މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ މާކްސް އެންމެ ގިނައިން ހޯއްދެވި ތިން ބޭފުޅުން (ކ-ވ) ފަރުޝަތު، ސަރާހަތު އަދި ސޮފާ
20 އޮކްޓޯބަރ 2025 - 12:31
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މާކްސްދީ، ތިން ނަމެއް ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅުންނެވެ.
އެ ތިން ބޭފުޅުންނަކީ:
- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު) - 90.50 ޕަސެންޓް
- ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް) - 88.88 ޕަސެންޓް
- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު) - 87.88 ޕަސެންޓް
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެމްބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
މީޑިއާތަކުގެ ފަރާތުން ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލަ އެވެ.
މީޑިއާ ކޮމިޝަންގައި މީޑިއާތައް ތަމްސީލް ކުރާ ހަތަރު މެމްބަރުން:
ބްރޯޑްކާސްޓިން ކެޓަގަރީ
- އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ
- ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލަ
އޮންލައިން ކެޓަގަރީ
- ސިމާހާ ނަސީމް- ގދ. ރަތަފަންދޫ، ވެލީގޭ
- ހުސައިން ސަގީފް- ހދ. ވައިކަރަދޫ، ހިސާން
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ އަދި އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނެޕޮޓިޒޯމް
20 October 2025
ހުރިހާ ސަރުކާރަކަށް ބަލަދު އަރާ ބޭޅުން ކޮޅެއް ދެއްތޯ؟
ބޮޑުބެގެ ބެއްޔާ
20 October 2025
ސަފާއަކީވެސް ބަލަދު އަރާ މީހެއް.
ބަނުނީ
20 October 2025
ފަރުޝަތަކީ އެމްޑީޕީ މީހެއް. އޭނަ ރައީސް މުއިއްޒަށާއި މި ސަރުކާރަކަށް ހެވެއް ނޭދޭނެ. އޭނަ ބޭރުކުރޭ!
ޗަޕް
20 October 2025
މިސަރުކާރުގައި އެމްޑީޕީ ގެ ސްޓޭޓް މިނިސްޓަރުންނަށް އުޅުނު ކިތައް މީހުން ތިބިކަން އެގޭތަ؟ ވަޒީފާ މިހާރުދޭ ގިނަ މީހުންނަކީ އެމްޑީޕީ މީހުން. ކުޑަކުދިންގެ އޮމްބަޑްޕާސަން ކަހަލަ މަގާމްތައްދިނީވެސް ލޭގެ ބަދަލުގައި ރީނދޫކުލަ ގައިގައި ހުންނަ މީހުންނަށް. ބޭރު އެމްބަސީތަކުގައި މުޅިން އެތިބީ އެމްޑީޕީ މީހުން.
ހިލާލް
20 October 2025
ކޮމިޝަންގެ މުވައްޒަފުންގެ ދުވަސް ތިޔަ ދިޔައީ
ސަނައްޓޭ
20 October 2025
މި ސަރާހާތު ކޮންމެ ވެރިކަމެއްގަ ވެސް ކޮންމެވެސް ކޮމިޝަނެއްގަ އިނދޭ. އަޖައިބެއް ކަހަލަ ކަމެއް.މީވެސް
ސަރާހަތު
20 October 2025
ހަސަދަވެރިނުވޭ! އޭނާޔަށް އެމަޤާމު ޙައްޤްވީމާ ހުރިހާ ސަރުކާރަކުންވެސް ދޭނެ. ތިބާވެސް ކިޔަވާމޮޅުވެ، ދާއިރާއިން ކުރިޔަށްދާން މަސައްކަތްކުރޭ،، މީހަކަށް ކަމެއް ލިބުނީމަ އުފާކުރަންވާނީ.. ހަސަދަވެރިވާކަށް ނުޥާނެ..
ކޮމިޝަން ސްޓާފް
21 October 2025
ކޮރަޕްޓް މީހެއް އެއީ، ކިޔަވާގެން ނަމަކަށް، އިލްމީ މީހެއްނޫން، ސިޔާސީ އެކްޓިވިސްޓެއް އެއީ