ްކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގާ އިމާރާތަށް މީހަކު ވަންނަނީ: ކްރިމިނަލް ކޯޓުގައި ވެސް ނުނިމި ހުރި މައްސަލަތަކުގެ ތަފުސީލް މަޖިލިހުގެ މިނިވަން މުައައްސަސާތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް ވަނީ އައިސްފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
17 އޮކްޓޯބަރ 2025 - 21:42
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތް އަދި މައްސަލަތައް ބެލުމުގެ ސްޕީޑު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ މަޖިލިހުގެ މެމްބަރަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި މިހާރު ނިމިފައި ހުރި މައްސަލަ ނިންމުމުގައި އަމަލު ކޮށްފައިވާ ގޮތް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ އެ ކޯޓުތަކުގެ މަސައްކަތްތަކުގެ ސްޕީޑު ލަސްވެފައި ހުރުމުން، މަސައްކަތްތައް އަވަސްކުރެވޭ މަގެއް ހޯދުން ކަމަށް މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލިއިރު ވެސް ކުދިކުދި މައްސަލަތައް ނިންމާފައި ބޮޑެތި މައްސަލަތައް ވަކިކޮޅެއްގައި ނުޖައްސައި ބަހައްޓާފައި އެބަހުރި. އޭގެ ތެރޭގައި މަދަނީ ބޮޑެތި މައްސަލަތަކާއި ޖިނާއީ ވަރަށް ބޮޑެތި ތުހުމަތުތަކުގައި ގޮތެއް ނުނިންމައި އެތައް ދުވަހެއް ކޮށްފައިވޭ،" މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ މައްސަލަތައް ނުނިމި މިހާ ދުވަސްވާ ސަބަބު ބަލައި އަދި ކޯޓުތައް ވެސް ޒިންމާދާރު ކުރުވޭނެ ގޮތެއް ބެލުން."
ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ.
ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަލް ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެވަނަ ސަބަބަކީ މުސާރަ އާއި އިނާޔަތްތައް ބޮޑު ނުވާތީ ކޯޓުތަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބުމެވެ.
ރިޒާ ވިދާޅުވީ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ 2008 ގެ ފަހުން އެއްގޮތަކަށް ވެސް ބޮޑު ނުވާ ކަމަށެވެ. އަދުލު އިންސާފު ގާއިމްކުރުމާ ބެހޭ އެހެން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެހެންވީމާ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައްސަލަތައް ލަސްވާ ތިންވަނަ ސަބަބަކީ ރިޒާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ގޯސްވުމާއި އިމާރާތްތައް އެކަށީގެންވާ ވަރަށް ނެތުމެވެ.
ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ މީގެ ކުރިން ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީއާ އެތައް ފަހަރަކު ސުވާލުކުރި އެވެ. ރިޒާ މިއަދު ހުށަހެޅުއްވި ގިނަ ޝަކުވާތަކަކީ ކުރިން ބޭއްވި ބައެއް ބައްދަލުވުންތަަކުގައި ވެސް ޖޭއެސްސީން ތަކުރާރުކޮށް ހުށަހަޅާފައިވާ ޝަކުވާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްވަތަން
18 October 2025
ނުކިޔަވާތިބި ޖާހިލުންނާއި ވަގުން ރައްޔަތުންގެ މަޖްލިސް އަށްހޮވާފައި އެތިބީ، ދެން އެމީންހަދާނެއެއްޗެ ހަދަމުންދާނީ،
ޑރ ވާންޗޯ
18 October 2025
މަބުނާނެ ވާހަކައެއްނެތް ކޯޓުތަކަށް އަތްނުބޭނުނިއްޔާ ފައިވެސްބާނާތި!!!!.
ޑރ ވާންޗޯ
18 October 2025
ޕީޖީ ތިޔޮއްގަންނަ ގަނޑެއްނޫންތޯ ފުރަތަމަ ބަލަންވީކީ؟. އުމުރު ދުވަހުގެ ޖަލުހުކުމް އަންނަވަރުގެމީހުންގެ ސަރީއަތްނިމި ހުކުމްކުރާހިސާބަށްދިޔައީމަ ވިއްސަކަށް މައްސަލަ އަނބުރާގެންގޮސްގެން އެމީހަކު ސަލާމަތްކުރަން އުޅުމަކީ ކޮރަޕްސަނައް ނުފެތެނީތޯ؟.
ފަރުދޭސީ
18 October 2025
ކޯޓްތައް ހިންގުން މެންބަރުންނާ ހަވާލު ކުރަން ފެނޭ
ރާވެރިބެ
18 October 2025
ކޯޓުތަކުގަ ހިގާ މައްސަލަތަކުގެ ތެރެއަށް ސަރުކާރާ މަޖިލިސްއަށް ވަދެވިގެން ނުވާނެ. މައްސަލަ ލަސްވވިޔަސް އަވަސް ވިޔަސް ވަރިހަމަ. އެކަން ބަލާނީ ޖޭއެސްސީ އިން. އެތާ މަޖިލިސްގެ މެމްބަރެއް ހުންނަނީ ކަމަކު. ހަމަ އެއްޗެކޭ ކިޔާފަ ކޯޓުތަކަށް ނުފޫޒު ތި ފޯރުވެނީ!
ހުތްއަލީ
18 October 2025
"ކުދިކުދި މައްސަލަތައް ނިންމާފައި ބޮޑެތި މައްސަލަތައް ވަކިކޮޅެއްގައި ނުޖައްސައި ބަހައްޓާފައި އެބަހުރި" މީސަތޭކައިގެ ވާހަކައެއް. ސިވިލްކޯޓުން ބޭންކު މައްސަލަތައް ނިންމައިގެން މިކިޔަނީ ގިނައިން މައްސަލަ ނިންމީމޭ. މަސައްކަތުގެ ރޭޓު ހުރީ 10ވަނަ ގިޔަރުގައޭ. އެކަމަކު ބައެއް މައްސަލަ ހުކުމްނުކޮށް ހުރެ ކުދި މައްސަލަތައް ނިންމަނިންމަ ހުންނަނީ. ދިރާސާގަޔޯ. ވަރެއްގެ ދިރާސާއެއްތާ އަހަރު ދެއަހަރު އެކުރަނީ. ޒިންމާ އަދާނުކުރެވެންޏާ އެއްފަރާތްވީމަ ރަނގަޅުވާނީ.
ސަދޫމް
18 October 2025
ބުނަން ރަނގަޅުވާހަކަޔެއް މުއައްސަސާތަކެއް މިނިވަނެއްނުވާނެ ރުފިޔާފެންނަ ހާދުވަހަކު ސަރުކާރާއެކީ ތިކިޔާ ބޮޑުމުސާރަނަގައިގެން ތިބޭ މިނިވަން މުއައްސަސާތައް އެއިރަކު ވެރިޔަކައް ހުންނަމީހާގެ ޖީބައްފުއްމާލާނެ ދެން ކޮންމިނިވަނެއް ވާނީ ދިވެހިން ގަމާރުވީމަ ވާގޮއިތްމީ މާލޭގެ ސިޓީކައުންސިލްގަ އެބަތިބި އަމިއްލަ ނަންއަޅަން ނޭންގޭ މީހުން ހޮވާފަ ވަރައްސަލާމް
ާއުދުހޭ
18 October 2025
ޕްރޮސެކޮއުޓަރ ޖެނެރަލް ސަލާމަތްކުރަން އުޅުން މީހާ ސަލާމަތްނުވީމަ ގާޒީ ވަޒީފާއިން ވަކިކުރަންބާ މިއުޅެނީ؟
ނާއިބުކަލޭގެ
18 October 2025
ފުރަތަމަ ބަލަންވީ ޕްރޮސެކިއުޓަރ ޖެނެރަލާއި އެ އޮފީހުގެ ވަކީލުން އަމަލުކުރާ ގޮތް. އަދީބު ދޫވިގޮތް. އިހަށް ދުވަހު މުޖުރިމެއް ސަލާމަތްކުރަން އުޅުނީ ކޮންކަމެއް ލައިގަނެގެންތޯ. ވަކި ބަޔަކާ ޖެހުނީމާ އެއްބަސްވުމަކުން ނިމެނީ ކީއްވެތޯ. އޭގެފަހުން ތިކަންވެސް ބަލަންވީ.
ކެމަރަން
18 October 2025
ޢަތްބާނަނީތޯ.