ހައްޖުވެރިން އަޅުކަމުގައި. ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް އޮތް ސާކިއުލާއަށް ރާއްޖޭން އަމަލުނުކޮށް އޮތުމުން ސައުދީން ވަނީ އެ ސާކިއުލާއަށް އަމަލުކުރަން ރާއްޖެއަށް ވަކިން އަންގާފައި. ފައިލް ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2025 - 12:43
ހުރިހާ ވަގުތެއްގައި މެޑިކަލް އެޓެންޝަން ބޭނުންވާ ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ރާއްޖޭން ހިލާފުވެފައި ވާތީ އެ އުސޫލަށް އަމަލުކުރަން ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑެތި ބަލިތަކުގެ މީހުން ހައްޖަށް ނުގެންދަން އަންގާފައި އޮންނަނީ އެމީހުންގެ ފުރާނަ ރައްކާތެރިކުރަން ކަމަށެވެ. ސައުދީ އަރަބިއްޔާއިން އެ ގޮތަށް އުސޫލު ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖޭން އަމަލުކުރަމުން އައީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މިދިޔަ ފަސް އަހަރުގެ ތެރޭގައި، އެންމެ ފުރަތަމަ އަހަރުން ފެށިގެން ބޮޑެތި ބަލިތަަކުގެ މީހުންނަށް ކޯޓާގެ ފަސް ޕަސެންޓް އޮތް ރާއްޖޭން ރަސްމީކޮށް ހަމަޖައްސާފައި. އެއީ ސައުދީ އަރަބިއްޔާގެ އުސޫލުތަކާ ހިލާފަށް ކުރި ކަމެއް. އެހެންކަމުން ރާއްޖެއަށް މިހާރު އަންގާފައި އޮތީ ރަސްމީކޮށް، ސީދާ ދިވެހިރާއްޖޭން އުސޫލުތަކަށް ތަބާވުމަށް،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ. އަދި އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެންނެވެ. އަދި ސިއްހީ ވަކި ހާލަަތްތަކެއް ކުރިމަތިވެފައި ނުވާ މީހަކަށް ހައްޖުވެރިޔާ ވާންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތުން، އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުމާއި އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުމާއި ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުމާއި ޑަޔަލިސިސް ހަދާ މީހަކަށް ނުވުމަކީ ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުމާއި ބުއްދިއަށް އަސަރުކޮށްފައިނުވާ މީހަކަށްވުމާއި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަަކަށް ނުވުމާއި ވިހަން ކައިރިވެފައިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލި މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ހުރެގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާއިޝަ
24 October 2025
ފައިސާ ދެއްކި މީހުންގެ މައްކާގައި ތިބުމުގެ ދުވަސް އުނިކޮށްފައި އޭގެތެރޭން ފަގީރުންނޭ ކިޔާބަޔަކު ހައްޖަށް ފޮނުވަނީ
ރސއމ
22 October 2025
ހައްޖާ އުމުރާއަށް ގެންދާ ގުރޫމުހަދާގެން ރައްޔިތުން އަތުން ބޮޑުއަގުނަގާފަ ފައިދާޖައްސާގެން މުއްސަނދުވެގެން އުޅޭމީހުންވެސް އުޅޭ. ތިބުނާ އެއްވެސް ކަމަކަށް އެއިން ގުރޫޕަކުން ނުބަލާ އެމީހުން ބޭނުންވާ އަދަދަށް ފައިސާދިނީމަ ގެންދޭ ގެނގޮސް ގަޑަތަޅުވަންވެސް.
ހުސެން ރަހާ
22 October 2025
މިދިޔަ ފަސް އަހަރޭ ކިޔައި ބޯދަމައިގަންނަން މަސައްކަތް ކުރިޔަސް، މި ސަރުކާރު އައި ފަހުން މިހާރު ދެ ހައްޖު މޫސުން އަތުވެއްޖެ. ތިޔަ ބުނާ ކަމަކީ ސައޫދީން މަނާކޮށްފައި އޮތް ކަމެއްކަން އެނގޭ އިރު، މިދިޔަ ދެ އަހަރުގެ ތެރޭގައި، ތިޔަ ބުނާ އުސޫލު ބަދަލުނުކުރީ ކީއްވެތޯ؟ މިދިޔަ ދެ އަހަރު އެކަން ބަދަލުކޮށްފައި އޮވެމެ، ތިޔަ އެންގުމަކީ އާންމުކޮށް ސައޫދީން ނެރޭ ސާކިއުލާއެއްކަން އެނގޭ އިރު، ބަޔަކު ހިލާފު ނުވިޔަސް އެ ސާކިއުލާ ފޮނުވާނެ ނޫންތޯ.
އެސިސްޓެންޓު
22 October 2025
ޝަހީމު ބުނީ ތިއީ އާކަމެއް ނޫނޯ! އަހަރެމެން ތިއަކަށް ނުބަލަމޯ! ފާޑެއްގެ ސަރުކާރު އޮފީހެއްގެ ތަތްގަނޑެއް ޖެހީމާ އެމީހެއްގެ ހުރިހާ ބަލިތަކެއް ފުހެވިގެން ދެވެއޯ ޙައްޖަށް.
ރަންބީރު
22 October 2025
ތިބޭފުޅުން ތިޖަހާ ރޮކެޓު ނޭނގިގެން އުޅޭ ބަޔަކު ނެތޭ ކެމްޕެއިނަށް ވިއްކާފަ ކޯޓްތައް ހުރީ ފަގީރުންނޭ ކިޔާފަ ފޮނުވަނީ އެމީހުން
ކޯޓާ
22 October 2025
ދޮގު ހަދައިގެން (ރަންބީރު) ވާހަކަ ދެއްކީމާ ވާނީ ހަމަ ދޮގަކައް. ކޯޓާގެ ވާހަކައެއް ސަހީމެއް ނުބުނޭ. ނިމިދިޔަ ސަރުކާރުން ކޯޓާތައް ރައްޓެހިންގެ ކުންފުނިތަކައް ދީގެން ބޮޑު އަގުގަ ވިއްކިއިރު އޯކޭ
ރަމްޒ
22 October 2025
ނުގަވައިދުން ހައްޖަށް މީހުންފޮނުވައިގެން ވައްކަންކުރީ މިސަރުކާރުން 2032 ހުގަދެވޭނެކަމަށް ކިއުގަ ތިބިމީހުން 2024 ގަގޮއްސަ އެބަތިބި، ސައުދީ ސަރުކާރުން އިތުރަށް ދިންޖާގަތަކަށްވެސް ދެގުނައިތުރަށް ފައިސާނަގައިގެން ފަހުވަގުތު މީހުން ގެންދިޔަ (ކޯޓާ) ބޭ
އަފްރާސިޔާބު
22 October 2025
ވޭތުވެދިޔަ ދުވަސްތަކުގައި ތިހާބޮޑު ގޯހެއް ހައްޖަށް ގޮސްކުރާނަމަ އެންގީސް. މިހާރު އެ މައްސަލަ ފެންމަތިވީ ޝަހީމުގެ ސަބަބުން. އެހެންނޫންނަމަ ސައޫދީން އަޅާވެސް ނުލީސް.