ޚަބަރު / ތަރައްގީގެ މަޝްރޫއުތައް

ހިތަދު އާއި ކުނަހަންދޫ އަދި މެންދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި

ހިތަދޫ- ކުނަހަންދޫ- މަންދޫގެ ކޯޒްވޭގެ މަސައްކަތް ފަށަނީ: އެ މަޝްރޫއު 500 ދުވަސް ތެރޭގައި ނިންމާނެ ކަމަށް އެމްޓީސީސީން ބުނޭ --- ފޮޓޯ/އެމްޓީސީސީ

ލ. ހިތަދު އާއި ކުނަހަންދޫ އަދި މެންދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ވެސް ކުރި އެވެ. އެގޮތުން އެ މަޝްރޫއު 2019 ވަނަ އަހަރު ބަޔަކާ ހަވާލު ކުރިޔަސް، 2023 ވަނަ އަހަރާ ހަމައަށް ވެސް އެ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެ އެވެ.

ލ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޯޒްވޭގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ކުރިއަށް ނުގެންދެވި އޮތަސް، ދެން ވަރަށް ހަލުވިކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށެވެ.

އެމްޓީސީސީއާ މިހާރު ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގައި ކުނަހަންދޫ އާއި މެންދޫއާ ދެމެދު 210 މީޓަރުގެ ކޯޒްވޭއަކާއި މެންދޫ އާއި ހިތަދޫއާ ދެމެދު 75 މީޓަރު ދިގު ކޯޒްވޭއެއް ގާއިމް ކުރާނެ އެވެ. އަދި ވެހިކަލްތައް ދުއްވާ ސަރަަހައްދުގެ ފުޅާމިނަކީ 7.80 މީޓަރެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި 81.2 މިލިއަން ރުފިޔާގެ އެ މަޝްރޫއުއަކީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

ލ. ހިތަދޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ހިތަދޫގައި ކުރިއަށްދާ އިތުރު މަޝްރޫއުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގައި ހަތަރު ވޯޑާއި ޕަބްލިކް ހެލްތު ޔުނިޓާއި ލެބޯޓްރީ ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެއީ އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެރަށުގެ ސްކޫލު އިމާރާތުގެ މަސައްކަތުގައި ވެސް ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ސަރަހައްދުގައި އެއާޕޯޓު އަޅާނެ ވަކި ރަށެއް ސަރުކާރުން މިހާތަނަށް ނުނިންމާ ކަމަށެވެ. އެކަަމަކު އެ މަޝްރޫއު ކުރިއަށް ގެންދާނީ ދެކޮޅު ޖެހޭ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތި ބޭފުޅުންގެ ފަރާތުން ވެސް އެބައޮތް ވަރަށް ރަނގަޅު ޕްރޮޕޯސަލެއް ދެކޮޅު ޖެހޭ ފީޒިބަލް ޕްރޮޕޯސަލެއް ހުށަހަޅުއްވާފައި. އޭގައި އެބަހުރި ހުރިހާ އޭންގަލަކަށް ވިސްނަވައިގެން ހުށަހަޅުއްވާފައި." އެއާޕޯޓް އެޅުމާ ގުޅޭގޮތުން ހިތަދޫން ހުށަހަޅާފައިވާ ޕްރޮޕޯޒަލާ ގުޅިގެން ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ހިތަދޫއަށް ކުރިން ވައުދުވެވަޑައިގަތް އިތުރު މަސައްކަތްތައް ފެށުމަށް މިވަގުތު ސޮއި ނުކުރިޔަސް، އެ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ހިތަދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅައިފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންޒުލް އަދަބު

20 October 2025

އައްޑޫ ބްރިޖް އަޅަން ވަޢުދުވެފައި ދެން ބައިބައި ކުރަންފެށީ!! މިސަރުކާރުން ވަޢުދުވި ގޮތާއި އެއްގޮތަށް އެއްކަމެއްވެސް ނުކުރެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454