"ދަ ތާޖް ސްޓޯރީ"ގެ ޕޯސްޓަރެއް.
17 އޮކްޓޯބަރ 2025 - 09:07
ތާޖް މަހަލްއަކީ ހިންދޫންގެ ކުރީގެ ފައްޅިއެއް ހުރި ތަނެއް ކަމަށް ބުނާ ފިލްމެއް އިންޑިއާގައި އުފައްދައިފި އެވެ.
ބޮލީވުޑްގެ އެކްޓަރު ޕަރޭޝް ރަވާލް ލީޑް ރޯލު ކުޅޭ އެ ފިލްމަށް ކިޔަނީ "ދަ ތާޖު ސްޓޯރީ" އެވެ. އަދި އެ ފިލްމުގެ ޓްރެއިލާ ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
"ދަ ތާޖް ސްޓޯރީ"އަކީ އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީއަށް ޕްރޮޕެގެންޑާ ފިލްމުތައް ކަމަށްވާ "ޖަންސަންކިޔާ" އާއި "މޯދީ ކާކާ ކާ ގާއޮ" ކަހަލަ ފިލްމުތައް އުފައްދައިދިން ތުޝާރް އަމްރިޝް ގޮއެލް ޑައިރެކްޓުކުރި ފިލްމެކެވެ.
އިއްޔެ އާންމުކުރި އެ ފިލްމުގެ ޓްރެއިލާގައި ބުނާ ގޮތުގައި، އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
އެ ފިލްމުގައި ދައްކަނީ ތާޖް މަހަލްގެ ގައިޑަކަށް އުޅުނު ވިޝްނޫ ދާސް (ޕަރޭޝް) ކިޔާ މީހަކު ތާޖް މަހަލްގެ އަސްލާ މެދުގައި ސުވާލު އުފައްދާ ތަނެވެ. އެތަނަކީ ހިންދޫ ދީނުގެ ފައްޅިއެއް ކުރިން ހުރި ތަނަކަށް ވެދާނެ ކަމަށް ބުނެ އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅަ އެވެ. އެއާ އެކު ކޯޓުގައި ހިނގާ ޝަރީއަތް ދައްކަ އެވެ.
ތާޖް މަހަލްގެ އަސްލާ މެދުގައި ސުވާލު އުފައްދާ މި ފިލްމާ ގުޅިގެން އިންޑިއާގައި ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި މިއީ ބީޖޭޕީން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަން ނެރޭ ފިލްމެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން، އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ސުވަނިމް ގްލޯބަލް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ފިލްމުގައި ދީނީ އެއްވެސް ކަމަކާ މެދުގައި ސުވާލު ނުއުފައްދާނެ ކަމަށާއި އަދި ތާޖް މަހަލްގައި ހިންދޫންގެ ފައްޅިއެއް ހުރި ކަމަށް ވެސް ދައުވާ ނުކުރާނެ ކަމަށެވެ. އެ ފިލްމުގައި ދައްކާނީ ތާރީހުން ފެންނަން ހުރި ހަގީގަތްތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ދަ ތާޖް ސްޓޯރީ" ސިނަމާތަކުގައި ދައްކަން ފަށަނީ މި މަހު 31 ގަ އެވެ.
އިންޑިއާގެ އާގަރާގައި ހުންނަ ތާރީޚީ ބިނާ، ތާޖް މަހަލްއަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޝާހް ޖަހަން 1631 ވަނަ އަހަރާ 1648 ވަނަ އަހަރާ ދެމެދުގައި އިމާރާތްކުރެއްވި ތަނެކެވެ. އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަހަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.
ތާޖް މަހަލްއަކީ އިންޑިއާގައި ހުރި، މުސްލިމުންގެ ފަންނުވެރިކަން ދައްކުވައިދޭ އެންމެ ހާއްސަ އިމާރާތެވެ.
ތާޖް މަހަލްއަކީ އިންޑިއާއަށް ދާ ޓޫރިސްޓުންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ބިނާ އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އެތަން ބަލައިލަން ޒިޔާރަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަގަޅު
20 October 2025
އިންޑިޔާގެ ތާރީހުވެސް އެއްމެ ރަގަޅަށް ދަންނަ ބަޔަކީ ދިވެހިން . އަކަމަކު ޗާގޯސް ގެ ވާހަކަ އެއީ މިމީހުން ދަންނަ ވާހަކަ އެއް ނޫން
ހަސަނާ ކަލޯ
17 October 2025
މިދެން ކިހާ ދެރަކަމެއް. މުޅި އިންޑިޔާގެ ފަސްގަނޑުގަ ތިޔަ އޮތީ ހަސަނުގެ ދެފައެއް ނުން..މަންދިރެއް ނޫނީ ކަލާނގެއެއް އުފަން ނުވާ ތަނެއް ނެތް..
މޮގޮމްބޯ
20 October 2025
ރަގަޅު އިންޑިޔާގެ ބިން އެވަނީ ޕާކިސްތާން ކިޔާ ގައުމަކާއި، ބަންގުލާދޭޝް ކިޔާ ގައުމެއް ހަދާ އެގައުމު ބައިބައި ކޮއްފަ، އެކަމަކު ވީ މޮޅެއް ނެއް، އަދިވެސް ކަޝްމީރު އަތުލަން މިހާރު އެ އުޅެނީ.
އިންޑިއާސް
17 October 2025
ހިންދޫންނާ ޔަހޫދީންގެ ސްޕެޝަލިޓީ - ތާރީޚް އެމީހުން ބޭނުންވާގޮތަށް ލިޔުން.
ނާންބަރި
17 October 2025
ކަލޭމެންގެ އަދި މާބޮޑު ސްޕެޝަލިޓީއެއް ތިކަމަކީ؟