އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. -- ފޮޓޯ | މަޖިލިސް
22 އޮކްޓޯބަރ 2025 - 10:19
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހުރިހާ މަޝްރޫއެއް ވެސް ނިންމަން ސަރުކާރުން އަންނަނީ ވަރަށް ބުރަކޮށް މަަސަައްކަތް ކުރަމުން ކަމަށެވެ. އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފނިތަކަށް، މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި. އެއީ މަޝްރޫއުތައް ނިންމުމަަށް. މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ކުރިން، ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގެ ނިމިގެންދާނެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެއީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރަން ރައީސް އިއުލާނުކުރައްވާފައިވާ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންކަމުން މިއަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް މި ފަށަނީ، މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި އަޅުގަނޑުމެން ވާނީ ގޮފިތައް ހެދުމުގެ މަސއްކަތް ފަށާފައި،" ޝަހީމް ވިދާޅުވި އެވެ.
ގުރުއާނުގެ އިލްމު ކިޔަވައިދޭން ގާބިލު ޓީޗަރުން ނެތް ރަށްރަށަށް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުން ޓީޗަރުން ވެސް ގެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
22 October 2025
ވިނަރެސް 1 ކައިރީގައި ހަދަމުންދާ މިސްކިތް ހަދަނީ ނާގާބިލްކުންފުންޏަކުންނޫން ކަމަށް ފެންނަނީ. ފެޑޯ އެއީ ހަމަ ބޮޑު ކުންފުންޏެއް. ވައްތަރީ ހިލޭ ސާބަހަށް ކުރާ މަސައްކަތަކާ. ވަގުތު ވާވަރަކުން 4 ނޫނީ 5 މީހުން މަސައްކަތް ކުރަން ފޮނުވާ. ވަރަށް ލަސް ކުރިއަށްދާލެ. އަވަސްކޮށްދެވޭތޯ ބައްލަވައިދެއްވާ.
ބުރުޒު ބަދިގެ
22 October 2025
ވިނަރެސް ކާރި ހަދަންފަށާ ނުނިމި ހުރި މިސްކިތުގެ މަސައްކަތް ހަވާލުވެގެން އުޅެނީ ބެޗުން ނުނިމި ހުރީ ކިހިނެއްވެގެންކަން ނޭނގޭ ރަނގަޅަ މަސައްކަތް ކޮއްފިނަމަ ރޯދާގެ ކުރިން ނިމޭނެ
ސދފފދދ
22 October 2025
ޝަމީމުގެ ބަސްމަގު ހުރީ އިސްލާމީ ރީތި އަހުލާގު ދެއްކުމަށްވުރެން ވަކަރުގޭ މީހުންގެ ގޮތްގަނޑު
އަޅުމަން
22 October 2025
ހުޅުމާލެ ވިނަރެސް ތައް ކައިރީގަ ހަދަން ފަށާފަ ހުރި މިސްކިތް ހުރީ ހުއްޓިފަ. އެތާ ކައިރީ މިދިޔަ އަހަރު ބަޔަކަށް ދިން އަމިއްލަ ހަރަދުގައި ކުޑަ މިސްކިތެއް އަޅަން. އެކަމެއް ވެސް ނުހިނގާ. ނެތް ބާ ސިފައިންގެ އެހީތެރިކަމާއެކު އެތާ ކައިރީ ވަގުތީ މިސްކިތެއް އަޅަން.
އަޒޫ
22 October 2025
ވިނަރެސް އެކެއްގެ ކައިރީގައި ހަދަމުންދާ މިސްކިތް ނިމޭނެހެންނެއް ހިއެއް ނުވޭ މިކަން ބަލައި ދިނުން އެދެން މިނިސްޓަރ 3 އަހަރަށް ވުރެ ގިނަ ދުވަސް މިވަނީ އެ މިސްކިތް ހަދަމުން ދާތާ 3 މީހުން ނޫނީ 4ވަރަކަށް މީހުން އެތާ މަސަތްކަތު އުޅެނީ
ނިލް
22 October 2025
ގާބިލް ނޫން ކުންފުނިތަކަށް މަސައްކަތް ހަވާލުކުރީމާ މަސައްކަތް ކުރަން ތިބޭނީ 3-4 މީހުން.. އެހެންވީމާ ކިހިނެއް 3-4 އަހަރުން އެފަދަ ތަން ތަން ނިންމާނީ