ޚަބަރު / ބައްސާމް

ބައްސާމަށް ކުރާ ދައުވާއެއްގެ އަދަބު ބޮޑުވާ ގޮތަށް ދައުވާ އިސްލާހުކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާއަށް ކުރާ ދައުވާއެއްގެ އަދަބާ ގުޅޭ މާއްދާ ވަނީ އަދަބު ބޮޑުވާ ގޮތަށް އިސްލާހުކޮށްފައި. -- މިހާރު ފައިލް ފޮޓޯ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލާގައި އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އަދަބު ބަޔާންކުރުމުގައި ދައުލަތަށް ހެދިފައިވާ ކުށެއް އިސްލާހުކުރަން ކްރިމިނަލް ކޯޓުން ހުއްދަ ދީފި އެވެ.

ބައްސާމް، އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާ އުފުލާފައިވެ އެވެ.

ދައުލަތުން ހިޔާނާތުގެ ދައުވާގައި އަދަބު ބަޔާންކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ހިޔާނާތްވި މުދަލުގެ އަގު 50،000ރ. އަށްވުރެ މަތިވާ ނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެ ނޫން ވެސް އިންޖީނު އެޅި އުޅަނދެއްކަމުގައިވާ ނަމަ، އެ ކުށަކީ، ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށް ލުމެވެ.

ނަމަވެސް، މިއަދު މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ބުނީ ބައްސާމް ހިޔާނާތްތެރިވި ފައިސާގެ އަދަދު 500،000ރ. އަށް ވުރެ މަތި ކަމަށެވެ. އެހެންވެ ދައުވާގައި ކުށް ބަޔާންކުރާ މާއްދާއަކީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރު ކަމަށް ބުންޏެވެ.

އެ މާއްދާގައި ބުނަނީ ހިޔާނާތްތެރިވި މުދަލުގެ އަގު 500،0000ރ. އަށް ވުރެ މަތިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށް ލުމެވެ.

ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ ދައުލަތުން އެދޭ ގޮތަށް ކުށުގެ އަދަބު ކަނޑައަޅާ މާއްދާ އިސްލާހު ކުރަން ކޯޓުން ހުއްދަ ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ތަންދޭ ކަމަށެވެ. ދައުވާ ހުށަހެޅިއިރު، އަދަބު ބަޔާންކުރާ މާއްދާގެ ގޮތުގައި ނުބައި މާއްދާއެއް ހިމެނިފައި އޮތީ "ހިއުމަން އެރާ"އެއްގެ ސަބަބުން ކަމަށާއި އެކަން އިސްލާހު ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބައްސާމްގެ ވަކީލުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ވަކީލް ވިދާޅުވީ އެކަން އިސްލާހު ކުރަން ހުށަހަޅަން އެކަށީގެންވާ ވަގުތު ފާއިތުވެއްޖެ ކަމަށާއި އިބްތިދާއީ މަރުހަލާގެ ކުރިން އެކަމަށް ހުށަހެޅި ނަމަ، ދެކޮޅު ނުހެދީސް ކަމަށެވެ. ބޮޑު ދައުލަތެއް، ނިކަމެތި އާންމު މީހަކާ ދެކޮޅަށް އެތައް ސަތޭކަ ވަކީލުންނާ އެކު ތައްޔާރުކުރާ މައްސަލައެއްގައި އެފަދަ ކުށެއް އޮވެ، އެ އިސްލާހުކުރަން އެހާ ގިނަ ދުވަސްވަން ދެން ހުށަނާޅާ އޮތް އޮތުން ބަލައިނުގަނެވޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމަކު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 91 ވަނަ މާއްދާއާ ހަވާލާދީ، މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދައުލަތަށް އެ ހުއްދަ ދިނުމަށެވެ. އެހެންވެ މިހާރު ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާއަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައަށް ފެތޭ ދައުވާއެކެވެ.

ބައްސާމްގެ މައްޗަށް މިހާރު ވެސް ހިޔާނާތުގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހާލަތުގައި މިހާރު ކުރިއަށްދާ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު މަތިކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ދައުވާއަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ކުރާއިރު އެ ކުށުގެ އަދަބަކީ 100,000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި މައްސަލަގައި ބައްސާމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރި އާއި 10 ފާހަނައިގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.

އެ ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދިފަ އެވެ.

12 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

21 October 2025

10 އަހަރު ވެސް މަދު.

The name is already taken The name is available. Register?

8858

21 October 2025

މީ ވަގުންގެ ރާއްޖެ. ވައްކަން ކުރިވަރަކަށް ހިމާޔަތް ލިބޭނެ. ދައުލަތް ލޫޓުވިޔަސް 3-2 އަހަރުގެ ހުކުމަކުން ނިމޭނެ. ގިނަދުވަސ ދުވަހު ބަލިވެގެނ ގޭގާ އަންހެނުން ކައިރީ ނޫނީ ރާއްޖެއިން ބޭރުގަ މި މީހުން އުޅޭނީ. އެމީހުން ވަގަށް ނެގިފައިސާ އިންވެސްޓްކޮށްގެން ފައިސާ ލިބެމުންދާނެ. ވަގަށް ނެގި ފައިސާ ދައުލަތަށް ނުވެސް ނަގާނެ ނުވެސް ނެގޭނެ.

The name is already taken The name is available. Register?

ހަސަނަ

21 October 2025

8 ކޮޓަރިއާ 10 ފާހާނާގެ ތަނެއް ގަނެ ލީ އަޅެ މީ ދުބާއީތަ؟

The name is already taken The name is available. Register?

ޑަމީ

20 October 2025

ތި އެންމެންނަށް އަދަބު ދޭއިރު، ކޮބާތަ އަދީބު؟ ހާދަ ގިނަ ބައެށްގެ ހަށްގަށް ނިގުޅާލާފައޭ އެ ފިލީ!

The name is already taken The name is available. Register?

މާޔޫސްކަން

21 October 2025

ފިލީކީ ނޫން. މީހެއްގެ ވައްކަން ފަޅާ އަރާފާނެތީ މިނިވަންކޮށްފަ އަވަހަށް ބޭރަށް ފޮނުވާލަދިނީ.

The name is already taken The name is available. Register?

ލަދުގެ ކަންފުޅެއްވެސް ހަމަ ނެތީ

20 October 2025

އޭތް އޭތް ކާކަށް ކޯޗެއް އޮޅުވާލަން ޕީޖީ އޮފީހުން ތިއުޅެނީ. ގަސްދުގަ ތިކަން ކޮށްފަ މިފަހުން ތިތަނުން ކުރި ތިކަހަލަ ކަންކަން ފަޅާ އެރީމަ އަވަހަށް ތެޅިގަތީ އަދަބު ބޮޑު ކުރަން. މިހާރު ޕީޖީ އޮފީހަށް ރެއަކާ ލައިފި ނޫސްވެރިން ތިބެނީ ވަރަށް ހޭލާ ފާރަވެރިވެގެންކަން

The name is already taken The name is available. Register?

ނިކަމެތި

20 October 2025

ކޮން ބޭކާރު ވާހަކަތަކެއް ދައްކާކަށް، މިކަހަލަ ވަގުން ރާއްޖޭގެ ޖަލުތަކުގަ މާކަ ގިނަދުވަހު ނުހިފެހެއްޓޭނެ. މިހާރުވެސް ހުކުން ކޮށްގެން މި އުޅެނީ އެންމެ ކުޑަ މައްސަލައިގަ، އެނިކަމެތި ސޮރު ދޫކޮށްލާ.

The name is already taken The name is available. Register?

ިސާދު

20 October 2025

މިރާއްޖޭގެ މިފަދަ މުވައްސަސާތައް ހިންގުމަށް ތެދުވެރި، އެކަށީގެންވާ މިންވަރެއްގެ ހިންގުންތެރި ބަޔަކު އައިސްގެންނޫނީ މިތަންތަނަށް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް ނުބެލެއެވެ.

The name is already taken The name is available. Register?

ނިކަމެތި ބައްސާމް

20 October 2025

ބައްސާމް ނިކަމެތި؟ ބައްސާމްގެ ވަކީލު ހަމަތަ؟ ބައްސާމް ވަނީ ވައްކަންކޮފަ! އަދަބުދީ!

The name is already taken The name is available. Register?

ޕީކޭ ޕަކަޗޭ

20 October 2025

ޒިންދަގީކީ ނަޓޫޓޭ ލަޅީ ޕިޔާރުކަރްލޭ ގަޅީދޯގަޅީ.

The name is already taken The name is available. Register?

މިހާލި

20 October 2025

"ބޮޑު ދައުލަތެއް، ނިކަމެތި އާންމު މީހަކާ ދެކޮޅަށް"ވަކީލުންނަކީ އަޅެ ލަދެއްވެސް ނުގައްނަ ބައެއްބާ ލާރިލިބުނީމަ ނިމުނީތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454