މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ: (ކ-ވ) ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު، ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު އަދި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް.---ފޮޓޯ: މަޖިލިސް
14 އޮކްޓޯބަރ 2025 - 13:38
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން މިއަދު ވާހަކަ ދައްކަވައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އާންމު ކުރަން ލާޒިމުވާ ގޮތަށް އޮޑިޓް ގާނޫނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ގިނަ މެމްބަރުން ވަނީ އެ ޒިންމާ އޮޑިޓާ ޖެނެރަލާ ހަވާލުކުރުމަކީ އެ އޮފީސް ސިޔާސީ ވެދާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"އެއްވެސް ގޮތަކަށް ބޭނުމެއް ނުވޭ އޮޑިޓާ ޖެނެރަލް ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ހުށަހެޅޭކަށް. ރެގިއުލޭޓް ކުރެވޭ ފަރާތަކީ އޮޑިޓާ ޖެނެރަލް ކަމަށް ވާ ނަމަ އޮޑިޓާ ޖެނެރަލްގެ މެންޑޭޓަށް އިތުރު ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް އެއީ،" މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މާލީ ބަޔާނެއްގައި ހިމަނާ މައުލޫމާތެއް ބަލައިގަތުމާއި ނުގަތުމާ ގުޅިގެން، އޮޑިޓާ ޖެނެރަލަށް ސިޔާސީ ފާޑުކިޔުންތައް އަމާޒުވެ، މުސްތަގިއްލު ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެ އިސްލާހުގެ ސަބަބުން ލިބިގެންދާނެ އެވެ.
އެކަމަށް ތާއީދު ކުރައްވައި، ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވީ އޮޑިޓް އޮފީހަކީ ވަރަށް މިނިވަންކޮށް މަސައްކަތް ކުރާ ތަނަކަށް ވާއިރު، ސިޔާސީ ވިސްނުމަކަށް ބަދަލުވެ، ފުށުއެރުންތަކެއް އަންނަން ބޭނުންނުވާ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: މަޖިލިސް
ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވެސް ވިދާޅުވީ ސަރުކާރުން މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ އެސެޓް ރިކަވަރީ ގާނޫނުން ދައުލަތުގެ ވެރިންގެ މާލީ ބަޔާންތައް އާންމުކުރާ ގުޅޭ ކަންކަން ހިމެނިގެންދާނެ ކަމަށެވެ.
"ވަކިވަކި ގާނޫނުތައް މިހެން އިސްލާހުކުރުމުގެ ބަދަލުގައި، އެސެޓް ޑެކްލެރޭޝަން ގާނޫނެއް އައިމަ މާ ފަސޭހަވާނެ އަދި ދުނިޔޭގެ އެހެން ތަންތަނުގަވެސް ކުރާ ގޮތް އެއީ، ހާއްސަ ގާނޫނެއްގެ ދަށުން އެސެޓް ޑިކްލެއާ ކުރަން،" އަޒާން ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: މަޖިލިސް
ކޮންމެ ފަހަރަކު އެތައް ގާނޫނަކަށް ބަދަލު ގެނައުމުގެ ބަދަލުގައި އެއް ގާނޫނަކުން، އެ މައްސަލަ ހައްލުކުރެވޭނެ މަގެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ޑރ. އަހުމަދު ޝަމްހީދު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
އެހެންވެ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާލީ އެ އިސްލާހުތަކާ ގުޅޭގޮތުން، އޮޑިޓާ ޖެނެރަލްގެ އިތުރުން އެޓާނީ ޖެނެރަލްގެ ލަފާ ވެސް ހޯދުމަށް ނިންމުމަށްފަހު އެވެ. މިިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ލާޒިމްވާ ގޮތަށް ގާނޫނު ބަދަލުކުރަން ކުޑޫ އިސްލާހެއް ހުށަހެޅުއްވިއިރު، ވަޒީރުންގެ މާލީ ބަޔާން ވެސް އޮޑިޓާ ޖެނެރަލަށް ހުށަހަޅައި، އާންމުކުރަން ލާޒިމްވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވެސް އިތުރު ބިލެއް ކުޑޫ އޮތީ ހުށަހަޅުއްވައިފަ އެވެ. އެ ބިލް ވެސް މަޖިލީހުން މިހާރު އޮތީ ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަލީލީ
15 October 2025
ވަގުންގެ ފޮށި ބާރަށް ބަންނާނެ
އަފްރާސިޔާބު
15 October 2025
އެހެންތާވާނީ. އެވެރިންގެ ތެރޭގައި ހިންގާ ކަރަޕްޝަން ހިންގެން މާލިއްޔަތު ކޮމިޓީއަށް ފަސޭހަ ނުވާނެ. އެއީ މާލިއްތަ ކޮމިޓީގައި ތިބޭއިރު އެފަދަ މުއައްސަސާތަކަށްދޭ ރިޝްވަތު ފަޅާއަރާފާނެތީ.
އިބިރަހިމާ
15 October 2025
އޮޑިޓަރ ޖެނެރަލް ގެ ވާހަކަ ނުދައްކާ. އޭނަ އަކީ ހަމަ ކުޅޭކުޅޭ އެއް. އެއްވެސް ބޮލެއް ހުރި މީހެއްނޫން. އެ އޮފީސް އެއްކޮށް އުވާލިޔަސް އެއްވެސް މައްސަލައެއް ނުޖެހޭނެ.
ފަލަޑޭ
14 October 2025
ތަކަން ބަލަން އެންމެ ރަގަޅުވާނީ ފަލާހު
މާކޮސް
14 October 2025
ބަލިވީމަ ބޭސް ކުރަންވީ އޯކޭ އެކަމަކު ޑޮކްޓަރ އަށް ދައްކައިގެން ބަލި ދެނެގަތުން މަނާ މީވެސް ބުއްދީގެ ހަމަ ތަކުން ތަސައްރަފު ފުދިފަ ތިބިބަޔަކު ލިޔެކިޔުމުން ފާސްކޮށް މުޖުތަމަޢު އެއްގައި ދިރިތިބި ބައެއްގެ މައްޗަށް އަމުރުކޮށް ހިންގާ ކަންކަން
އޮޑިޓަރު
14 October 2025
ތިޔަ ޖެނެރަލް އޮފީހަކަށް މިހާރު ވެސް ދައުލަތުގެ ވެރިން، މަޖިލިސް މެމްބަރުންގެ އެސެޓް ޑިކްލަރޭޝަން ހުށަހަޅަން އޮވޭ. އެތަނަށް ހުށަހެޅީމާ އެނިމުނީ. ލިބުނުކަން ނޯޓްކޮށްލުން ފިޔަވައި ދެން އިތުރު އެއްކަމެއްވެސް ނުކުރޭ. އެއޮފީހުގައި އެފައިލުތައް ބަލަހައްޓާ މީހާ ބުނި ވާހަކައެއް މީ.
ތުއްތުކަލޯ
15 October 2025
އެއީ އެތާއުޅޭ ނަސީމް ކިޔާ މީހެއްތަ؟
ކޮސް
14 October 2025
ކުޑޫގެ ހުށައެޅުން ބަލައިގަތީ ފަހުން ބޭރުކޮށްލަން ރާވައިގެން. ބަލައިނުގަތުމަކީ ކަރަޕުޓު ބައެކޭ އަމިއްލައަށް ބުނުން. އެހެންވީމަ ޖައްސާ ސުޓަންޓު މިއީ.
އޮޑީޓަރު
14 October 2025
ތަހުޒީބު ގައުމުތަކުގައި މުވައްސަސާތަކުގެ ވެރިންނާ އޮފީސްތަކުގެ ހުރިހާ އޮަޑިޓެެއް ކުރާނީ އޮޑިޓް އޮފީހުން!! އެއީ އެންމެ މިނިވަން ޕުރޮފެޝަނަލް ގޮތަކީ. މަޖުލިސް މެންބަރުން އެކަން ކުރަން ވެއްޖިއްޔާ އިތުރަށް ވާނީ ގޯސް.
ލޮއްލަ
14 October 2025
ކައިގެން ތިބީ. ނުކާ އެކަކުވެސް ނެތް. ނުކައި ހުރިމީހަކު ވިއްޔާ އެޔޮށް ގަނަތެޅެނީ. ދަތް ހުރި ދުވަހު ހަރުކޮށް ކެވޭނީ. ތަމެންނަށް ގެޓުވޭތަ މިކިޔާ އެއްޗެއް..؟
ހުސަ
14 October 2025
އޮޑިޓަ ޖެނެރަލް އާއި ޙަވާލުކުރީމާ ފަޅާއަރާލެއް ބޮޑުތަނުން ބޮޑުވާނެ! އެމީހުން ސުވާލު އުފައްދާ އެތައް ކަމެއްފެނި އެވާހަކަތައް ދައްކާ ބަލަން ބާރު އަޅާނެ! މިހެން މިކަން އޮންނާނެކަމަށް ފެންނާތީ ބިރުން "ވަގުން" އެމީހުންގެ "އަންބޮޑި" ވަރުގަދަޔަށް ބަންނަހެން ކަންކަންކުރަން އުޅޭނެ! މިއީ އާކަމެއްނޫން މިރާއްޖޭގައި! މިރާއްޖެއަކީ ކޮރަޕްޝަންގެ ހާއްޔެއް! ގިނައީ "ވަގުން"!