ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރެއް ހުށަހަޅުއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
22 އޮކްޓޯބަރ 2025 - 14:36
ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރާއްޖޭގެ ޔުނިވާސަލް ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އިން ހިދުމަތް ލިބޭ ގޮތް ހެދުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން، ގަލޮޅު އުތުުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.
އެ ގަރާރު ބަލައިގަންނަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ދައުލަަތަށް ހިދުމަތްކޮށްފައިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އެބަތިބި ކަމަށާއި ގައުމީ ޓީމަށް ކުޅިވަރު ކުޅެފައިވާ އެތައް ބިދޭސީންނެއް ވެސް އެބަ ތިބި ކަމަށެވެ. އާސަންދަ ދޭ ވާހަކަ ދައްކަވަނީ ރާއްޖޭގައި މަސައްކަތް ކުރަން މެރިޖް ވިސާ ހޯދުމުގެ ބޭނުމުގައި އުޅޭ ބިދޭސީންނަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިންނާ އިނދެގެން އުޅޭ، ޓެކްސް ދައްކާ އެތައް ބިދޭސީންނެއް އެބަތިބި. އެމީހުންނަކީ މިއަދު ކާފަ، މުނިމާމަ، މުނިކާފަ ކިޔާމީހުން. މި ދައްކަނީ އެންމެންގެ ވާހަކައެއްނޫން،" ކުޑޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންނަށް ހެލްތު އިންޝުއަރެންސް ދޭނެ އުސޫލުތަކެއް ނުވަތަ ޝަރުތުތަކެއް ރާއްޖޭގައި ކަނޑައެޅިދާނެ އެވެ. އޭގެ މިސާލެއްގެ ގޮތުން ވިދާޅުވީ ރާއްޖޭން މެރިޖް ވިިސާދޭ އިރު އިންޝުއަރެންސެެއް އޮންނަން މަޖުބޫރު ކުރުން ނުވަތަ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭތާ ވަކި މުއްދަތެއް ހޭދަވެފައިވޭތޯ ބެލިދާނެ އެވެ.
"ނޫނީ ކުއްޖަކު ލިބުމުން، ނޫނީ ދެ ކުދިން ލިބުމުން، އެ މީހާގެ ދިރިއުޅުން [ރާއްޖޭގައި] ސްޓޭބަލް ކަމަށް ބަލާފައި ނަމަވެސް އަަޅުގަނޑުމެން އެބަ ޖެހޭ އެ މީހުންނާ މެދު އަޅާލަން،" ކުޑޫ ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ، އެ ގަރާރު ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ެމިނިސްޓްރީ އޮފް އުލު
23 October 2025
މާތްކަލާކޯ މިތާގަ އުޅޭ ދިވެހި ރައްޔިތުންނަށް ފުރަތަމަ ތި ޙިދުމަތް ފުރިހަމައަށް ދީބަލަ.
ކަޑަބޮއް ސައީދު
23 October 2025
މިއީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއްނޫން. ނުދީ ހެޔޮނުވާނެ. ގައުމު ފުނޑެނީ މިއޮއްގެން ހަރަދު ބޮޑު ކަމުން.
ސޮބީހާ
23 October 2025
ތި ފުރުސަތު ދޭނަމަ ދޭންވާނީ ޝަރުތުތަޖަކާއިއެކުކަމުގައިދެކެން, މިސާލަކަށް ދާއިމީކޮށް ދިރިއުޅެނީ ރާއްޖޭގައިކަމުގައިވުން , ފެމިލީކޯޓުގައި ރަޖިސްޓަރީވެފައިވާ ކައިވެންޏެއްކަމުގައިވުން އަދި ކައިވެނިކޮށްގެން އުޅޭތާ ވަކި މުއްދަތެއްވުން, މުށްދަތެއް ޝަރުތު ނުކޮށްފިނަމަ އޭގެ ނާޖާއިޒް ފައިދާހޯދުމަށް ވަކި ޕީރިއަޑަކަށް ކައިވެނިކިރުން އެއީ އެކަށީގެންވާކަމެއް,
ލަތީ
22 October 2025
68 އަހަރުގެ ދިވެހި އަންހެނުން އެބައުޅޭ 25 އަހަރުގެ ބީދޭސީންނާ އިނދެގެން މީކިހިނެއްހިގާކަމެއްތޯ މަޖިލިހުން ބަލާދިނުން މުހިންމު
ހައްޖަ.
22 October 2025
ދިވެހި ރައްޔިތުންގެ ކަން ކަން ފުރިހަމަ ނުވެގެން އުޅޭ އަދިވެސް ބޭރުމީހުންގެ ކަންތައް ރަގަޅު ނުވެގެން މަރުދެނީ.
ާއާއާ
22 October 2025
ޢަހަރުމެން އަނގަޔާ އަތާދިމާނު ިޔަސް ، ދުނިޔޭގެ އެންމެނަވެސް އާސަންދަދީ ، މިހާރުވެސް އެހެން ގައިމުތަކުގެ ރައްޔިތުން ގޮތުގައި އެއްގޮތަކައްވެސް ރާއްޖެ ނައިސް ދިރިއުޅޭ މީހުން ވެސް ބަލިވީމަ ރާއްޖެއައިސް އާސަންދައިން ރާއްޖެއިން ބޭރުން ބޭސްފަރުވާހޯދުމުގެ ފުރުސަތު ހޯދަމުންދޭ،
ކަތްދައްތަ
22 October 2025
ބ އަތޮޅު ރަށެއްގައި އެބަހުރި މުނިކާފަވެފަ ހުރި ޖަރުމަނު މީހަކު. އޭނާއަކީ ޒުވާން އުމުރުން ފެށިގެން ރާއްޖޭގައި އުޅެންޖެހިފައިވާ މީހެއް. ޣައިރުމުސްލިމެއްގެ ގޮތުގައި ހުރެ ލޯބިވެރިޔާ މަރާލި މައްސަލައިގައި އަރުވާލެވި މުސްލިމަކަށްވެ ދިވެއްސަކާ ކާވެނިކޮށް ދަރިންގެ ދަރިން ތިބިއިރު އަދިވެސް ރަށްވެހިކަމެއް އާސަންދައެއް ބާސަންދައެއް ނުލިބޭ. އިސްލާމްވީމަ އޭގެ ކުރީގެ ކުށްތަ އަފޫވާނެކަމަށް އޮތަސް މިތާކު އެހެނެއްވެސް ނުވޭ.
އަލީ މައުސޫމް
22 October 2025
ތި ފާސްކުރަންވާނެ ކޮންމެ ގޮތެއް ވިޔަސް. މި މަޖިލީހުގަ އުޅޭނެ ވަރަށް ބިދޭސިން ގެންގުޅޭ އަތުގަ ލާރި ނުހުންނަ މަހުޖަނުން. ދައުލަތުން ކޮށްދޭން ފާސްކޮށްލާ އަވަހަށް
އަލީ ޒުވައިދު
22 October 2025
ތިޔައީ ނުވާ ފެށުމެއް ތިޔައީ 25 އައްޑޫ ގައި ނަގާވޯޓް ކަހަލަ ނުބާ ބިންގަލެއް އަޅަން ތިއުޅެނީ
އަޅި އަލީ
22 October 2025
އަބަދުވެސް ބިދޭސީނަށް ކަމެއް ނުކޮއްދެވިގެނ! ލިބޭ ހުރިހާ ޑޮލަރެއް އެމީހުނަށް! ދެން މިހާރު އާސަންދަވެސް އެމީހުންނަށް! އަހަރުމެން އެގައުމުތަކަށް ދފިޔައީމަ ހާދަހާ ގފޯނާއެއް ކުރެޔޭ! "ދިހެވިގައުމުގެ އެއްވަނަ ސިޓިޒަނުންނަކީ ދިވެހިންނަށް ހަދާދެއްވާ!
ޖުމުހޫރީ މޭވާ
22 October 2025
އެހެންޏާފަހެ!