ފިނޭންސުން ބުނީ، މި މުއާމަލާތުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ދަރަނި ދައްކަން މަގުފަހިވާނެ ކަމަށް.
ފިނޭންސް މިނިސްޓްރީ: ނުދައްކާ ހުރި 9 ބިލިއަން ދައްކަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ފަށާފައި.-- މިހާރު ފައިލް ފޮޓޯ
20 އޮކްޓޯބަރ 2025 - 09:16
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.
އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަަލަކު ވިދާޅުވީ އެ މުއާމަލާތަކީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
"އެއީ ފައިސާ ޗާޕުކުރުމެއް ނޫނީ މަނިޓައިޒޭޝަނެއް ނޫން. އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް. އެމްއެމްއޭ އިން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް،" ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑު ވިއްކުމުގެ ސަބަބުން ޕެންޝަން އޮފީހަށް އޭގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ތަފާތު ކުރުމާއި ޕެންޝަން ދައްކާ މީހުންނަށް ލިބޭ ފައިދާ އިތުރުވެ ދިވެހި ފައިސާ، އެމެރިކާ ޑޮލަރަށް ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
"ހާއްސަކޮށް އެއީ ބޭރު ފައިސާގެ މައްޗަށް އޮންނަ ޕްރެޝަރު ލުއިވާނެ ކަމެއް. އޭގެ ނަތީޖާއަކީ ދިގު މުއްދަތަކަށް މާލީ ދެމެހެއްޓެނިވިކަން ޔަގީން ވުން،" ފިނޭންސްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ މާލީ މުއާމަލާތުގެ ނަތީޖާއަކީ ކުރީގެ ރައީސް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރުގެ ސަރުކާރަށް ވާރުތަވެ، ގިނަ ދުވަސްވެފައިވާ ފައިސާ ދެއްކުން ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދަން މަގުފަހިވުމެވެ.
މި ސަރުކާރުން ބުނެފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަމިއްލަ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކަށް ނުދައްކާ ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ހުއްޓެވެ.
އެއީ ނުރައްކާތެރި ހަރަދު ކުރުމެއް ނޫން. އެއީ ދައުލަތުގެ މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމަށް ގެންނަ ބަދަލުތަކެއް. އެ މަސައްކަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ބޭނުން ކުރާނީ ކުރިން މަޝްރޫއުތަކަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސްކުރަން،"--- ފިނޭންސް
އޭގެ ސަބަބުން މާލީ ހާލަތަށް ބޮޑު ބުރައެއް އުފުލަންޖެހި، އެތައް ސަތޭކަ ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކުން ލަސްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ ދައުލަތުގެ މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމަށް ގެންނަ ބަދަލުތަކެއް ކަމށެވެ. އެ މަސައްކަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ބޭނުން ކުރާނީ ކުރިން މަޝްރޫއުތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެކަށީގެން ނުވާ ގޮތަށް ބަޖެޓު ރޭވުމާއި ފައިސާ ދޫކުރުން ލަސްވުމުގެ ސަބަބުން ނުދެއްކި ހުރި ނިމިފައިވާ މަސައްކަތްތަކުގެ ފައިސާ ދޫކުރުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓް ކުރުމަކީ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ފައިސާ ޗާޕް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ފައިސާ ޗާޕްނުކޮށް 2.5 ބިލިއަން ރުފިޔާގެ ޓީ ބިލް ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ އިން ގަންނަ ވަރުގެ "ޖެނެރަލް ރިޒާވް" ގެ ގާބިލް ކަމެއް ނުހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
21 October 2025
މިތިބަ ކުދިންނޭ ޕެންސަން ފަންޑަށް ޖަމާކުރާ ފައިސާ އަކީ އެތަކެއް ޒަމާނެއްވަންދެން ހިފެހެއްޓިފައިވާ ފައިސާ ޔައުނީ 20 އަހަރުގެ ޒުވާނާ ޕެންސަން ފަނޑަށް ކަނޑާ ފައިސާ މިލިބެނީ 65 އަހަރުވީމަ އެހެންވީމާ އެފައިސާ ދައުލަތުގެ ބޮންޑުގައި އިންވެސްޓްކޮށް އިތުރު ނަފާއެއް ވެރިމީހާއަށް ހޯދާދެވު، އަދި ސަރުކާރުން އެފައިސާ ކުންފުނިތަކަށް ނުދެއްކި ހުރި ފައިސާ ދެއްކުމުން ކޭސްފުލޯ އިތުރުނުވެ 2 ބޭނުން ކުރެވުނީ ،، ފައިސާ ރޯލުވާ އަދަދު އިތުރުވަނީ އަގު ނަތިނުވެ ، ސާފުބާ
ހަސަން ދީ
20 October 2025
ރަށްޔިތުން މިތިބީ ނަމާދުކޮށްގެން ދެނަމާދު ދޭތެރޭ ގުރުއާން ކިޔަވައިގެން ގައުމަށް ހެޔޮގޮތެއް ވާތޯ ދުއާކުރަން .އެކަމަކު ފައިސާ ނެތް ހާލުގައިވެސް ވެރިމިހާ ބޮޑުވަފުދަކާ އެކު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބިންހިއްކައި އެއަރޕޯޓާއި ބުރިޖް އަޅަމުން މިދަނީ. ރައްޔިތުންގެ ޕެންޝަން ފައިސާކޮޅު ނެގުމުގެ ކުރިން ފުރަތަމަ ސަރުކާރުން ކުރާ ބޭކާރު ހަރަދު ތަކާއި ދެކޮޅު ނުޖެހޭ މަޝްރޫއުތައް ހުއްޓާލަން ވެއްޖެއެއްނު.
އައްލާ ބެއްޔާ
20 October 2025
މަސައްކަތްކުރުވި ކުންފުނިތަކަށް ދޭނެ ފައިސާ ނެތިގެން ރައްޔިތުން މުސްކުޅިވާދުވަހު ބޭނުންކުރަން ރައްކާކުރި ފައިސާކޮޅު ނަގާފައި ކުންފުނިތަކަށް ތި ދެނީ. އަނެއްކޮޅުން 2 ހައިމާކާއި ޓަގްބޯޓެއް ހިފައިގެން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ރައީސް މި ދަތުރު ކުރަނީ އެއަޕޯޓް ތަކާއި ބިންހިއްކުމުގެ ބިންގާ އަޅަމުން. ދެން ރައްޔިތުން ވިސްނާ މިފަށާ ޕްރޮޖެކްޓް ތަަކަށް ވާނެގޮތް. ހަމަ ނަގާ ފޮޓޯއަކަށް ވާނީ. ކުރީ ސަރުކާރޭ ކިޔާ އިރު މިސަރުކާރުވެސް ހިނގަނީ އެމަގުން.
ވިސްނާވިސްނާ ނުވިސްނުނު
20 October 2025
"އެމްއެމްއޭއިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް..." މި ކީކޭތަ މިކިޔަނީ؟
ޓުކުރި
20 October 2025
ނަތީޖާއަކީ އެކެއްޗެއް އެއްކަމެއް. ނެތް ފައިސާ ބާޒާރަށް ނެރުން. މިކަހަލަ ދެބޯގެރި ދުއްވައިގެން އަހަރެމެއް ހައްލާލައިގެން ވެރިކަމަށް އައީވެސް.
ސުހާނާ
20 October 2025
ކަލޭ ގަމާރުވީމައެއްނު، މީހަކު އެއްޗެއް ބުނާއިރަށް ގަބޫކުކުރަނީ.
އެޑްމުންޑޯ
20 October 2025
ކޮންދުވަހަކުންތޯ ރައްރަށުގެ ބަނދަރު ހަދަން ޕެންޝަން އޮފީހާއި ހަވާލުކުރާނީ ؟؟؟؟؟
އަޙްމަދު
20 October 2025
ހަހަހަަހަ. ދެން ފިނޭންސަކުންވެސް އަދި އެމް.އެމް.އޭ އަކުންވެސް ނުބުނާނެތާ ގެއްލުން ހުރި ކަމެކޭ.
ގަމާރުން
20 October 2025
ގިނަ ދިވެހިންނަށް މުހިންމެއް ނޫން ފައިސާ އަންނަނީ ކޮންތާކުންތޯ ބަލާކަށް. ޗާޕު ކުރިޔަސް އެހެން ކަމެއް ކުރިޔަސް ދިވެހިންނަށް ކޮފީއެއް ބޯން 100 ރުފިޔާ ދިއްކޮލަނިކޮށް ނިމުނީ. އެހެންވީމަ އެމްއެމްއޭ އިން ހަމަ ބޭނުން ވަރަކަށް ޗާޕު ކުރަންވީ. ޗާޕުކޮށްގެން ބަހަންވީ. ދިވެހިން ތިބޭނީ ދިވެހިންގެ ރާއްޖޭގައި ދިވެހިންގެ ގޮތުގަ.
އަފްރާސިޔާބު
20 October 2025
އެމް.އެމް.އޭ އިން ފިނޭންސަށް ފިނޭސުން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން އޭސީސީގެ ބަޖެޓަށް ފައިސާ ފޮނުވައިގެން ބޮންޑު ވިއްކިއަސް ނުވާނެތާ އެމް.އެމް.އޭ އިން ފައިސާ ޗާޕްކުރީ ކަމަކަށް. ބުނާނީ އޭސީސީން ވިއްކި ބޮންޑު އެމް.އެމް.އޭ އިންގަތީ ކަމަށް.
ބޮޑުރިޔާ
20 October 2025
މަށައް ހީވަނީ ޕެންޝަން ފަންޑުގެ ޒަމާންވެސް ދެންމިދިޔައީހެން ބަލަ މުއިއްޒު މެން ޕީޕީއެމް ވެރިކަމުގައި އެމްޑީޕީ ބޮލައްޖެހި މާލީބުރަ އެމީހުން ކޮވިޑްގެ ދަތިހާލާއެކުމެނޭޖުކުރީ އިރު ވެސް މިކަހަލަ ހޑިއެއްނުހާވާ ދެންމިމީހުން މިއުޅޭ ވައްތަރަކުން ހަމަ ހިނި އަންނަނީ އިނގޭ
ދެރަވަރު
20 October 2025
ތިޔަފަދަ ކަންކަމުގައި ތިޔަ މިނިސްޓްރީގައި ހުރި ޓެކްނިކަލް އަދި ސިޔާސީ އެއްވެސް... އެއްވެސް މީހަކަށް ނަން ޖަހާ ޑިފެންޑް ކުރަން ނުކެރުނުކަމީ ތިޔަ ތަނުގެ ހާލަތު. ތިބި މީހުންގެ ނުކުޅެދުންތެރިކަން ދައްކުވައިދޭ ކަމެއް. ދެން އެއްވެސް މާނައެއް ދޭހަނުވާ، ހަރުދަނާ ރައްދެއް ނުދެވޭ، ކާކުކަން ނޭނގޭ ގޮތަށް ތިޔަދޭ ރައްދަކުން ކުރާނެ ފައިދާއެއް ނެތް.