އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި: އިޒްރޭލުން ވަނީ ޓްރަމްޕަށް އެންމެ މަތީ ޝަރަފް ދޭން ނިންމައި އެކަން އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2025 - 12:01
އިޒްރޭލުން ދޭން އެންމެ މަތީ މަދަނީ ޝަރަފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދޭން ނިންމައިފި އެވެ.
"ރައީސް ޓްރަމްޕުގެ ބުރަ މަސައްކަތުން އަހަރެމެންގެ މީހުން [ހަމާސް އިން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުން] ސަލާމަތްކުރުމުގެ އިތުރުން އަމާންކަމުގެ މައްޗަށް މުޅި މެދުއިރުމަތި ބިނާކުރުމުގެ ބިންގާ އަޅައިފި،" އިޒްރޭލުގެ ރައީސް އައިސެކް ހެރްޒާގް ނެރުނު ބަޔާނެއްގައިވެ އެވެ.
"އެހެންވެ [ޓްރަމްޕަށް] އިޒްރޭލުގެ ރައީސް ޝަރަފުގެ މެޑަލް އެރުވުމަކީ ލިބޭ ބޮޑު އުފަލެއް."
ހަމާސް އާއި އިޒްރޭލު ޓްރަމްޕުގެ ސުލަހައިގެ ޕްލޭނަށް އެއްބަސްވެ ހަމަލާތައް ހުއްޓާލުމަށް ފަހު މިއަދު އަސީރުން މިނިވަންކުރަން ތައްޔާރުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެވޯޑް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ޓްރަމްޕަށް އަރުވާނެ ކަމަށާއި މިއަދު އިޒްރޭލަށް ޓްރަމްޕު ވަޑައިގަތުމުން އެކަން ރަސްމީކޮށް އަންގާނެ ކަމަށެވެ.
ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނަކީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ފެށި ހަމަލާތައް ދާއިމީކޮށް ނިމުމަކަށް ގެންނާނެ ޕްލޭނެއް ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. މި ޕްލޭނުގެ ދަށުން މިއަދު އިޒްރޭލުގެ އަސީރުން މިނިވަންކުރާއިރު އިޒްރޭލަށް ވަޑައިގެން މަޑުކުރައްވާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަސީރުންގެ އާއިލާތަކާ ޓްރަމްޕު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އިޒްރޭލުގެ ރައީސްގެ އެވޯޑަކީ އިޒްރޭލަށް ނުވަތަ އިންސާނިއްޔަތަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މީގެ ކުރިން 2013 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއަސް ވެސް ވަނީ މި އެވޯޑް ދީފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަތަނީ
14 October 2025
ކެކެކެކެ. އެތައް އަހަރެއް ވަންދެން ބަންދު ކޮއްގެން ކާއެތިކޮޅުވެސް ޗެކްކޮއްފައި ނުނީ އެތެރެ ނުކުރެވޭ ގޮތައް ހަދާފައި އޮތް ބަޔަކާ އެންމެމޮޅު ހަތިޔާރުގައި ދެ އަހަރުވަންދެން ހަނގުރާމަ ކޮށް ހަނގުރާމައިގެ އެއެއްވެސް މަގުސަދެއް ހާސިލްނުވެ ފައިބާގެން ދާން ޖެހުނީމަ މޮޅުވީ ކޮންބައެއްކަން އެބައެނގޭ. އީރާނުގެ ހަަމަލާ އަރާ މީހުންތައް ޒަހަމްވެފައި އޮތްތަނަށް ފޮކްސް ނުއުސްގެ ކެމެރާ އަނބުރާލީމަ އެމީހުން ފައްސާލި މީހުންތީ. ތެދެއް ހަދާނެތަ؟
raajje
13 October 2025
ލަންޑަޔާވާނީ ލަނޑަޔާނުންދޯ، ބެންޖަމިންއާ ޓުރަންޕަކީ އެއްވަރުގެދޮގުހަދާ މުނާފިގުދެމީހުން، މިދެއަނިޔާވެރިންގެ އަޖަލުހަމަވެ މަރުވާތަންވެސް ދުނިޔޭގައިތިބި ބަޔަކަށްފެންނާނެދޯ
ރާވެރިބެ
13 October 2025
ޓްރަމްޕަށް 2026 ވަނަ އަހަރުގެ ސުލްހައިގެ ނޮބެލް އިނާމް ލިބުން ވަރަށް އެކަށީގެންވޭ. އަދި ފަލަސްތީނުގެ އޮނޮރަރީ ސިޓިޒަންޝިޕްވެސް ދޭ ވަރު ވެއްޖެ. ޓްރަމްގެ ރިސޯޓެއް ގާޒާގަ ހުލުވާފަ ޕަލަސްތީނުގެ ޒުވާނުންނަށް ވަޒީފާ ދެއްވަންވާނެ. ކުރީގަ ހަތިޔާރު ގެންގުޅުނު ހަމާސްގެ ޒުވާނުން ކުރާނެ މަސައްކަތް ހުންނަންވާނެ. އެންމެނަށް މަހަށް ނުދެވޭނެ.
ވަންބި
14 October 2025
ހިފައި ވެރިވެ ގަތުން ހުއްޓާލާފައި އެތައް އަހަރެއްވީ ޢައްޒާ ބަންދު ދޫކޮށްލާ. އޭރުން ޒުވާނުން ހަތިޔާރެއް ނުގެންގުޅޭނެ