ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެމްއެމްއޭ އާއި ޕެންޝަން އޮފީހުން ކުރީ ރައްކާތެރި މުއާމަލާތެއް ކަމަށް.
އަހުމަދު ސަރުވަޝް. ޕެންޝަން ބޯޑުން އޭނާ ވަނީ މިއަދު އިސްތިއުފާދީފައި -- ފޮޓޯ: މިހާރު
22 އޮކްޓޯބަރ 2025 - 13:57
ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ސަރުވަޝް ކުރެއްވި ޓްވީޓުގައި ވަނީ ބޯޑުން އިސްތިއުފާ ދެއްވީ މިއަދު ކަމަށާއި އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން، އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. މިކަމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ އިތުރުން ފިޑޫޝަރީ ނުވަތަ ޕެންޝަން އޮފީހުން ފައިސާ މެނޭޖުކުރުމުގެ ޒިންމާތައް އަދާކުރުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވާނެ ކަމަށް އޭނާ ލިޔުއްވާފައި ވެ އެވެ.
މި މުއާމަލާތް ހިންގަނީ ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކައިގެންނެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅައިފަ އެވެ. އެއީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑެވެ. އެހެންވެ، ޕެންޝަން އޮފީހުން އެމްއެމްއޭ އަށް ވިއްކާ ބޮންޑުން ލިބޭ ފައިސާ އިން ސަރުކާރުން އިތުރަށް މި ފައިސާ ހޯދަނީ އެވެ.
ޕެންޝަން އޮފީހުން މި މުއާމަލާތް ހިންގަން ފާސްކުރީ ވޯޓުގައި ބައިވެރިވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް ދެ މެންބަރަކު ވޯޓުދެއްވި އެވެ. އެނގިފައިވާ ގޮތުގައި މި މުއާމަލާތް ހިންގުމަށް ބޯޑުގެ ޗެއާޕާސަން، އަހުމަދު އިނާޒް ވެސް ދެކޮޅެވެ. ނަމަވެސް އޭނާއަކީ ވޯޓުގައި ބައިވެރިވެވޭ މެންބަރެއް ނޫނެވެ.
މި މުއާމަލާތާ ގުޅޭ ގޮތުން ޕެންޝަން އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން މި މުއާމަލާތުގައި ޕެންޝަން އޮފީސް ވަނީ މެދުވެރިއަކަށެެވެ.
ފިނޭންސް މިނިސްޓްރީން ފޮނުވި ނޯޓުގައި، އެ ފައިސާ ބޭނުންވަނީ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ވެ އެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ޕެންޝަން ފަންޑުން ޓީ ބޮންޑެއް ވިއްކަން ހުށަހަޅައި ފެންޝަން ފަންޑުގައި އެ މިންވަރަށް ލިކުއިޑިޓީ ނެތުމުން، އެ ފައިސާ އެމްއެމްއޭ އިން ހޯދައި ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރުމަކީ ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ފައިސާ ދިނުމުގެ މުއާމަލާތެއް ކަމަށް ވެސް އޭނާގެ ސިޓީގައި ބަޔާން ކުރެއްވި އެވެ.
"މި މުއާމަލާތުގެ ނަތީޖާ، މަރުކަޒީ ބޭންކުން ސީދާ ސަރުކާރަށް ފައިސާ ދޫކުރުމާ އެއްވެސް ތަފާތެއް ނެތެވެ. އެހެންކަމުން މި މުއާމަލާތުގެ ބޭރުފުށުން ފެންނަ ސިފައަށް ވުރެ އިތުރަށް ފުންކޮށް ބަލާލަން ނުވަތަ "ސަބްސްޓަންސް އޯވަ ފޯމް" އަށް ރިއާޔަތް ކުރަން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ،" އެ ސިޓީގައިވެ އެވެ.
ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރި ސަރުވަޝް ވިދާޅުވީ، މި ހިންގާ މުއާމަލާތަކީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ ވެސް ހިލާފު މުއާމަލާތެއް ކަމަށާއި މިހާތަނަށް ހުށަހަޅާފައިވާ ލިޔުންތަކުން މިކަމުގައި ގާނޫނީ އެއްވެސް ރައުޔެއް ހޯދާފައި ވެސް ނުވާ ކަމަށެވެ.
ޕެންޝަން އޮފީސް މެދުވެރިވެގެން އެމްއެމްއޭ އާއި ސަރުކާރުން ހިންގާ މި މުއާމަލާތުގައި ރުފިޔާގެ ސަޕްލައި އިތުރުކޮށްގެން ނުވަތަ ރަސްމީ ރިޒާވުގައި ހުރި ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކުރި ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ސަޕްލައި މިކަމުގެ ސަބަބުން އިތުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޕެންޝަން ފަންޑަކީ ރާއްޖޭގެ އެތައް ބަޔަކާ ގުޅިފައިވާ އެއްޗަކަށް ވާއިރު މި މުއާމަލާތް ހިންގުމުގައި ދެފުށް ފެންނަ، އަދި ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ސަރުވަޝްގެ ސިޓީގައި ފާޅުކުރައްވާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފަ އެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ނޫން ކަމަށާއި މިއީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށް ފިނޭންސް މިނިސްޓްރީން މި ހަފުތާގައި ބުނެފައި ވެ އެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަރތަގަގ
23 October 2025
ކުރިން ފައިސާ ޗާޕުކުރުންވެސް ގޯސް، އަދި މިހާރު ފައިސާ ޗާޕުކުރުންވެސް ގޯސް. އެންމެ ބޮޑު މައްސަލަ އަކީ މިހާރު މިކަންވެސް އޮޅުވާލައިގެން ރައްޔިތުންނަކީ މޮޔައިން ކަމަށް ހަދައިގެން އުޅުން
މަނަން
23 October 2025
ސަރުކާރުގެ ކޮންމ ތަނެއްގަ ފައިސާ ހުށްޓަސް ފައިސާ ޗާފު ނުކޮށް މެނޭޖު ކުރީމަ ނިމުނީ.އެއި މައްސަލައެއް ނުން. އެހުރެ ގައުމަށް އިތުރު ފައިސާ ގެނައީމަ ކަމަކު ނުދާނެ. ފޮތުން އުލެގެން ދުވަހަކު ވެސް ކުރި އެރުމެއް ނުލިބޭނެ.ފޮތު އުޅޭނީ އެފަދަ ފެންވަރު ހުރި ބަޔަކު.
ށެރީ
23 October 2025
ކުރު މުއްދަތަށް ބޮޑެތި އަދަދުތަކުން ދަރަނި ނެގުމަކީ 2022 އަަދި 2023 ގައި ހިންގާފައިވާ ޖަރީމާއެއް، ދަރަނީގެ ގޮތުގައި ނެގި ހުރިހާ ފައިސާ އިން ވައްކަން ރާއްވާ އިންތިޒާމު ކުރުމުގައި އެ ދައުރުގެ ފިނޭންސް މިނިސްޓްރީގެ އިހްމާލް އެެބައޮތް. ތަހްޤީޤް ކޮށްފިނަމް، ފެނަކައިގެ ވައްްކަމުގައި ޝަރުވާސް އަށް މާލީ ފައިދާ ލިބިފައިވާކަން ސާބިތުކުރެވޭނެ.
ނަމެއްނެތި
22 October 2025
މިދިޔަަ ސަރުކާރުގައި މިސޮރު ހުރީ ދައުލަތުގެ ބަޖެޓް ހެދުމުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ފިނޭންސްގައި. ހިތަށްއަރާ އޭރުގެ ސަރުކާރުން 8 ބިލިޔަން ޗާޕު ކުރި އިރު މިސޮރު އަދި ބާލިޣު ނުވަނީބާއޭ! ތަންދޮރު ހަމަ ނުފިލާ ހުރީ ބާއޭ!
ފަރުމަސް
23 October 2025
އޭރުގަ ބޮޑުއެންގަނޑެއް އަޅާފަ އެއްލާނެ ކެޔޮޅަކުނެތީ!!.
އުދުހޭ
23 October 2025
އޭރު ޗާޕްކުރީ އޮޅުވާލައިގެނެއްނޫން. މިފަހަރު ޗާޕް އެކުރަނީ އޮޅުވާލުމެއްގެތެރެއިން މިސޮރުގެ ޒިންމާއާ ގުޅިފައިވާ ދާއިރާގަ
ނަމަށްފިލާތިބެ ކޮމެންޓްކުރާ
23 October 2025
ބުރޯ ފައިސާ ޗާޕްކުރުން ގޯހެއްނޫނޭ. މައްސަލައަކީ އޮޅޮވައިކައިގެން، ލޭޔާ ކޮއް، އަދި މަކިމުގާ ޕެންސަންފަންޑަށް ރިސްކް ބޮޑުކޮއް ކުރާތީ؟ އޮންނަގޮތަށް މިކަންކުރީމަ ނިމުނީއެއްނު؟ ލަދުގަންނަނީތަ ބުނެވިފަ އޮތްއެއްޗަކުން؟ ފައިސާ ޗާޕްކުރަނީ ފިނޭންސަކުން ނޫނޭ. މިޙުނާ ދިމާލަށް ދިމާކުރުމުގެ ކުރިން. ޢެމް އެމް އޭ. ޢެކްޓް 6/81، އަދި ..
ހުރިގޮތް
22 October 2025
މިއީ މަނީ ލޯންޑަރ ކުރުން. ފައިސާގަ ފަށަލަތައްލައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ލައިގެން މި ހިންގަނީ ހަމަ ބޮޑު ޖަރީމާއެއް. ދެރައީ މި ރެގިއުލޭޓަރީ އިންސްޓިޓިއުޓްގައި އިސްކޮށްތިބި ތައުލީމީ ގަަބިލް ޒުވާން ބޭފުޅުން ކަސްތޮޅު އެޅިފަ ތިބުން. އެމީހުން ގަބޫލު ކުރާ ޕްރިންސިޕަލާ އިދިކޮޅަށް މިކަން ކުރަންޖެހިފައިވުމަކީ މުއައްސަސާތައް އަޅުވެތިކޮށްފައިވާ ކަމުގެ ސާފު ހެއްކެއް.
އަފްރާސިޔާބު
23 October 2025
ކާކު އަތުގައި ކަސްތޮޅު އެޅުވީ. ދިވެހިން މިދައްކާ ވާހަކައެއް އެއްގޮތަށްވެސްނޭގޭ. ކާކުތޯ އަތުގައި ހިފައިގެން ގޮސް އަތުގައި ބިޑިއެޅުވީ. މިނިވަން މީހުންނޭ ފައިސާގެ އަޅުންނަށް ވެގެން އުޅެނީ.
ތެފައާސާ.
22 October 2025
މާ ނޫންކޮށް ޕެންޝަން އޮފީސް މެދުވެރިކޮށް ލޭޔާރކޮށްގެން އޮޅުވާލައިގެން ފައިސާ އިންޖެކްޓުކުރަން (ޗާޕްކުރަން) ނޫޅެ ނިކަން ފިރިހެންކޮށް އެމްޑީޕީއިންވެސް ކުރިހެން މަޖިލީހަށް ގޮސް ގާނޫނުގައި އޮންނަ ހަމައިން ތިކަން ކޮށްލީމާ ނިމުނީއެއްނު؟ ކަންކަން ކުރަންވެސް ވޭ އެކަމަކު ކުރަން މި ޖެހެނީ ވަގަށް އޮޅުވާލައިގެން؟
އަޅި އަލީ
22 October 2025
އެމްޑީޕީ އެކްޓްވިސްޓުން ބޭރުކުަން ޖެހޭ!
ވާނުވާ ބޮޓުންގެ ކޮމެންޓު ފެނި އަޖައިބު!
22 October 2025
ސަރުކާރުން ހިންގާ ޖަރީމާއަ ދެކޮޅުވާ ކޮންމެ މީހަކީ އެންޑީޕީ މީހަކަށް ދޯ ވަނީ؟ ބަލަގަ ސަރުވޭޝް މެންނަކީ ފަންނީ ޓެކްނިކަލް މީހުން. ކުރިންވެސް މިހާރުވެސް. އަންޕޮރޮފެޝަނަލް ޖަރީމާ ހިންގާއިރު ނުތިބޭނެ ކިރިޔާވެސް ގޮތެއް ހުރި ޓެކްނިކަލް މީހަކު އެއަށް ސަނާ ކިޔާކަށް.
ނަރުދާ
22 October 2025
ގައިމު ބަނގުރޫޓްވީމައި އޮންނާނީ އެމްޑީޕީ އެކްޓިވިސްޓުން ބޭރުކުރެވިފައެވެ.
ނޫސަންގު
22 October 2025
ރާއްޖޭގެ އިގްތިސާދު މިހާރު ބައްޓަން ވެފައި މިއޮތީ ނާސިރު ނުވަތަ މައުމޫންގެ ވެރިކަމުގައި އޮތްގޮތަކަށް ނޫން. ހިފަހައްޓަންޖެހޭ އިގްތިސާދީ އަސާސްތަކެއް ހުރޭ. ރައީސަކަށް ހުންނަ މީހަކު ބޭނުންހާ ގޮތަކަށް ކަންކަން ކުރާގޮތަކަށް ނޫން އޮތީ. މާކެޓް ރެގިއުލޭޓަރ އެއް ހުރޭ. ޕެންޝަން ފަންޑުގެ ބެލެނިވެރިފަރާތަކީ އެފަރާތް. ހަމަޖެހިފައިވާ އުސޫލުން ބޭރުން ކަންކަން ކުރަން ފެށީމަ ބަސްބުނަން ޖެހޭ.
އަފްރާސިޔާބު
22 October 2025
ބަލަ ރައީސް އޭ ކިޔަނީ ކޮންމެވެސް ކަމެއްވެގެނެއްނުން. ރައީސް ވިދާޅުވީމާ ނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ. ރާއްޖޭގައި ހުންނަ ފައިސާ ނަގަންވީމާ ރައީސްމީހާއަށް އެކަންކުރެވެންޖެހޭނެ. ބޭރުގައި ޕެންޝަން ފަންޑު ހަދައިގެން އުޅުނު ނަމަ ރާއްޖޭގެ ރައީސް މީހާއަކަށް ނުނެގޭނެ. ޕެންޝަން ފަންޑުގައި ހުންނާނީ ސަރުކާރުގެ ފައިސާ އެބޭނުންކުރަންޖެހުނީމާ އެނގޭނީ ރައީސް މީހާއަށް.
ޑރ ވާންޗޯ
22 October 2025
މީގެކުރީގެ ސަރުކާރުތަކުގަ އަދިތިޔަށްވުރެ މާބޮޑެތިކަންކަން ޕެންސަންއޮފީހުގެ ފަންޑުބޭނުންކޮށްގެން ހިންގާފައެބަހުރި. ކީއްވެތޯ އޭރުއިސްތިއުފާނުދެއްވީ؟. ކޮންމެސްދިމާލަކުން ޑިސްކައުންޓެއްލިބިގެން އުޅޭގޮތަކާވައްތަރު.
ގަމާރު ނަމްބަރު 1
22 October 2025
އޭރު ސަރުވޭޝް ހުރީ ޕެންސަން އޮފީހަކު ނޫން ދެލޯ ފުޅާ
ގަމާރު ނަމްބަރ2
23 October 2025
އޭރު ޕެންސަންއޮފީހައްވުރެ މާބޮޑައް ފައިސާއާކާރީގަ ގުނަންހުރީ 8 ބިލިއަން ޗާޕްކޮއްލިއިރު!!.
އުދުހޭ
22 October 2025
ޑޮލަރުގެ ޜޭޓް މައްޗަށް ނުދާނެކަމަށް ވިސްނާ މީހުން މި ކޮމެންޓްގެ ފޮޓޯއެއްނަގާ ފޯނަށް ލައިގެންތިބޭ. ޑޮލަރެއް 24ރ އަށް އަރާނެކަމާމެދު އުފެދުނު ޝައްކު ފިލައިފި.
އަފްރާސިޔާބު
22 October 2025
ނާރާނެ ޑޮލަރެއް މައްޗަކަށް. ތިރިއަށް ދާނީ. ތިރިއަށް ހިފާފައި މިހާރު ހުރީ. އެމް.ޑީ.ޕީ ކުދިން އުޅުނުއިރު ތިރިއަށް ނައިސް މަތީގައި އުޅުނީ. ދިވެހިރުފިޔާގެ އަގު ދަށްވުމަކީ ޑޮލަރު ތިރިއަށް ފައިބާކަމުގެ ރަމްޒު.