ޓޫރިޒަމް މިނިސްޓަރު ތޯރިގް ޖީއެމް ފޯރަމްގައި މިއަދު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، އެ ދާއިރާ ކުރިއެރުވުމުގައި ރިސޯޓުތަކުގެ އިސްވެރިންގެ ދައުރު ވަރަށް މުހިއްމު ކަމަށް.--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
13 އޮކްޓޯބަރ 2025 - 21:49
ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބަށް ގެނައުމުގައި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ރިސޯޓު މެނޭޖަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާގައި މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމްގައި އޭނާ ވިދާޅުވީ، ރިސޯޓުތަކުގެ ހިދުމަތަކީ 24 ގަޑިއިރުގެ މަސައްކަތަށް ވާއިރު، އެކަން އެ ގޮތުގައި ކުރިއަށް ގެންދިއުމަށް މެނޭޖަރުން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ކުރިއެރުވުމުގައި ދުނިޔެ އަށް އަންނަ ބަދަލުތައް އިތުރަށް ބަލައި، އޭގެ ބޭނުން ވެސް ހިފަން ޖެހޭނެ ކަމަށެވެ.
ތޯރިގް ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިސޯޓުތަކުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އަބަދުވެސް ބޭނުންވަނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ އެކީގައި މަސައްކަތްކޮށް، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ ތެރެއިން އެ ދާއިރާ އަށް އިސްލާހުތައް ގެންނާށެވެ. އަދި ޓޫރިޒަމް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން އަބަދުވެސް ދާއިރާގެ ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ތޯރިގް ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް އެންމެ ޒަމާނީ ވަސީލަތްތައް ގެނެސް، ދާއިރާ ކުރިއެރުމުގެ މަސައްކަތްތައް އެ ދާއިރާގެ ފަރާތްތަކުން ކުރާއިރު، މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ހާއްސަ މަޝްރޫއެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، "މޯލްޑިވްސް 2.0" ގެ ނަމުގައި ފެށި އެ މަޝްރޫއުގެ ބޭނުމަކީ ހުރިހާ ގިންތިއެއްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ޒަމާނީ ވަސީލަތްތަކާ އެކު ހިދުމަތްތައް ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިސޯޓު މަސައްކަތު ސޮރު
14 October 2025
ބުރި ބިނދެންދެން ރިސޯޓުގަ މަސައްކަތްކޮށް ގައުމަށް ޑޮލަރު ވައްދާފަ އަހަރުމެން ބޭރަށް ދާންވީމަ ކަޅު ބާޒާރުގަ ވިއްސަށް އެކާވީހަށް ޑޮލަރު ގަންނަން މަޖުބޫރު ކުރުވި ރައީސަށް ފަށްފަށުން ޝުކުރިއްޔާ.
ރިސޯޓު ވޯކާސް ޕާޓީ
14 October 2025
ހަގީގަތަކީ، މިނިސްޓަރަށް ވާނުވާވެސް ނޭގޭ. މޮޅެތި ވާހަކަ ދައްކާއިރު، ރިސޯޓު ތަކުގަ މަސައްކަތް ކުރާ މުވައްޒަފުން ކާރީ އަހާބަލަ ތި މެނޭޖަރުންގެ ހާލަތު، ތި މަދު މީސްކޮޅަކީ މުޅި ގައުމުގެ ހަލާކު އިންޑަސްޓުރީގެ ހަލާކު.
ޖެނެރަލް މެނޭޖަރ
14 October 2025
ދިވެހި މެނޭޖް މަންޓުތަކުން ދަނީ،ދިވެހިންގެ މުސްތަގުބަލް ހަލާކު ކުރަމުން. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެމަންޒަރު. ޔެސް ސަރ ޔެސް ސަރ ތުރީ ބޭގުސް ފުލް!
ފުލެޓް
14 October 2025
ކޮބާ ބާ ރިސޯޓް މުވައްޒަފުން ދިން ފުލެޓްތައް?