24 ޖޫން 2025 - 08:22
ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ރޭ ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ސަރަހައްދުގެ ވައިގެ ސަރަހައްދަށް ބުރޫއަރާފައިވާއިރު، ރާއްޖޭގައި ތިބި އަދި އަންނަން ތިބި ޓޫރިސްޓުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު ރޭ ވަނީ ބަންދުކޮށްފަ އެވެ.
ނަމަވެސް، އީރާނުން ހަމަލާދިން ފަހުން، އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއިމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އޭގެ ކުރިން، ސަރަހައްދުގައި ވައިގެ ދަތުރުފަތުރުގެ މައި ހަބެއް ކަމަށްވާ، ގަތަރުގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލައިފަ އެވެ.
ނަމަވެސް، އެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާ އެކު، ގިނަ ފްލައިޓުތަކެއް އެހެން އެއާޕޯޓުތަކަށް ޑައިވާޓްކުރުމުގެ ސަބަބުން، ގިނަ އަދަދެއްގެ ފްލައިޓުތައް ވަނީ ޑިލޭވެފަ އެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ވިދާޅުވީ، މެދިއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖޭގައި ވެސް ރޭ ބައެއް ފްލައިޓުތައް ޑިލޭވިޔަސް، މިހާރު ފްލައިޓު އޮޕަރޭޝަންސްތައް އަލުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.
ނަމަވެސް، ހުޅަނގުގެ ގައުމުތަކުން މެދުއިރުމަތި ހުރަސްކޮށް ރާއްޖެއަށް އަންނަން ތިބި ޓޫރިސްޓުންނަށް ދިމާވެފައިވާ ހާލަތު ގާތުން ބަލަމުންދާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީ އެން ސީ
24 June 2025
ލަސްނުކޮށް ކޮމިޥަނެއް އުފަންދައި އެކޮމިޝަންގެ ރައީސްއަކަން އަހުރެން ހަމަޖައްސައިދީ މުސާރަ ނުދިމަސް އޯކޭ މަހަލު އެއްލައްކަ ޑޮލަރުގެ އިނާޔަތެއް އޯކޭވާނެ
އޮނަރަބްލް އަފީފު ދީދީ
24 June 2025
އެންމެ ފުރަތަމަކަމަކަށް ކުރާނެކަމަކީ ޤައުމީ އެއަރލައިން ކުންފުނި މޯލްޑިވިއަނުން ކ.އަތޮޅު މާލެއާއި އައްޑުއާއި ދޭތެރޭ "ކ.މާލެއަށް ކުލީ އަޅުން އުފުލުމަށް" ކުރާ ދަތުރުތަކުގެ އަގު 2 ގުނަ ކޮށްލުން. ކުންފުނިން ކުރާ އިސްރާފުކުޑަކޮށް ޙަރަދު ތިރިކޮށްލެވޭނެ އެތައް ކަމެއް ހުރިކަމުގައި ވިޔަސް ތިތަނުގެ ވެރިންނަށްތިބި އެއަރމޯލްޑިވްސްގެ ޓިކެޓިންގ ކައުންޓަރާއި ބެގެޖްޓެގް ކަޑަންތިބި ކުދިންނާއި ބޯޑިންގ ޕާސް ބުރިކުރަން ތިބިމީހުނަށް މިނޫންކަމެއް ކުރާކަށް ނުފެންނާނެ.