ވަންދޫގެ މީހުންތަކެއް ބަނދަރުމަތީގައި ޖައްސާލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 އޮކްޓޯބަރ 2025 - 12:05
ތ. ވަންދޫ މީހުން، އެ އަތޮޅާ ޖެހިގެން އޮތް ދ. ކުޑަހުވަދުއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު މިއަދު ވިދާޅުވީ، އެ ކައުންސިލުން އިސްނަގައިގެން ބައްދަލުވުންތައް ފެށީ، އެ ރަށަށް ބަދަލުވުމަށް ވަންދޫގެ ބައެއް މީހުން އަމިއްލައަށް ޝައުގުވެރިކަން ފާޅުކުރުމުން ކަމަށެވެ.
އެ ކައުންސިލުން ވަންދުއަށް ގޮސް، މިދިޔަ މަހުގެ 22 ވަނަ ދުވަހު ރަށުގެ ކައުންސިލާއި އާއްމުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ އެއީ ކުރިއަށް ގެންދެވިދާނެ މަޝްވަރާތަކެއް ކަމަށް ކަނޑައަޅައި، ކަމާގުޅުން ހުރި އިދާރާތަކާއެކު އެ ވާހަކަތައް ކުރިއަށްގެންދަން ނިންމައިފަ އެވެ.
ވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަމީން ވިދާޅުވީ ކުޑަހުވަދޫން ހުށަހެޅީ، ވަންދޫ މީހުން އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ އެ ރަށަކީ ކުޑަހުވަދޫ ކަމަށް އިހްތިޔާރުކޮށްދިނުމަށް ކަމަށެވެ.
އެކަމުގައި އާއްމުންގެ ހިޔާލު ހޯދަން ކައުންސިލުން އަންނަ ހަފުތާގައި ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ.
ވަންދޫގައި ރަޖިސްޓްރީވެފައިވަނީ 398 މީހުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީ އެއަށް ވުރެ މަދުވާނެ އެވެ.
އެ ރަށުން މީހުން ބަދަލުކުރުމުގެ ވާހަކަތައް ފެށިއިރު، ވިޔަފާރީގައި ކުރިއަރާފައިވާ ކުޑަހުވަދޫން އަންނަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އޭގެ ފުރަތަމަ ފިޔަވަހީގައި، ރަށުން ބޭރު މީހުންނަށް ވެސް ގަނެވޭ ގޮތަށް މި ފަހުން ވަނީ ހައުސިން މަޝްރޫއެއް އެ ރަށުގައި ފަށައިފަ އެވެ.
ކުޑަހުވަދޫގެ ދާއިމީ އެޑްރެސްގައި މި ވަގުތު 3،600 މީހުން އެބަތިއްބެވެ. އެކަމަކު، އެހެން ރަށްރަށާ ހިލާފަށް އެ ރަށުގައި ދިރިއުޅޭ މީހުން ގިނަ އެވެ.
ޖާދުﷲ މީގެ ކުރިން "މިހާރު"އަށް ވިދާޅުވީ ކުޑަހުވަދޫގައި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި އެ އަދަދު 10،000 އަށް އިތުރުކުރުމަކީ ކައުންސިލްގެ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަންދޫ
15 October 2025
ކުޑަހުވަދޫ ކައުންސިލުން ތިޔަ އިސްނެގީ ނަމޫނާ މަސައްކަތެއް. ސާބިތުކަން ދެއްވާށި.
ކަނޑުން ގޯތި
15 October 2025
ޖާދުﷲ ހަމީދުކައިރީގައި އަހާލަން ބޭނުން ވަންދޫ މީހުން ކުޑަހުވަދޫއަށް ހިޖުރަކުރަން ބޭނުންވެއްޖެނަމަ އެފަރާތްތަކަށް ބިންކަނޑާފައި ދެނީ ފަޅުތެރެއިން ތޯ؟ ކީއްވެގެން ތޯ އަމިއްލަ އަތޮޅުގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިޔަ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އިސްކަން ނުދެނީ؟ ބަނޑިދޫ ގާޒީ އާމިރުހެން މަކަރުހަދައިގެން ތޯ ތިޔަ ރަށުން ގޯތިލިބެނީ ރަށުން ބޭރު މީހުންނަށް؟
އަބްޑޫޅް +
15 October 2025
ކިޔެއްވެގެންތަ، މި ބީރަށްޓެހީން، ފުރަމާލެ އަށް ބަދަލު ނުވަނީ؟
މުޞްލިޙް 87
15 October 2025
މިއީ އަސްލުގައި ރައްޔިތުން ބާރުވެރިވުމަކީ. އެކުވެރިވެ އެއްބައިވުމަކީ ގަދަފަދަ ބާރެއް. ވަކިވަކިން ކުދިކުދި އާބާދީގައި އުޅުމުގެ ނިކަމެތިކަން ލޯ މައްޗަށް ފެނި ތަޖުރިބާ ވެވިވެވި ތިބޭ އިރު ވެސް އެކަމަށް އަޅައިނުލުމަކީ، ތިމާ އޮންނާނެ ކަށްވަޅު އަމިއްލަ ދެ އަތުން ކޮނުން ފަދަ ކަމެއް. މަރުކަޒީ ސަރުކާރު ސައިޒަށް ތިރިކުރަން އެދޭ ނަމަ، ރައްޔިތުން އަމިއްލަ އަށް އިސްނަގައި މާލޭ ފަދަ ދެ ވަނަ އާބާދެއް ސުމަކުން ނަމަވެސް ފަށައިގެން ގާއިމުކުރަން މާ ލަސް ވެސްވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
15 October 2025
ތ.އަތޮޅު ތޭރަރަށާއި ބ.އަތޮޅު 13 ރަށް އަދި ފ.އަތޮޅާއި ވ.އަތޮޅުން އާބާދީގައި 1000 މީހުންހަމަނުވާ ހުރިހާ ރަށެއްގެ މީހުން އެއަތޮޅުތަކުގެ ބިންބޮޑު 2 ނުވަތަ ތިންރަށަކަށް ބަދަލުކުރަން ރައީސްގެ ޤަރާރަކުން ކަޑައަޅާ މިއަހަރު މިކަންފައްޓަވާ 2028 ގެކުރިން މިކަންކޮށްނިންމުން ރަނގަޅު. މިގޮތަށްބަދަލުކުރާ ރަށްރަށުގެ ރައްޔިތުންގެތެރެއިން ރަށުގައި ގޯތިއޮތް ކޮންމެމީހަކަށް ބަދަލުވާރަށުން އެސައިޒުގެ ބިމެއްގައި 4 ކޮޓަރީގެގެއެއް ދައުލަތުގެ ޙަރަދުގައި އަޅާދެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
15 October 2025
އާބާދީ އެއްފަސްކުރަން ފަށައިގަތުމަށް މަތީގައިދެންނެވި 3 އަތޮޅުގެ ކުދިއާބާދީތަކަށް އަދުލުވެރި ބަދަލުދީ، ބަދަލުގެގޮތުގައި އެމީހުނަށްދޭ ބިމުގައި 4 ކޮޓަރީގެ ގެއެއް އެޅުމުގެ އިތުރުން 5 އަހަރުވަންދެން ކަރަންޓާއި ފެން ބިލުން %50 ގެ ޑިސްކައުންޓްދީ ކަޑައެޅޭ އުސޫލަކަށް އެސްޓީއޯގެ ފަރާތުން ހަނޑޫ ފުށް (ހަކުރު ދީގެންނުވާނެ) އަދި ކައްކާ ގޭސް ދިނުން ރަނގަޅު. ފައިސާގެ އެލަވަންސްދިނުމަކީ ވައްކަމާއި ޙިޔާނާތަށް މަގުފަހިވާނެކަމަކަށްވާތީ ފައިސާދޭނެ ކަމެއްނެތް.
ނާޑުވާ
15 October 2025
މާމޮޅަށް ކަންކަން އެނގިގެން ރޯނުއެދުރު ހެދިގެން ނޫޅެ ތިމާގެ ރަށުގެ ކަންކަން ރަނގަޅު ކޮށްލެވޭތޯ ބަލާބަލަ. މާލޭ މީހުންގެ ބިމުގެ އަގާ ލޯނުނަގައިގެން އިމާރާތްކޮށް ހަމަ އަގުގަ ކުއްޔަށްދީ އާމްދަނީ އިތުރުކޮށް ތަނަވަސް ދިރިއުޅުން އުޅެނީ ބުއްދި ރަނގަޅުވީމަ. 40 އަހަރު ގޯތިނުދީ ހިފަހައްޓާލައިގެންވެސް އަހަރުމެން މި ދެމިގަތީ. ބައިލައްކަ ބޮޑުތި ބިންތަކާ ވާރުތަ ބިންތައް ތިބި މީހުން ތޮޔަ އުޅޭ ގޮތެއް ދޯ?
ސަހަރޯއި
15 October 2025
ޢެ3 އަތޅުގަ ނޫނަސް ކުދިއާބާދީ އުޅޭ.
އޮނަރަބްލް އަފީފު ދީދީ
15 October 2025
މިދެންނެވި 3 އަތޮޅު އެއްފަސްކުރުމާއި އެކުއެކީގައި 50 އަހަރުގެ ޤައުމީތަރައްޤީގެ މަޝްރޫއުތައް އަމާޒުކުރާނީ ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތަކަށާއި ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، ފުވައްމުލައް އަދި އައްޑޫސިޓީ އަށް ކަމަށް ކަޑައަޅާ ކ.އަތޮޅު ކަނޑު ފަޅުހިއްކުމާއި ފުލެޓްއެޅުން ހުއްޓާލާ.
މޮޔަވޭ
15 October 2025
ކޮބާ ކުޅުދުއްފުށި.