން ދާއިމީ ގޮތެއްގައި ނިމުނީކަމާ މެދު އޮތީ ކިހާ ޔަގީންކަމެއްތޯ ސުވާލުކުރުމުން، 79 އަހަރުގެ ޓްރަމްޕު ވިދާޅުވި އެވެ.
ހަމަލާތައް މެދުކަނޑާލުން އެގޮތުގައި ދެމި އޮންނާނެތޯ ސުވާލުކުރުމުން ވިދާޅުވީ "އެކަން އެހެން އޮންނާނެ ކަމަށް އުންމީދުކުރަން" ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެކަން އެގޮތުގައި އޮންނާނެހެން. އަޅުގަނޑަށް ހީވަނީ އެންމެން ވަރުބަލިވެއްޖެހެން. މިކަމުގައި އެތައް އަހަރެއް ހޭދަވެއްޖެ،" ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު މި ދަތުރުގައި ފުރަތަމަ ވަޑައިގަންނަވާނީ އިޒްރޭލަށެވެ. ހަމާސް އިން މިނިވަންކުރާ އިޒްރޭލުގެ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި އަދި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެ އެވެ. އޭގެ ފަހުން ދެން ވަޑައިގަންނަވާނީ މިސްރުގެ ޝަރުމުއް ޝައިހްގައި ބާއްވާ ސަމިޓަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ
13 October 2025
ކަލޭ ޔަހޫދީން އަތަށް ބޮން ދީފަ ކުޑަކުދިން މަރާތާ 2 އަހަރު ފަހުން ހުއްޓާލަން އެންގުމަކީ ކަލޭ މޮޅުވީ ކަމަށް ދެކިގެން ނުވާނެ. ނުބައި މަރަކުން މީނާ މަރުވާނެ.
ރަދީފްއޮފިޝަލް.
13 October 2025
އާމީން.
ބޮޑުކަރަޕްޝަން
13 October 2025
ހަނގުރާމަ ނިމިއްޖެ އެކަމަކު މަށައްހީވަނީ ދެން ފެންނާނީ ދުނިޔެ ދުވަހަކުވެސް ނުދެކޭހާ ފުޅާ ކޮރަޕްޝަނެއްހެން. އަރަބި އަދި އިސްލާމީ ގައުމުތަކުން ގާޒާ ބިނާކޮއް އާރާސްތުކުރުމައްދޭ އެހީތަކުގެ ބޮޑުބައެއްވަންނާނީ މިކަން މެނޭޖުކުރަން ތިބޭ މީހުންގެ ޖީބައް އެއީ ޓްރަމްޕުގެ ޓީމު އިޒްރޭލުގެ ވެރިންވެސް ހިމެނޭގޮތައް އެހެންވެ އެމީހުންގެ މަސްލަހަތު މިހާރު އެންމެ ބޮޑީ ހަނގުރާމަ ނިމުމާ އަދި އާރާސްތުކުރުމުގެ މަސައްކަތް ފެށުމައް.
ޖުއްބާ
13 October 2025
ޝުުރިއްޔާ ރައީސް ޓްރަންޕް!!!!
އައިމަން މޫސާ
14 October 2025
ސުބުހާނައްﷲ. މި ބައި މީހުން މީ އެދުމެއް ނެތި ވެދުން ކުރާ ބައެއް ނޫން. މީނަ އަށް ޝުކުރު ހައްގު ވަންޏާ ފިރުއައުނަށްވެސް ޝުކުރު ހައްގު ވާނެ
ރެސިސްޓެންސް
13 October 2025
ޓްރަމްޕް އެވެ. ވަރުބަލިވެ އެކަހެރިވެެ ބާކީވީވެސް ކަލޭމެންނެވެ. އަހަރެމެންގެ އަޚުން މިނިވަންވެ ކަލޭމެންގެ ވަކިތަކުން ސަލާމަތްވަންދެން ﷲގެ ރަޙްމަތްފުޅާއެކު އަހަރެމެން ދެމިތިބޭނަމެވެ. އާޚިރުގައި ކާމިޔާބު ލިބޭނީ އީމާންތެރިންނަށެވެ. ޢަރަބި މުނާފިގުންނާ ގުޅިގެން ކަލޭމެން ރާވާ ހުރިހާ ރޭވުމެއް ﷲ ގެ ރަޙްމަތްފުޅުން ނެތިކުރައްވާނެއެވެ. އާމީން.
ޖުއްބާ
13 October 2025
ކަލޭމެން ދިވެހިންނައް ރަގަޅު އެއްގޮތެއްވެސް އޮވޭތަ؟؟
ހުސެއިން ޒާހިރްް
14 October 2025
އޭ ބަލަ ޖުއްބާ. ކަލޭ ހިތުން އަހަރުން މިއުޅެނީ އަހަރުން ދިވެހީންނަށް ރަނގަޅު ގޮތްތަށް ނުވެގެން ކަމަށްތަ؟ (ރެސިސްޓެންސް) ކޮށްފަ އިން ކޮމެންޓްގަ އެބައިންތަ މާ ބައިވަރު މޮޅެތި ރަނގަޅު ގޮތް ވާން؟ ކަލޭ ކަހަލަ މާތް ދިވެއްސަކު ދެން ބުނަންވީނު ރަނގަޅު ގޮތަކީ ކޮބައިކަން؟ ކަލޭ ކަހަލަ ބީތާ އަކަށް ނޭގޭނެ ކަންކަން ވަމުން ދާ ގޮތް. މިހެން ނިންމާލިޔަސް އަދިވެސް ފަލަސްތީނަށް ކުރާ ދުއްތުރާތައް ނުހުއްޓާނެ. އަހަރުން ނުދަންނަ ބައެއް ނޫނޭ އިސްރޭލަކީ.