މި މަހު މިސްރުގެ ޝަރުމުއްޝައިހްގައި ބޭއްވި ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވާހަކަ ދައްކަވަނީ: އޭނާ ވަނީ ހަމާސް ނައްތާލަންޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
21 އޮކްޓޯބަރ 2025 - 05:56
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސްއިން ހިލާފުވެއްޖެ ނަމަ އެ ޖަމާއަތް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.
ޓްރަމްޕު މިހެން ވިދާޅުވިތާ ގިނަ އިރުތަކެއް ނުވެ އޭނާގެ ނައިބު ޖޭޑީ ވޭންސް ވަނީ އިޒްރޭލަށް ކުރައްވާ ދަތުރެއް ފައްޓަވައިވަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިތާ ދެ ވަނަ ހަފްތާ ތެރޭ އިންޒާރު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމުން، އެއްބަސްވުމާ މެދު ސުވާލު އުފެދިފައިވަނިކޮށް ވޭންސް މި ދަތުރު ކުރައްވާއިރު އެމެރިކާގެ އިސް ދެ އޮފިޝަލަކު މި ހަފްތާގައި ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ.
"ހަމާސްއާ އެކު އެއްބަސްވުމަކަށް އައީ އެ މީހުން ވަރަށް ރަނގަޅަށް ކަންތައްކުރަން. ބަސް އަހައި ކިޔަމަންވާން،" އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާ އެކު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.
"އެ ޖަމާއަތުން އެގޮތަށް އަމަލުނުކޮށްފި ނަމަ އަހަރެމެން ގޮސް، އެ މީހުން ނައްތާލަންޖެހޭ ނަމަ ނައްތާލާނަން. އެ މީހުން ނައްތާލާނެކަން އެ މީހުންނަށް އެނގޭނެ."
ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނީ ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަކަށް ދެ ފަރާތުން އެއްބަސްވެގެންނެވެ. އެކަމަކު އެއްބަސްވުމާ ހިލާފްވާ ކަމަށް އެއްބަޔަކު އަނެއް ބަޔަކު ކުރާ ތުހުމަތާ އެކު، މި އެއްބަސްވުން ދެމިއޮންނާނީ ކިހާ ދުވަހަކުތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ޓްރަމްޕު ވަނީ ހަމާސްއާ ދެކޮޅު ޖަމާއަތްތަކުގެ މީހުން އާންމުންގެ ތެރޭގައި މަރާ ކަމަށާއި ޣައްޒާގައި އަލުން ބާރު ހިންގަން ހަމާސްއިން އުޅޭ ކަމަށް ވިދާޅުވެ ހަމާސްއަށް އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕު ވިދާޅުވީ ޣައްޒާއަށް އެމެރިކާ ސިފައިން ނުދާނެ ކަމަށާއި އެކަމަކު ޣައްޒާގެ ސުލްހަ ބަލަހައްޓާ ފައުޖެއްގައި ބައިވެރިވާން އެތައް ގައުމަކުން މިހާރުވެސް އެއްބަސްވެފައިވާ ކަމަށެވެ.
"މީގެ އިތުރުން، އަޅުގަނޑު އަންގައިފި ނަމަ އެންމެ ދެ މިނެޓް ތެރޭ އިޒްރޭލުން ވެސް ދާނެ،" ޓްރަމްޕު ވިދާޅުވި އެވެ.
ހަމާސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި ހާއްސަކޮށް، އީރާނަށް އެމެރިކާއިން ދިން ހަމަލާއާ ހެދި އީރާނުން އަލުން ހަމާސްއަށް އެހީވާން ތެދުވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޯޕޭ
21 October 2025
އެންމެ ވަރުގަދަ ހަތިޔާރާ އެކު 2 އަހަރު ވީ ތިޔަ ބުނާ ހަމާސް ނައްތާލަން މަސައްކަތް ކުރާތާ. 2 އަހަރުން ވެސް ފަލަސްތީނު ބިމާ ހަމަ ކޮށްގެން ވެސް ހަމާސް އަތްދަށުގަވީހޮސްޓެޖުން ވީތަނެއް ނުހޯދިގެން ހަނގުރާމަ ހުއްޓާލީއޭ ކިޔާ ދޮގު ހަަދައިގެން ހޮސްޓެޖުން ހަމާސް އިން އެ ހޮސްޓެޖުން ދޫކުރީ. ކިތަންމެ ވަރަކަށް ގަދަ ބަސް ބުންނަސް އެނގޭ ކަމަކީ ހަމާސް ނައްތާލަން އެމެރިކާ އާއި ޔަހޫދީން ނުކުޅެދިފަ ވާކަން. ﷲ މިންވަރު ކުރައްވާފަވާ ގޮތަކަށް ނޫނީ އެއްކަމެއްވެސް ނުވާނެ.
ޓްރަމްޕެޓް
21 October 2025
ހަމާސްއަކީ މިނިވަންކަމުގެ ފިކުރެއް. އެއީ ބިރުދައްކައިގެން މަރައިގެން ބަނޑަށް ޖައްސައިގެން ނައްތާލެވޭނެ ފިކުރެއްނޫން.
ފޫހި
21 October 2025
ކަލޭއަށް ނޭންގޭކަމަކީ ކަލޭއަކީ ވެސް އާރެއްބާރެއް ނެތް މީހެއްކަން. ހަމާސްއަށްވުރެ ކުރިން ކަލޭގެ ދުވަސްވެސް ހިނގައިދާނެ. ކާކަށްތައިނގެނީ ކުރިއަށް ހުރިކަންކަން. ހަމާސް ހަތިޔާރު ބެހެއްޓިއަސް ކަލޭމެން ގާޒާއަށް ބޮންއަޅާނެ. ޔޫރަޕުން ކުރިކަމެއްގެ އަޒާބު ތިޔަދައްކަނީ ފަލަސްތީނަށް އުފަންވީތީ ނިކަމެތި ފަލަސްތީނުގެ ރައްޔިތުންނަށް. އިންސާފުކޮބާ؟ ހަމާސް އޮވެގެނެއްނޫން ވެސްޓްބޭންކް، ހިބްރޫން އޮކިއުޕައި ކޮށްގެންތިޔައުޅެނީ. ފަލަސްތީންގެ 11000ހާސް މީހުންވީ ޖަލުގަ
ފަސްމާލި
21 October 2025
އެއްބަސްވުން ޤާއިމްކުރީއްސުރެ ވައުދާ ޚިލާފުވަމުން އަންނަ އިޒްރޭލަށް އެއްޗެކޭ ބުނަން ނުކެރުނު ދޯ ޓްރަމްޕަކަށް ވެސް!! މި ކަލޭގެ މީ ހަމަ ނުބައި ޔަހޫދީންގެ އަޅެއް! މި އެއްބަސްވުމަކީ ފަލަސްޠީނު ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކުރާނެ އެއްބަސްވުމެއް ނޫން!! މި އެއްބަސްވުން މި ގޮތަށް ދަންޏާ އާޚިރުގަ ހުރިހާ މޮޅެއް ލިބޭނީ ހަމަ ނުބައި ޔަހޫދީންނަށް! މީ އެމީހުންގެ ފައިދާއަށް ޓްރަމްޕް އެކުލަވާލި އެއްބަސްވުމެއް!!
ނުރަބޯ
21 October 2025
އެއްބަސްވުމާ ޚިލާފުވިޔަސް ނުވިޔަސް ކަލޭމެން އަދި ޢަރަބި ގައުމު ތަކުންވެސް ޙަމާސް ޖަމާޢަތް ނައްތާލަން ބޭނުންވޭ. އެކަމަކު އެކަމެއް ނުވި. އިންޝާﷲ އަދި ނުވެސްވާނެ. ކަލޭމެން ވިއެޓްނާމް ހަނގުރާމައިގެ ނާ ކާމިޔާބީގެ މަތިން ހަނދާން ކޮއްލާ……!!!
އަހޭ
21 October 2025
ކަލޭމެން ބޭނުންވަނީ ހަމާސް އޭ ކިޔައިގެން، ގާޒާ ނައްތާލަން. ވައުދާ ހިލާފުވާ ބައެއް ކަލޭމެންނަކީ.