22 އޮކްޓޯބަރ 2025 - 12:23
ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާން ރޯވެ، ގެއްލުން ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އަލިފާން ރޯވެފައިވަނީ 11 ވަނަ ޓަވަރުގެ ހަ ވަނަ ފްލޯގެ ބެލްކަނީގަ އެވެ.
ނަމަވެސް، އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމަށެވެ. އެކަމަކު، ލިބުނު ގެއްލުންތަކެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމާލުވާންވެއްޖެ
22 October 2025
އާންމުކޮށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް އެއީ މަތީގައި ހުންނަ އެޕާޓްމަންޓުތަކުން ބެލްކަނީގައި ތިބެ ސިނގިރެޓު ބޯއިރު އަޅިކެނޑުމާއި ފިލްޓަރު ވައްޓާލުން. ޝަކުވާވެސް ކުރެވިއްޖެ. ސިނގިރެޓު ބޯ މީހުންވެސް ތިމާއާއި އެހެންމީހުންގެ ސަލާމަތަށްޓަކައި އަޅިކެނޑިއެއް ނަމަވެސް ބޭނުންކުރަން އެބަޖެހޭ. ތިއިން އިމާޜާތެއް އަނދާއިރު އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭނެވިއްޔާ.
ޕިކްސް
22 October 2025
ދުވަހަކުވެސް ރޯވަން ދިމާވި ސަބަބެއް ބުނެއެއް ނުދެވޭ. އެންމެންގެ ރައްކަލަކަށް މިމައުލޫމާތު އެބަޖެހޭ ފޯރުކޮށްދޭން.